މަސައްކަތް
ނަންބަރު: (IUL)331/331/2024/77
ޕަބްލިޝްކުރި ތާރީޚް: 28 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި: 03 ސެޕްޓެންބަރު 2024 10:30
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

  ކ.ގާފަރު، ދިވެހިރާއްޖެ                                             ނަމްބަރ:331/331/2024/77(IUL)

 

 

   އިޢުލާން

 

 ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

 

މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް، ބަނދަރުގައި ހަރުކޮށްފައިވާ ފެން އިސްކުރުތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

                 މިމަސައްކަތާއި ބެހޭގޮތުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ޝީޓް މިކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. ކޯޓޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2024 ސެޕްޓެމްބަރ 03 ވާ އަންގާރަ ދުވަހުގެ 10:30 ގައި މިކައުންސިލްގެ އިދާރާގައެވެ.  

                  ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މިކައުންސިލްގެ އިދާރާއަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.                                                                                                                             

28 އޮގަސްޓް 2024