ދިވެހިރާއްޖެ
ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ކުނީގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ ދަށުން އއ.ތޮއްޑޫގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ބްރޭންޑް ނިއު 15 (ފަނަރަ) ކިލޯވޮޓް 4 ޕޯލް 3 ފޭސް ޖެނެރޭޓަރެއް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: IUL)438-RDS/1/2015/43)ފ(04 އެޕްރީލް 2015) އިޢުލާނަށް ޝައުޤުވެރިކަން ފާޅުކޮށްފައިވަނީ މަދު ފަރާތްތަކަކުން ކަމަށްވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ހުށަހަޅަންވީ ތަކެތި
- ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ޖެނެރޭޓަރ ފޯރުކޮށްދެވޭނެ އަގު (ޖީ.އެސް.ޓީ ހިމަނައިގެން)
- ޖެނެރޭޓަރ ސަޕްލައިކޮށް ރަށަށް ފޯރުކޮށްދިނުމަށް ނަގާނެ މުއްދަތު
- ޓެކްނިކަލް ސްޕެސިފިކޭޝަން
- ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
- ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު) އަދި އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
- މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
މި ޕުރޮޖެކްޓަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯޒަލްތައް އިވެލުއޭޓު ކުރެވޭގޮތުގެ ތަފުސީލު
އަގަށް: 70 ޕޮއިންޓު
މުއްދަތު: 10 ޕޮއިންޓު
ތަޖުރިބާ: 10 ޕޮއިންޓް
- މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.
ޓެކްނިކަލް ސްޕެސިފިކޭޝަން: 10 ޕޮއިންޓް
- ހުށަހަޅާފައިވާ އިންޖީނުގެ ޓެކްނިކަލް ސްޕެސިފިކޭޝަނަށް ބަލާފައެވެ.
ސްޕެސިފިކޭޝަން
EQP 01: BRAND NEW 4 Pole 3 Phase Generator
(Sound Proof / Silent Type)
SPECIFICATION |
REQUIRED |
|||
Country of Origin |
Yes |
|||
Manufacturers Literature and specification supplied |
Yes |
|||
GENERATOR |
||||
:Frequency |
50 Hz |
Yes |
||
:Power Rating |
13 - 15 KVA |
Yes |
||
:Voltage |
380 - 400 V |
Yes |
||
:Voltage (Single Phase) |
240 V |
Yes |
||
:Revolutions min-1 |
Minimum 1,500 |
Yes |
||
:Phase and Wire |
3-Phase, 4-Wire |
Yes |
||
:No. of Poles |
4 |
Yes |
||
ENGINE |
||||
:Type |
4-Stroke Diesel |
Yes |
||
:Combustion System |
Direct Injection |
Yes |
||
:Cooling System |
Radiator |
Yes |
||
:Starting System |
Electric |
Yes |
||
:Charging Dynamo |
12V - 40A |
Yes |
||
OTHER REQUIREMENTS |
||||
:Warranty |
Minimum 1 Year |
Yes |
އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ
ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
އއ.ތޮއްޑޫގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ޖެނެރޭޓަރެއް ފޯރުކޮށްދިނުމާބެހޭ އިޢުލާނު ނަންބަރު: IUL)438-RDS/1/2015/50)
ބިޑު ހުޅުވުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 14 ޖޫން 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އެއްވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 ޖޫން 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް ބީލަން ފުރިހަމަކުރުމަށްފަހު ބަންދުކޮށްފައިވާ ސިޓީއުރައެއްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ނޯޓް:
- މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3018300 / 3018431 ނަންބަރު ފޯނަށެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން، މާފަންނު
މާލެ، 20392
ދިވެހިރާއްޖެ.