މަސައްކަތް
ނަންބަރު: (IUL)/273/273/2024/38
ޕަބްލިޝްކުރި ތާރީޚް: 29 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 23:23
ސުންގަޑި: 29 އޮގަސްޓް 2024 14:00
މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

އިޢުލާން

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

               ށ. ގޮއިދޫގައި ސްލިޕްވޭ ތަރައްޤީކުރުމަށް ކަނޑައެޅިފައިވާ ބިމުގައި ހުރިތަކެތި ހުސްކުރުމަށް ވޭޖް އެމްޕްލޯއިމަންޓް އުސޫލުގެ ދަށުން މީހުން ހޯދުމަށް މިއިދާރާގެ ނަންބަރު 38 (IUL)/273/273/2024/އިޢުލާނާއި ގުޅިގެން މަސައްކަތްކުރުމަށް އެކަށީގެންވާ އަދަދަށް މީހުން ކުރިމަތިލާފައިވާ ނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

                ށ. ގޮއިދޫގަ ސްލިޕްވޭ ތަރައްޤީކުރުމަށް ކަނޑައެޅިފައިވާ ބިމުގައި ހުރިތަކެތި ހުސްކުރުމުގެ މަސައްކަތް މިއިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް،  ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެޖެއެވެ.

                މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ކޯޓޭޝަން ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ވިޔަފާރިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ވިޔަފާރިތަކަށެވެ.

                 މިމަސައްކަތާއި ބެހޭގޮތުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ޝީޓް މިކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. ކޯޓޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ 31 އޯގަސްޓް 2024 ވާ ހޮނިހިރު ދުވަހުގެ 14:00 ގައި މިކައުންސިލްގެ އިދާރާގައެވެ. 

                                    ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މިކައުންސިލްގެ އިދާރާއަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. 

               މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ +9607902974 ނަންބަރުފޯނާއެވެ.

                                    ވީމާ، ޢާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެމެ.

23 ޞަފަރު 1446 ހ.

29 އޯގަސްޓް 2024 މ.

29 އޮގަސްޓް 2024