މަސައްކަތް
ނަންބަރު: (IUL)7-ADMN/1/2024/71
ޕަބްލިޝްކުރި ތާރީޚް: 29 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 11:29
ސުންގަޑި: 18 ސެޕްޓެންބަރު 2024 10:30
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހުން ދޭ ނަމޫނާއާ އެއްގޮތަށް ޓީޝާޓް ފަހައިދިނުން

މި އޮފީހުން ދޭ ނަމޫނާއާ އެއްގޮތަށް މި އޮފީހުގެ މުވައްޒަފުންގެ ޓީޝާޓް ފަހާދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި ބީލަމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، ބީލަން ރަޖިސްޓްރީ ކުރެއްވުމަށް 08 ސެޕްޓެންބަރު 2024 ވާ އާދީއްތަ ދުވަހުގެ 10:30 ގެ ކުރިން ބީލަން ރަޖިސްޓްރޭޝަން ފޯމް info@audit.gov.mv މެދުވެރިކޮށް ހުށަހެޅުއްވުމަށް އެދެމެވެ. އަދި މި އޮފީހަށް ވަޑައިގެން ރަޖިސްޓްރޭޝަން ފޯމް ހުށަހެޅުއްވުމަށް އެދޭ ފަރާތްތަކުން 08 ސެޕްޓެންބަރު 2024 ވާ އާދީއްތަ ދުވަހުގެ 10:30 އާ ހަމައަށް ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 09:00 ން މެންދުރުފަހު 14:00 ދެމެދުގެ ވަގުތެއްގައި ސްޓަރ ކްލައުޑްސްގެ 1 ވަނަ ފަންގިފިލާގައި ހުންނަ މި އޮފީހުގެ އިދާރީ ބަޔަށް ވަޑައިގެން  ފޯމް ހުށަހެޅުއްވުމަށް އެދެމެވެ. އަދި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ. 

ބީލަމަށް ކުރިމަތިލާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް 08 ސެޕްޓެންބަރު 2024 ވާ އާދީއްތަ ދުވަހުގެ 10:30 އަށް ސްޓަރ ކްލައުޑްސްގެ 1 ވަނަ ފަންގިފިލާގައި ހުންނަ މި އޮފީހުގެ އިދާރީ ބަޔަށް ވަޑައިގެންދެއްވުން އެދެމެވެ. ބީލަން ހުށަހެޅުން އޮންނާނީ 18 ސެޕްޓެންބަރު ވާ ބުދަ ދުވަހުގެ 10:30 ގައި، ސްޓަރ ކުލައުޑްގެ 1 ވަނަ ފަންގިފިލާގައެވެ.   ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ދުވަހުގެ 10:30 ގެ ފަހުން ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް އެ ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ.

29 އޮގަސްޓް 2024