މަސައްކަތް
ނަންބަރު: (IUL)410-P/410/2024/34
ޕަބްލިޝްކުރި ތާރީޚް: 29 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 10:12
ސުންގަޑި: 05 ސެޕްޓެންބަރު 2024 10:00
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދާންދޫ ކައުންސިލްގެ އިދާރާގެ ސައިކޮޓަރީގައި ކަބަޑު ސެޓެއް ޖަހައި ދިނުމުގެ މަސައްކަތާއި

1. ޕްރޮޖެކްޓް ނަންބަރު: PC-410/2024/W-32

2. ދާންދޫ ކައުންސިލްގެ އިދާރާގެ ސައިކޮޓަރީގައި ކަބަޑު ސެޓެއް ޖަހައި ދިނުމުގެ މަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

3. މި ބިޑްގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިކުރާ ދިވެހި ފަރާތަކަށެވެ.

4. މި މަސައްކަތައް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިވެލުއޭޓްކުރެވޭ ކްރައިޓީރިއާގައިވާ އުޞޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ތިރީގައި މިވަނީއެވެ.

އަގު % 75

ތަޖުރިބާ % 10

މުއްދަތު % 15

5. މިމަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މި އިދާރާގެ ވެބްސައިޓް:   www.dhaandhoo.gov.mv ގައި 29 އޮގަސްޓް 2024 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބިޑާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް މިއިދާރާ މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. 

6. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވެވޭނީ، ބިޑްގައި ރަޖިސްޓްރީ ވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، އައިޑީ ނަންބަރު، ފޯންނަންބަރާއި އީ-މެއިލް އެޑްރެސް ތިރީގައި މިވާ ލިންކް މެދުވެރިކޮށް 05 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 10:00ގެ ކުރިން، ފޮވުވުމުންނެވެ.

 ބިޑްގައި ރަޖިސްޓްރީ ވުމަށް ފުރިހަމަ ކުރަންޖެހޭ ފޯމްގެ ލިންކް: 

 https://forms.gle/XJbJ3v9D3oZi5uHJA

7. މި މަސައްކަތާއި ބެހޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް އޮންނާނެއެވެ. އެ ސެޝަން އޮންނާނީ 08 ސެޕްޓެމްބަރ 2024 ވާ އާދީއްތަ ދުވަހުގެ 11:00ގައި މިއިދާރާގައެވެ. މި ސެޝަނަށްފަހު މިމަސައްކަތާއި ގުޅިގެން މަސައްކަތް ކުރެވޭ ސައިޓް ދައްކާލެވޭނެއެވެ. މިސެޝަނުގައި ބައިވެރި ނުވި ނަމަވެސް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. އަދި އޮންލައިންކޮށް ބައިވެރި ވާ ފަރާތްތަކުންވެސް ސައިޓް ބަލާލުމަށް ބަދަލުގައި މީހަކު ފޮނުވިދާނެއެވެ.

8. ބިޑް ހުށަހެޅުން، ބިޑް ހުޅުވުން އޮންނާނީ 10 ސެޕްޓެމްބަރ 2024 އަންގާރަ ދުވަހުގެ 13:00ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގައި އޮންލައިންކޮށް ބާއްވާ މީޓިންގައެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން ބިޑް މީޓިންގއަށް ހާޒިރުވާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އޮންނާނެއެވެ. އެހެން ނަމަވެސް އެފަދަ ފަރާތްތަކަށްވެސް ބިޑް ހުށަހެޅުމުގެ ފުރުސަތު ދެވޭނީ އޮންލައިން ޒަރީއާއިންނެވެ. އެހެންކަމުން އެކަމަށް ސަމާލުކަން ދިނުމަށް ދަންނަވަމެވެ.

9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ

 ހޭރިޔާމަގު، ގއ.ދާންދޫ، ދިވެހިރާއްޖެ،

 ފޯން  : 6820026، 7330026

 އީމެއިލް : bids@dhaandhoo.gov.mv

 މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

29 އޮގަސްޓް 2024