ދިވެހިރާއްޖެ
އިޢުލާން
މުވައްޒަފުން ބޭނުންވެއްޖެ:
މަޤާމް : ލައިބްރޭރިއަން
ބޭނުންވާ އަދަދު: 1 (އެކެއް)
މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ތަން: މުޙްޔިއްދީން ސްކޫލް، މާލެ
މަޤާމުގެ ޝަރުޠު: ސިވިލް ސަރވިސްގެ ޤަވާއިދުގައިވާގޮތުގެމަތިން ތިރީގައިމިވާ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން.
ރޭންކް |
ކްލެސިފިކޭޝަން |
ޝަރުޠު |
މަޤާމުގެ އަސާސީ މުސާރަ |
ސަރވިސް އެލެވަންސް |
އެމް. އެސް 2 |
ސީނިޔަރ އޮފިސަރ ގްރޭޑް 2 / ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. |
-/6295 |
-/2500 |
މަޤާމުގެ މަސްއޫލިއްޔަތު:
- ޓައިމްޓެބަލާ އެގޮތްވާގޮތުގެމަތިން، ލައިބްރަރީ ގަޑިތަކަށް ލައިބްރަރީ ތައްޔަރުކުރުން.
- ލައިބްރަރީ ގަޑީގައި، ޓީޗަރުންގެ ލަފާގެމަތިން ދަރިވަރުންނަށް ދޭންޖެހޭ މަޢުލޫމާތައި އެހީތެރިކަން ފޯރުކޮށްދިނުން.
- ލައިބްރަރީ ގަޑި ނިމުމުން، ދަރިވަރުން ބޭނުންކުރި ފޮތްތައް ތަރުތީބުކޮށް، ފޮތް ހަރުތަކުގައި އެތުރުން.
- ލައިބްރަރީގެ ޤަވާޢިދުތަކާއި އޫސޫލުތައް ދަރިވަރުންނަށް އޮޅުންފިލުވައިދީ، ދޭތެރެދޭތެރެއިން އެކަން ދަރިވަރުންނަށް ހަނދާންކޮށްދިނުން.
- ލައިބްރަރީން ޤަވާޢިދުން ދަރިވަރުންނަށް ފޮތް ނެގޭނެ އިންތިޒާމެއް ހަމަޖައްސާއިދިނުން.
- ދަރިވަރުންގެ ކިބައިގައި ކިޔުންތެރިކަން އަށަގެންނެވުމުގެ ޕްރޮގްރާމްތައް ހިންގުން.
- ލައިބްރަރީއަށް އަލަށް ގެންނަ ފޮތްތަކުގެ މަޢުލޫމާތު، ވީ އެންމެ އަވަސް މުއްދަތެއްގައި ދަރިވަރުންނަށް ފޯރުކޮށްދިނުން.
- ލައިބްރަރީގެ ޤަވާޢިދުތަކަށް ދަރިވަރުން ބޯލަނބާކަން ކަށަވަރުކުރުން.
- ލައިބްރަރީގެ ފޮތް ސްޓޮކް ތަފްޞީލްކޮށް ބެލެހެއްޓުން.
- ލައިބްރަރީގެ ފޮތްތަކާއި އެހެނިހެން ތަކެތީ ރައްކާތެރިކޮށް ބެލެހެއްޓުން.
- ލައިބްރަރީން ދަރިވަރުންނާއި އެހެނިހެން މުވަޒަފުންނަށް ދޫކުރާ ފޮތްތަކުގެ ތަފްޞީލް ބެލެހެއްޓުން.
- ލައިބްރަރީން ދަރިވަރުންނާއި އެހެނިހެން މުވަޒަފުންނަށް ދޫކުރާ ފޮތްތައް އަނބުރާ ދައްކާކަން ކަށަވަރުކުރުން.
- ލައިބްރަރީން ދަރިވަރުންނާއި އެހެނިހެން މުވައްޒަފުންނަށް ދޫކުރާ ފޮތްތައް އަނބުރާ ނުދައްކާނަމަ، އަޅަންޖެހޭ ފިޔަވަޅުއެޅުން.
- ލައިބްރަރީން ބާވެ ހަލާކުވާ ފޮތްތަކުގެ ތަފްޞީލް، ހަވަލުވެ ހުންނަ ސްޕަވައިޒަރަށް ޤަވާޢިދުން ދެމުން ގެންދިއުން.
- ލައިބްރަރީއަށް އާފޮތް ހޯދުމަށްޓަކާއި ދަރިވަރުންނާއި ޓީޗަރުންގެ ކިބައިން މަޢުލޫމާތު ހޯދައި، އެ މަޢުލޫމާތު ސްޕަވައިޒަރަށް ޤަވާޢިދުން ދެމުން ގެންދިއުން.
- ލައިބްރަރީގެ ޤަވާޢިދުތައް ޓީޗަރުންނަށް ފެންނާނެ އިންތިޒާމް ހަމަޖެއްސުން.
- ލައިބްރަރީގެ ޤަވާޢިދުތަކާއި އޫސޫލުތައް ޓީޗަރުންނަށް އޮޅުންފިލުވައިދީ، ދޭތެރެދޭތެރެއިން އެކަން ދަރިވަރުންނަށް ހަނދާންކޮށްދިނުން.
- އެކުގައި މަސައްކަތްކުރާ ލައިބްރަރީ މުވައްޒަފުންގެ އެހީތެރިކަމާއެކު، ލައިބްރަރީގެ އަހަރީ ރިޕޯޓް، އަހަރު ނިމުމުން، ހަވާލުވެ ހުންނަވާ ސްޕަވައިޒަރަށް ހުށަހެޅުން.
މި ވަޒީފާއަށް މީހަކު ހޮވުމުގައި ބަލާނެ އިތުރު ކަންތައްތައް:
- ވަޒީފާއަށް އެންމެ ޤާބި ލުމީހަކު ހޮވުމަށްޓަކައި ބޭއްވޭ އިންޓަވިޔުކުރުން.
- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 11 ޖޫން 2015 އާއި 16 ޖޫން 2015 އާ ދެމެދު މުޙްޔިއްދީން ސްކޫލުގައެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ސުކޫލުގެ ވެބްސައިޓުން (www.muhyiddinschool.edu.mv ން) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ.
- ތަޖުރިބާގެ ލިޔުންތައް (ތަޖުރިބާގެ މުއްދަތު ގުނާނީ، ސީވީގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.)
- މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ސާފު ފޮޓޯކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތްތަކުން ނުވަތަ، ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
އިތުރުގަޑީގެ ފައިސާ:
މި މަޤާމުގައި އިތުރުގަޑީގައި މަސައްކަތް ކުރަން ޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ސުންގަޑި:
2015 ޖޫން 11 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ބަޔާންކުރެވިފައިވާ ތަކެއްޗާއެކު މުޙްޔިއްދީން ސްކޫލަށް ހުށަހެޅުން އެދެމެވެ.
ނޯޓް:
ޝަރުޠު ހަމަނުވާ އެޕްލިކޭޝަންތަކާއި، ހުށަހަޅަންޖެހޭ ތަކެތި ހަމައަށް ހުށަހަޅާފައި ނުހުންނަ އެޕްލިކޭޝަންތަކާއި، ފެކްސް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަންތައް ބަލައެއް ނުގަނެވޭނެއެވެ.
އިތުރު މަޢުލޫމާތުު:
އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3390635 ނަންބަރު ފޯނަށެވެ.
7 ޝަޢުބާން 1436