ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)413/413/2024/31
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 11 ސެޕްޓެންބަރު 2024 00:00
ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އޮފިސަރ

`

 

 

ހުވަދު އަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލް އިދާރާ

  ގއ.ގެމަނަފުށި 

ދިވެހިރާއްޖެ

       (IUL)413/413/2024/31      ނަންބަރު:

އިޢުލާނު

 

މަޤާމު:

ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:


J-403394

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ގެމަނަފުށީ ކައުންސިލްގެ އިދާރާ

މުސާރަ:

-/5610 ރ. (މަހަކު)

ސަރވިސް އެލަވަންސް:

2000 ރުފިޔާ (މަހަކު)

އެހެނިހެން އެލަވަންސް:

  1. ސަޕޯރޓިންގ ކޯ އެލަވަންސް  ގެ ގޮތުގައި -/700 ރުފިޔާ.
  2. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
  1. ސްޕެސަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރާގެ %35 ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ރަށުގެ ލޭންޑްޔޫސް ޕްލޭނާ ތަޢާރަޒް ނުވާގޮތަށް ރަށުން ބިންދޫކުރުމާއި، ބިމާއި، ޢިމާރާތްތައް ރަޖިސްޓްރީ ކުރުމާއި، ދިވެހިރާއްޖޭގެ ޢިމާރާތް ކުރުމުގެ ޤަވައިދުތަކާއި، ސަރުކާރުގެ މިނިސްޓްރީތަކުން ހަދާފައިވާ އެންމެހައި ޤަވައިދުތަކާ އެއްގޮތްވާގޮތުގެ މަތީން ރަށުގެ ޢިމާރާތް ކުރުމުގެ ކަންކަން ބަލަހައްޓައި، އެކިއެކި ފަރާތްފަރާތުން ރަށުގެ ބިމާ ގުޅޭ ގޮތުން ހިންގާ ބިމާބެހޭ އެންމެހައި މުޢާމަލާތްތަކުގެ ރެކޯޑްތައް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި މިނޫންވެސް ޤާނޫނުތަކުގައިވާ ގޮތުގެ މަތިން ބެލެހެއްޓުން.

 

  1. އަލަށް ދޫކުރެވޭ ބިންތަކާއި، ކުރިން ދޫކުރެވިފައިވާ ބިންތަކުގައި ކަންމުޑި އެޅުމާއި، އެފަދަ ތަންތާނގެ ކަންވައްކުރުމާއި، އިމުގެ މައްސަލައެއް ހުށަހެޅިއްޖެނަމަ، އެކަން ހައްލުކުރުމަށް ކައުންސިލުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކުރުން.
  2. ބިންދޫކުރުމާއި، ބިންކެނޑުމުގަޔާއި، މަގުތައް ހެދުމުގައި އެ ބިންތަކަށް އަރާ ރުއްގަސް ފަދަ ތަކެތީގެ ބަދަލު ހަމަޖެއްސުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. 
  3. ރަށުގެ ބިންބިމުގެ ދަފުތަރު އެކުލަވަލައި ބެލެހެއްޓުމާއި، ބިމާބެހޭ ޤައުމީ ދަފުތަރު އެކުލަވާލައި ބަލަހައްޓާ އިދާރާއަށް ބޭނުންވާނެ މަޢުލޫމާތު ފޯރުކޮށް ދިނުން. އަދި ރަށުގެ އިޙްތިޞާސް ތެރޭގައި ހިމެނޭ ރަށްރަށާއި، ފަޅާއި، ފަރުގެ މައޫލޫމާތު އެއްކޮށް ބެލެހެއްޓުމާ އެކަންކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.
  4. އިމާރާތާއި ގޯތިތަކާއިބެހޭ ގޮތުންނާއި، މިނޫނަސް ބިމާބެހޭގޮތުން ޝަރުއީ ކޯޓްތަކުން އަންނަ ސިޓީ، މެސޖް، ރިޕޯޓްތަކާއި، ދައުލަތުގެ އެހެން މުއައްސަސާތަކުންނާއި އަމިއްލަފަރާތްތަކުން  އެކަންކަމާބެހޭގޮތުން އަންނަ ސިޓީ މެސެޖް ފަދަ ލިޔެކިޔުންތަކަށް އުސޫލާއެއްގޮތަށް ޖަވާބުދީ، އެފަދަ ލިޔުންތައް ފައިލްކޮށް ރެކޯޑްތައް ފަސޭހައިން ފެންނާނެހެން ބެހެއްޓުން.
  5. ރަށުގައި މީހުން ދިރިއުޅޭ ގޭގެ އަދަދާއި، މީހުން ދިރި ނޫޅޭ ގޭގެ ޢަދަދާއި، ހުސްގޯތީގެ އަދަދު ބަލައި މަހުންމަހަށް އެ މަޢުލޫމާތު އެނގޭނެ ދަފުތަރެއް އެކުލަވާލުން.
  6. ރަށުގެ ކުލީބިންތައް އިޢުލާންކުރުމާއި، ބިންތަކާބެހޭ އެގްރިމެންޓް ހެދުމާއި އެ ބިންތަކާބެހޭ އެންމެހައި ރެކޯޑްތައް ބެލެހެއްޓުން. އަދި ރަށުގެ އިޙްތިސާސްގެ ތެރޭ ހިމެނޭ ރަށްތައް ނުވަތަ އެ ރަށްތަކުގެ ބިންތައް ކުއްޔަށް ދޫކުރުމާއި ބެލެހެއްޓުމުގެ އެންމެހައި ކަންތައްތައް.
  7. ކައުންސިލްގެ ނަމުގައި ހުރި ރުއްގަސް ކުއްޔަށް ދިނުމާއި، ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ޢިމާރާތްތަކާއި އެފަދަ ތަންތަން ކުއްޔަށް ދިނުން. އަދި ރުއްގަހާއި، ޢިމާރާތްތަކާބެހޭ އެއްބަސްވުން ހެދުމާއި، މައުލޫމާތު ބެލެހެއްޓުމާއި އެ ކަންކަމާގުޅޭ ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައްކުރުން.
  8. ރަށުގެ މަގުމަތި ކުނިކަހައި ސާފުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމާއި، ރަށުގެ ސާފުޠާހިރުކަން ދެމެހެއްޓުމާއި، ރަށް ޒީނަތްތެރިކޮށް ބެލެހެއްޓުން.
  9. ރަށުގެ މަގުތަކާއި، ޕާކުފަދަ އާންމު މައިދާނުތަކަށް ނަންދިނުމާއި، ނަން ބަދަލުކުރުމުގެއިތުރުން، ރަށުގެ މަގުތަކާއި، މައިދާންތައް ވަގުތީގޮތުން ނުވަތަ ދާއިމީ ގޮތެއްގައި ހުޅުވުމާއި، ބަންދުކުރުމާއިބެހޭ އެންމެހައި އިދާރީ މަސައްކަތްކުރުން.
  10. ދަނޑުބިން ދޫކުރުމާއި، ވަކިކުރުމާއިބެހޭ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުމާއި، ދަނޑުވެރިންގެ ދަފުތަރު ބެލެހެއްޓުމާއި، އެ ކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  11. ބިދޭސީންގެ ދަފްތަރު އެކުލަވާލުމާއި، ބެލެހެއްޓުމާއި، އެމަސައްކަތާ ގުޅޭގޮތން ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކުރުން.
  12. އެކަށީގެންވާ ރައްކާތެރި ގޮތުގައި ރައްޔިތުންނަށް އުނދަގޫ ނުފޯރާނެގޮތެއްގެ މަތީން ރަށުފެންވަރުގައި ކުނި ނައްތާލުން.
  13. ވަޒީފާގެ މަސައްކަތާއި ގުޅޭގޮތުން އަޑުގަދަކުރާ ބޭނުންކޮށްގެން ގޮވަންޖެހޭ އެކިއެކި ގޮވުންތައް ގޮވުމާއި، ވަޒީފާގެ މަސައްކަތާ ގުޅޭގޮތުން ޝަރީއަތަށް ފޮނުވަންޖެހޭ މައްސަލަތައް ޝަރީއަތަށް ފޮނުވުމާއި، ކައުންސިލުން އެދިއްޖެ ނަމަ، އެ މައްސަލަތަކުގެ ވަކީލެއްގެ ގޮތުގައި ކޯޓްތަކަށް ދިޔުމާއި، ޖެމްސްއާއި، މެއިލް ޗެކް ކުރުމާއި، މަސައްކަތާ ގުޅޭ ހުރިހައި ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  14. އެ މުވައްޒަފެއްގެ މަސައްކަތާގުޅޭ ގޮތުން ހަދަންޖެހޭ އެންމެހައި ފޯމް ސެޓް ހެދުމާއި، ފޯމްތައް ކައުންޓަރުން ލިބޭނޭ އިންތިޒާމް ހަމަ ޖެއްސުމާއު، އެ މަސައްކަތަކަށް ހެދިދައިފަވާ އެސްއޯޕީއާ އެއްގޮތަށް އެ މަސައްކަތެއްކުރުން. އަދި ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތިން އެސް އޯޕީ ހެދުމާއި، އެސް އޯޕީއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
  15.  ސެކްޝަނުގެ އެހެން މުވައްޒަފަކު ޗުއްޓީގައި، ނުވަތަ ސަލާމުގައި ހުންނަ ދުވަސްތަކުގައި އެމުވައްޒަފަކު ކުރަމުން އައި މަސައްކަތެއް ވަގުތީގޮތުން ޙަވާލުކުރެވިއްޖެ ނަމަ އެމަސައްކަތެއް ކުރުން. ކައުންސިލް އިދާރާގެ ހުރިހާ މުވައްޒަފުން ޝާމިލްވެގެން ކުރަންޖެހޭ ކަންތައްތަކާއި، ދިމާވާ މުހިންމު ކަންތައްތަކާއިގުޅިގެން ކުރަންޖެހޭ އެހެނިހެން ރަސްމީ ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

1         . މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާޞިލްކޮށްފައިވުން

މަޤާމުގެ ތައުލީމީ ރޮނގު   އަދި ޕްރިފާރޑް ޑިސިޕްލިން:

އެކައުންޓިންގ /އެޑްމިނިސްޓްރޭޝަން/އެގްރިކަލްޗަރަލްސައިންސް/އެންތްރޯޕޮލޮޖީ /އާކިޓެކްޗަރ /ބިޒްނަސް/ބިޒްނަސް އެޑްމިނިސްޓްރޭޝަން/ބިޒްނަސް މެނޭޖްމަންޓް/ސިވިލް އިންޖިނިއަރިންގ/ކޮމާސް/ކޮމިޔުނިޓީ ޑިވެލޮޕްމަންޓް /ކޮމްޕިއުޓަރ ސައިންސް /ކައުންސިލް އެޑްމިނިސްޓްރޭޝަން/ކަލްޗަރ އެންޑް ހެރިޓޭޖް/

 ޑިމޮގްރަފީ /ޑިވެލޮޕްމަންޓް ސްޓަޑީޒް/އިކޮނޮމިކްސް/އެޑިއުކޭޝަން / އެންވަޔަރަންމެންޓަލް ސައިންސް/

ފައިނޭންސް/ގަވަރނަންސް /ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް/ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް/ ހިއުމަން

 ރިސޯސް/އިންފޮމޭޝަން ޓެކްނޮލޮޖީ/އިންޓަނޭޝަނަލް ރިލޭޝަންސް/ލޯ /ލީޑަރޝިޕް/ލައިބްރަރީ ސައިންސް/ލޯކަލް ގަވަރނަންސް/މެނޭޖްމަންޓް/މެރިން ސައިންސް/މާކެޓިންގ/އޮފީސް އެޑްމިނިސްޓްރޭޝަން /ޕޮލިސީ ސްޓަޑިޒް/ޕޮލިޓިކަލް ސައިންސް/ ޕްރޮޖެކްޓު މެނޭޖުމަންޓު /ޕަބްލިކް އެޑްމިނިސްޓްރޭޝަން/ޕަބްލިކް 

 މޭނޭޖްމަންޓް/ޕަބްލިކް ޕޮލިސީ /ޕަބްލިކް ރިލޭޝަންސް /ޝަރީޢާ އެންޑް ލޯ /ސޯޝަލް ސައިންސް/ސޯޝަލް ވޯރކް /ސޯޝިއޮލޮޖީ/ސްޕޯޓްސް މެނޭޖްމަންޓް/ސްޓެޓިސްޓިކްސް/ސްޓްރަކްޗަރަލް އިންޖިނިއަރިންގ/

ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް/އަރބަން ޕްލޭނިންގ/އާބަން ސްޓަޑީޒް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް ޝަރުޠުގެ ބައިގައި ހިމަނަންވާނެއެވެ.

  •   އެޑްމިނިސްޓްރޭޝަން
  •  މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުތުހަމަވުން

30

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތައުލީމް

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމަތިހާނު ނުވަތަ ޕްރެކްޓިލް)

25

އިންޓަރވިއު

35

ނޯޓް: - މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 60 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 ސެޕްޓެމްބަރ 2024 ގެ 14:00 ގެ ކުރިން، ގެމަނަފުށީ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް gemoffice@gmail.com މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 16 ސެޕްޓެމްބަރ 2024 އާއި 19 ސެޕްޓެމްބަރ 2024 އާ ދެމެދު، ގެމަނަފުށީ ކައުންސިލް އިދާރާ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7747149 ނުވަތަ 7787371 އަށެވެ. އީ-މެއިލް ކުރާނީ gemoffice@gmail.com އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

28 ސަފަރަ 1446

01 ސެޕްޓެމްބަރ 2024

01 ސެޕްޓެންބަރު 2024