ނީލަން
ނަންބަރު: (IUL)321-A/321/2024/151
ޕަބްލިޝްކުރި ތާރީޚް: 19 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 14:23
ސުންގަޑި: 26 އޮގަސްޓް 2024 16:00
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަސްލަކުޑި ނީލަން ކިޔުން

އިޢުލާނު

ގަސްލަކުޑި ނީލަން ކިޔުން                  

ތުޅާދޫ ޞިއްޙީ މަރުކަޒުގެ ކުރިމަތީހުރި ފިތުރޯނުގަސްތަކުން ކޮށާ ނަގާފައިވާ ގަސްލަކުޑި، ދުވަހު ނީލަމުގައި ވިއްކާލާގޮތަށް ވަނީ ހަމަޖެހިފައެވެ. މި ނީލަން ކިޔުން އޮންނާނީ، 2024 އޮގަސްޓް 26 ވާ ހޯމަ ދުވަހުގެ ހަވީރު 4:00 ގައި ޞިއްޙީ މަރުކަޒާ ދިމާކުރިމަތީ މަގުގައެވެ.

ވީމާ، މި ގަސްލަކުޑިތައް ނީލަމުން ނެންގެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2024 އޮގަސްޓް 26 ވާ ހޯމަ ދުވަހުގެ ހަވީރު 4:00 އަށް އެ ސަރަޙައްދަށް ދުރުވުމަށް ދަންނަވަމެވެ. ނީލަމުގެ ކޮންމެ ސުލޮޓެއް (ބައެއް) ފެށޭއަގަކީ -/500 (ފަސްސަތޭކަ) ރުފިޔާއެވެ

އަދި ދަންނަވަމެވެ. މި ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ދައްކަވަންޖެހޭ ފައިސާ، 2024 އޮގަސްޓް 29 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ދައްކަވާ ނިންމަވަން ވާނެއެވެ. އަދި ނީލަމުން ނެންގެވި ތަކެތި، 2024 އޮގަސްޓް 31 ގެ ކުރިން ގެންގޮސް ނިންމާ ބިން ސާފުކުރަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުންނަ ތަކެތި ކައުންސިލްގެ ބެލުމުގެ ދަށަށް ގެންދެވޭނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

                                              

 

19 އޮގަސްޓް 2024