ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)338-MS/338/2024/60
ޕަބްލިޝްކުރި ތާރީޚް: 04 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 07:02
މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ގުރައިދޫގެ މަގުތަކުގައި ގަސްއިންދާ ޒީނަތްތެރިކުރުމުގެ މުބާރާތް

އިޢުލާން

   "ކ.ގުރައިދޫގެ މަގުތަކުގައި ގަސްއިންދާ ޒީނަތްތެރިކުރުމުގެ މުބާރާތް"

މާލެއަތޮޅު ގުރައިދޫ ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން  ކ.ގުރައިދޫގެ މަގުތަކުގައި ގަސްއިންދާ ޒީނަތްތެރިކުރުމުގެ މުބާރާތެއް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. 01 ސެޕްޓެމްބަރ 2024 ގައި ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތް ކުރިއަށްދާނީ ކ.ގުރައިދޫ 14 ސަރަޙައްދަކަށް ބަހާލައިގެން އެ ސަރަޙައްދުތަކުގެ މެދުގައި 01 އަހަރު ދުވަހުގެ މުއްދަތަށެވެ. މުބާރާތުގައި ކަނޑައެޅިފައިވާ މިންގަނޑުތަކަށް ބެލުމަށްފަހު ކަމުގެ ތަޖުރިބާ ހުރި ރަށުންބޭރު ފަރާތެއް ނުވަތަ ފަރާތްތަކެއްގެ އެހީގައި 1 ވަނަ، 2 ވަނަ އަދި 3 ވަނަ ސަރަޙައްދު ހޮވައި، އިނާމުގެ ގޮތުގައި 1 ވަނަ ސަރަޙައްދަށް -/30،000 ރުފިޔާ، 2 ވަނަ ސަރަޙައްދަށް -/20،000 ރުފިޔާ އަދި 3 ވަނަ ސަރަޙައްދަށް -/10،000 ރުފިޔާ ދެވިގެންދާނެއެވެ.

 މުބާރާތަށް އިޢުލާނުކުރާ ތާރީޚުން ފެށިގެން 15 ދުވަހުގެ ތެރޭގައި މުބާރާތުގައި ބައިވެރިވުމަށް ކޮންމެ ސަރަޙައްދަކުންވެސް https://docs.google.com/forms/d/1XpLwVhsA5lkXojYgPokrYSPC-pb5OnArzfrQRkz5D6w/edit ލިންކު މެދުވެރިކޮށް ކައުންސިލްގައި ރަޖިސްޓްރީވާން ވާނެއެވެ. އަދި ރަޖިސްޓްރީވާއިރު ސަރަޙައްދަށް ނަމެއް ކަނޑައަޅައި ސަރަޙައްދުގެ ލީޑަރު ކަނޑައަޅަންވާނެއެވެ. އަދި ކޮންމެ ސަރަޙައްދަކުންވެސް އައްޔަނުކުރާ ލީޑަރަކީ މުބާރާތް ނިމެންދެން މުބާރާތުގެ އެންމެހާ ކަންކަމުގައި ކައުންސިލުން މުޢާމަލާތުކުރާނެ ފަރާތް ކަމުގައިވާތީ ކޮންމެ ސަރަޙައްދަކުންވެސް ކަނޑައަޅާ ލީޑަރަކީ ފަސޭހަކަމާއެކު އެފަރާތާ މުޢާމަލާތުކުރެވޭނެ ފަރާތަކަށް ވާންވާނެއެވެ.

މި މުބާރާތުގެ ބޭނުމަށް ރަށުގައި ސަރަޙައްދުތައް ކަނޑައެޅިފައިވާ ގޮތުގެ ޗާޓު އަދި މުބާރާތުގެ އުސޫލު މި އިޢުލާނާއެކު އާންމުކުރެވިފައިވާނެއެވެ.

04 ސެޕްޓެންބަރު 2024