މަސައްކަތް
ނަންބަރު: (IUL)298/298/2024/64
ޕަބްލިޝްކުރި ތާރީޚް: 29 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 21:03
ސުންގަޑި: 12 ސެޕްޓެންބަރު 2024 11:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. އަލިފުށީ އުތުރު ފަރާތު ބަނދަރުގެ 2 ނެރުފައިކަށީގެ މަސައްކަތް

އިޢުލާން

 

ރ. އަލިފުށީ އުތުރު ފަރާތު ބަނދަރުގެ 2 ނެރުފައިކަށީގެ މަސައްކަތް

 

މި އިދާރާގެ ނަންބަރު: (IUL)298/298/2024/39 ރ. އަލިފުށީ އުތުރު ފަރާތު ބަނދަރުގެ 2 ނެރުފައިކަށީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ނުލިބުމުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

މި ކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، އުތުރު ފަރާތު ބަނދަރުގެ 2 ނެރުފައިކަށީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ކުރިން ބިޑް ރަޖިސްޓްރީ ކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

މައުލޫމާތު ސެޝަން:

03 ސެޕްޓެންބަރު 2024 11:00 އަލިފުށީ ކައުންސިލްގެ އިދާރާގައި

ބިޑް ރަޖިސްޓްރީ ކުރުން:

11 ސެޕްޓެންބަރު 2024 14:00  ކުރިން

ބިޑް ރަޖިސްޓްރީ ލިންކު:

https://forms.office.com/r/bnR4XtXCkf

އަންދާސީ ހިސާބު ހުށަހެޅުން:

12 ސެޕްޓެންބަރު 2024  11:00 އަލިފުށީ ކައުންސިލްގެ އިދާރާގައި

 

ބިޑް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި މިމައުލޫމާތުތަކުގެ އިތުރުން މައުލޫމާތެއް ސާފުކުރުމަށް ބޭނުންވާނަމަ 11 ސެޕްޓެންބަރު 2024  14:00ގެ ކުރިން އީމެއިލް (projects@alifushi.gov.mv)   އަށް ލިޔުންތައް ފޮނުއްވައި މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މިހެންވެމިކަން އާންމުކޮށް އަންގާ އިއުލާންކުރަމެވެ.

25 ޞަފަރު 1446

29 އޮގަސްޓް 2024