މަސައްކަތް
ނަންބަރު: (IUL)335-AS/335/2024/136
ޕަބްލިޝްކުރި ތާރީޚް: 21 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 14:20
ސުންގަޑި: 28 އޮގަސްޓް 2024 12:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަފާހިޔާ ( ޓީޗަރސް އެކޮމަޑޭޝަން ބްލޮކް) 10 ކޮޓަރީގެ އިމާރާތެއް މަރާމާތުގެ އެންމެހާ މަސައްކަތް ކޮށްދޭނެ ފަރާތެއްބޭނުންވެއްޖެ.

އިޢުލާން 

ނަފާހިޔާ ( ޓީޗަރސް އެކޮމަޑޭޝަން ބްލޮކް) 10 ކޮޓަރީގެ އިމާރާތެއް މަރާމާތުގެ އެންމެހާ މަސައްކަތް ކޮށްދޭނެ ފަރާތެއްބޭނުންވެއްޖެ. 

މި ބިޑްގައި ބައިވެރިވާން އެދޭފަރާތްތަކުން 28 އޮގަސްޓް 2024  ވާ ބުދަ ދުވަހުގެ 12:00 ކުރިން މި ކައުންސިލަށް ދުރުވެ ނުވަތަ މި އިޢުލާނާއި އެކު ހިމެނިފައިވާ ގޫގަލް ފޯމް ލިންކުން ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

މި މަސައްކަތުގައި ބައިވެރިވެވޭނީ ހަމައެކަނި ބިޑްހުށަހެޅުމަށް ރަޖިސްޓްރީކުރި ފަރާތްތަކުންނެވެ.

ރަޖިސްޓްރީ ލިންކް: https://forms.gle/62K4LJPMXbC6diRY7

  •  މި މަސައްކަތް ތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 އޮގަސްޓް 2024  ވާ ބުދަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

         އަންދާސީ ހިސާބާއި ގުޅޭ އިތުރު މައުލޫމާތު މި ކައުންސިލްގެ އީމެއިލް procurement@hinmafushi.gov.mv ނާއި ގެޒެޓުގައި މި އިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާކަންވެސް މި ފުރުޞަތުގައި ދަންނަވަމެވެ. މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި،އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

         މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 އޮގަސްޓް 2024