ބީލަން
ނަންބަރު: (IUL)272/272/2024/105
ޕަބްލިޝްކުރި ތާރީޚް: 19 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 13:52
ސުންގަޑި: 28 އޮގަސްޓް 2024 13:00
މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް އައުޓް-ޑޯ ޖިމް އަޅައިދޭނެ ފަރާތެއް ހޯދުމާގުޅޭ

ކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް އައުޓް-ޑޯ ޖިމް އަޅައިދޭނެ ފަރާތެއް ހޯދުމާގުޅޭ

މިކައުންސިލްގެ ނަންބަރު: (IUL)272-ESMS/272/2024/92 (29 ޖުލައި 2024) އިޢުލާނާއި ގުޅިގެން ބިޑު ހުށަހެޅި ފަރާތުން ހުށަހެޅި އަގު ބޮޑުކަމަށް ފާހަގަކުރެވޭތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެމަސައްކަތަށް އިޢުލާންކުރަމެވެ.

މިކައުންސިލުން ދޭ މަޢުލޫމާތާއެއްގޮތަށް އައުޓް-ޑޯ ޖިމް އަޅައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، ތިރީގައި ދެންނެވިފައިވާ ދުވަސްތަކުގައި، މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބީލަން/އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. " ބީލަން ހުށަހަޅާ ފޯމް" މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި އަގު ހުށަހަޅާ ފޯމާއެކު ބީލަން އިވެލުއޭޓްކުރުމުގައި ބޭނުންކުރާނެ އުސޫލުތައް ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

 

މަޢުލޫމާތު ސާފުކުރުން:

ބީލަންވެރިންނަށް މަޢުލޫމާތު ދިނުން އޮންނާނީ 22 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި، ނޫމަރާ ޕްރީސްކޫލު ހޯލުގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.

 

ބީލަން ހުށަހެޅުން:

ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 28 އޮގަސްޓް 2024 ވާ ބުދަ ދުވަހުގެ 13:00 ގައި، ނޫމަރާ ޕްރީސްކޫލު ހޯލުގައެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކުގެ ބީލަމާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތައް އަދި އީމެއިލްގެ ޒަރީއާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ ބީލަންތަކާއި ހުށަހަޅުއްވަން ޖެހޭ ލިޔުންތައް ހުށަނާޅާ ބީލަންތައް ޑިސްކޮލިފައި ކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި ބިޑު ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އައި.ޑީ ކާޑު އަދި ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަދި ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާކޮށްފައިވާ ސިޓީއާއެކު، ބަދަލުގައި ވަޑައިގަންނަވާ ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑު ކޮޕީ ހުށަހަޅަން ވާނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ނުވާ ފަރާތްތަކަށް ބީލަން/އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 އޮގަސްޓް 2024