ބީލަން
ނަންބަރު: (IUL)242-A/242/2024/27
ޕަބްލިޝްކުރި ތާރީޚް: 21 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 22:28
ސުންގަޑި: 27 އޮގަސްޓް 2024 14:00
ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ އަތޮޅު ކައުންސިލްގެ " ވޮލީ މުބާރަތް 2024 " އިންތިޒާމްކޮށް ހިންގަދޭނެ ފަރާތެއް ހޯދުމާބެހޭ

އިއުލާން ނަންބަރު:  (IUL)242-A/242/2024/27

                           އިޢުލާން

ގދ އަތޮޅު ކައުންސިލްގެ " ވޮލީ މުބާރަތް 2024 " އިންތިޒާމްކޮށް ހިންގަދޭނެ ފަރާތެއް ހޯދުމާބެހޭ

 

މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، ގދ. އަތޮޅަށް ހުޅުވައިގެން ވޮލީ  މުބާރާތެއް ހިންގައިދޭނެ ފަރާތެއް ބޭނުންވެއެވެ. މިފުރުޞަތު ހުޅުވާލެވިފައިވަނީ، ރަޖިސްޓްރީކޮށްގެން ގދ. އަތޮޅުގައި ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރާ ކްލަބް އަދި ޖަމްޢިއްޔާ ޖަމާޢަތްތަކަށެވެ.

 

  • ޕްރޮޕޯސަލް ހުށައެޅުމަށް ރަޖިސްޓްރީވުމަށް https://forms.gle/iihn7TawBuRK3RkMA ބޭނުން ކުރެއްވުން އެދެމެވެ. ނުވަތަ މި އިޢުލާނުގައިވާ ކިއު.އާރު ކޯޑް ސްކޭން ކުރުމުން ލިބިވަޑައިގަންނަވާނެއެވެ.  ބީލަމުގައި ރަޖިސްޓަރ ވެވަޑައިގަތުމުން ބީލަމާގުޅޭ މަޢުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.
  •  ޕްރޮޕޯސަލް ހުށައެޅޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
  • މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތާއި އެއްގޮތަށް 05 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން މިއިދާރާއަށް މެއިލް ކުރެއްވުން އެދެމެވެ. މެއިލް ކުރައްވާނީ އިދާރާގެ މެއިލް އެޑްރެސް: info@gaafudhaalu.gov.mv އަށެވެ. 
  • އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 14:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބުތައް ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މެއިލް މި އިދާރާއަށް ލިބުނުކަން ޔަޤީންކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. 

 

ތަފްޞީލް

ތާރީޚާއި ގަޑި

ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީވުމަށް

27 އޮގަސްޓް 2024، 14:00

ޕްރޮޕޯސަލް ހުށަހެޅުން

05 ސެޕްޓެމްބަރ 2024، 14:00

 

  • ބީލަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާ ނަމަ info@gaafudhaalu.gov.mv  އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6841032 އާ ފޯނުން ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
  • އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލް އިދާރާ

އާބާދީހިނގުން ، ތިނަދޫ ސިޓީ ، ދިވެހިރާއްޖެ

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 އޮގަސްޓް 2024