މަސައްކަތް
ނަންބަރު: (IUL)F1HC-2024/09
ޕަބްލިޝްކުރި ތާރީޚް: 29 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 12:52
ސުންގަޑި: 16 ސެޕްޓެންބަރު 2024 10:30
ބ. ކުޑަރިކިލު ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ކުޑަރިކިލު ޞިއްޙީ މަރުކަޒުގެ ޑްރެސިންގ ރޫމްގައިހުރި ކަބަޑު ސެޓް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

ބ. ކުޑަރިކިލު ޞިއްޙީ މަރުކަޒުގެ ޑްރެސިންގ ރޫމްގައި ހުރި ކަބަޑު ސެޓް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ކުރި ނަންބަރ (IUL)F1HC-2024/08 އިޢުލާނާއި ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް އެންމެ ފަރާތަކުން ޙާޟިރުވެފައިވާތީވެ، އެ އިޢުލާން ބާތިލުކޮށް، މި މަރުކަޒުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު، (ޤާނޫނު ނަމްބަރ 2014/18) އަދި (ޤާނޫނު ނަމްބަރ 2014/19) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ.

މި ބިޑްގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު 29 އޮގަސްޓް 2024ން ފެށިގެން 8 ސެޕްޓެމްބަރ 2024ގެ 10:00 ގެ  ނިޔަލަށްވަނީ ހުޅުވާލެވިފައެވެ. ރަޖިސްޓްރީވުމަށް ރަސްމީ ގަޑީގައި މިމަރުކަޒުގެ 6600757 ނަމްބަރު ފޯނަށްގުޅައި ނުވަތަ b.kudarikiluhc@health.gov.mvއަށް މެއިލް ކުރެއްވުން އެދެމެވެ.

  

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން

* މި މަސައްކަތާގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 8 ސެޕްޓެމްބަރ 2024 (އާދިއްތަ) ދުވަހު 10.30 އެވެ. މައުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.

* މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ ބ. ކުޑަރިކިލު ޞިއްޙީ މަރުކަޒުގެ އޮފީހުގައެވެ.

* މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާއިރު ދރ އަންގައިދޭ ކާޑު އަދި ބަދަލުގައި އެހެންބޭފުޅަކު ވަޑައިގަންނަވާ ނަމަ އެ ފަރާތުގެ ލިޔުމެއް ގެންނަންވާނެއެވެ.

 

 

 

  

މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން

 

 

* މިމަސައްކަތުގެ އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 16 ސެޕްޓެމްބަރ 2024 (ހޯމަ) ދުވަހު 10:30 އެވެ. ސުންގަޑި ހަމަވުމުން ލިބޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވެނެއެވެ.

* އަންދާސީ ހިސާބާއެކު ހުށަހަޅާ އެންމެހައި ލިޔެކިއުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ހުށަހަޅާ ސިޓީ އުރައިގެ ބޭރުގައި "ބ. ކުޑަރިކިލު ޞިއްޙީ މަރުކަޒުގެ ޑްރެސިންގ ރޫމްގައި ހުރި ކަބަޑު ސެޓް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން" މިހެން ލިޔެ އިޢުލާން ނަމްބަރު ޖަހާފައި އޮންނަންވާނެއެވެ.

* އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއާއި، ކުންފުންޏަކުންނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ. އަދި ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާ ނަމަ އެކަން ބަޔާންކޮށް ލިޔުމަކާއި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ދރ އަންގައިދޭ ކާޑު ގެންނަންވާނެއެވެ.

* އަންދާސީހިސާބުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން އަންދާސީ ހިސާބު ހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ އެއް ޙާޟިރެއްގައެވެ.

* އަންދާސީ ހިސާބުތައް ހުޅުވުމުގެ ބައްދަލުވުން އޮންނާނީ ބ. ކުޑަރިކިލު ޞިއްޙީ މަރުކަޒުގެ އޮފީހުގައެވެ.

 

 

 

 

 

 

 

އަންދާސީ ހިސާބު ހުށަހެޅުން/ އަންދާސީ ހިސާބު ހުޅުވުން.

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި ޞިއްޙީ މަރުކަޒަށް ގުޅުއްވުން އެދެމެވެ.

ކުޑަރިކިލު ޞިއްޙީ މަރުކަޒު / ބ. ކުޑަރިކިލު

ފޯން: 6600757 (އިދާރީ)

އީމެއިލް:b.kudarikiluhc@health.gov.mv

 

29 އޮގަސްޓް 2024