މަޤާމު
|
އޮފީސް އެސިސްޓެންޓް
|
ރޭންކް/ކްލެސިފިކޭޝަން
|
ސަޕޯޓް ސްޓާފް ގްރޭޑް 2 (އެސް.އެސް 2)
|
ސަރވިސް
|
ސަޕޯޓް ސަރވިސް
|
ޑިޕާޓްމަންޓް/ސެކްޝަން
|
އެޑްމިނިސްޓްރޭޓިވް އެންޑް ފައިނޭންސް
|
ބޭނުންވާ އަދަދު
|
1
|
މުސާރަ
|
-/3470 ރުފިޔާ
|
ސަރވިސް އެލަވަންސް
|
-/1000 ރުފިޔާ
|
އެހެނިހެން އެލަވަންސާއި އުޖޫރަ
|
ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
ތަޢުލީމާއި ތަޖުރިބާ
|
- މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސްއެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞައްޙަތެއްގައި ހުރި މީހެއްކަމުގައިވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު
|
- ދިމާވާ ކުއްލި ހާލަތްތަކުގައި މިސެންޓަރުން ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައި ނިކުމެވޭ ގޮތަށް ހުރުމާއި، އޮފީހުގެ އިދާރީ ކަންކަމުގައި އެހީތެރިވެދިނުން.
- ރަސްމީ ދުވަސްތަކުގައާއި ބަންދުދުވަސްދުވަހު އޮފީސް ހުޅުވުމާއި ބަންދުކުރުމުގެ މަސައްކަތް އޮފީހުން އަންގާ ގޮތަކަށް ކުރުން.
- މިސެންޓަރުން ރައްދުކުރަންޖެހޭ ސިޓީ/ ނޯޓް/ ޗެކްފަދަ ތަކެތި، ރައްދުކުރަންޖެހޭ ފަރާތަކަށް ރައްދުކުރުމުގެ މަސައްކަތްތައް ކުރުން.
- މިސެންޓަރުގެ ބޭނުމަށް ހޯދަންޖެހޭ އެންމެހާ ތަކެތި ގަތުމަށްޓަކައި އަގު ހޯދުމާއި، ތަކެތި ގަންނަ ޖެހިއްޖެނަމަ، އެތަކެތި ގަވާއިދާ އެއްގޮތްވާގޮތުގެ މަތީން ގެނެސް އެކަމާބެހޭ ފަރާތްތަކާ ހަވާލުކުރުން.
- މިސެންޓަރުގެ ޢިމާރާތުގެ މަރާމާތުތައް އޮފީހުން އަންގާގޮތުގެމަތީން ކުރުމާއި، އެއަރކޯން، ފަންކާ އަދި ސާފުކުރުމާ ގުޅޭ މަސައްކަތްތައް ކުރަމުންދާގޮތް ބެލެހެއްޓުމާއި ކުރުން.
- މީގެއިތުރުން އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން
|
17 ޖޫން 2015 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ، މާލެ / ރިހިޖެހިކޮށި.
|
އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިނިސްޓްރީގެ ކައުންޓަރުންނާއި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ލިބެން ހުންނާނެ).
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
- ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ).
- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން އަދި ޚިދުމަތުގައި ދެމިތިބި މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ، އެތަންތަނުގައި ވަޒީފާ އަދާކުރިގޮތުގެ ލިޔުންތައް.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ލިބިފައިވާ ތަމްރީނާއި މަސައްކަތުގެ ތަޖުރިބާ
- މަސައްކަތުގެ އަޚުލާޤު
- މަސައްކަތްކުރުމުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް
- ގިނަވަގުތު މަސައްކަތުގައި އުޅެވޭނޭ މީހަކު ކަމުގައިވުން.
- ސައިކަލް ނުވަތަ ބައިސްކަލް ދުއްވާ މީހެއްކަމުގައިވުން.
|
އިންޓަރވިއު ކުރުން
|
މިމަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ 25 ޖޫން 2015 ދުވަހުން ފެށިގެން މިސެންޓަރުގައެވެ. އަދި އިންޓަރވިއު އޮންނަ ތާރީޚުގެ 2 ދުވަސް ކުރިން އެމީހަކަށް އަންގާނަމެވެ.
ނޯޓް: މިވަޒީފާއަށް އެދިލައްވާފައިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
އަދި އިންޓަރވިއު ކުރާނީ ޝޯޓްލިސްޓް ކުރެވުނު 10 ފަރާތާއެވެ.
|
މަސައްކަތްކުރަންޖެހޭ ތަން
|
މި މަޤާމުތަކުގައި ވަޒީފާ އަދާކުރާމުވައްޒަފުން ޢާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭނީ މާލޭގައެވެ.
|
އިތުރު މަޢުލޫމާތު
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3333425 ނަންބަރު ފޯނާއެވެ.
|