ބީލަން
ނަންބަރު: (IUL)369-PS/369/2024/40
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:45
ސުންގަޑި: 23 ސެޕްޓެންބަރު 2024 13:00
މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ބައިވެރިވެފައިވާ މި ކައުންސިލްގެ ޓީމް މެނޭޖްކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ (.)

 ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ބައިވެރިވެފައިވާ މި ކައުންސިލްގެ ފުޓްސަލްޓީމް މުބާރާތައް ތައްޔާރު ކުރުމާއި، މުބާރާތުގެ މެޗު ތަކުގައި ވާދަކުރުމުގެ އެންމެހައި އިންތިޒާމްތައް ހަމަޖައްސައި، ޓީމްގެ ކަންތައްތައް މެނޭޖްކޮށް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިއުލާނާއި އެކުގައިވާ މައުލޫމާތު ކަރުދާހާއި އެއްގޮތްވާގޮތުގެ މަތިން ޓީމް ގެ ކަންތައްތައް ރާވައި ހިންގާނެ ގޮތުގެ ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ފުރުސަތު ހުޅުވާލަމެވެ.  ޕްރޮޕޯސަލް ހުށަހަޅުއްވަންވާނީ މި އިޢުލާނާއެކު އާންމުކޮށްފައިވާ މަޢުލޫމާތު ޝީޓް ޖަދުވަލް 1 ގައިވާ ގޮތުގެ މަތީންނެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު 23 ސެޕްޓެމްބަރ 2024 ވަނަ ދުވަހުގެ 13:00 އާއި ހަމައަށް ހުޅުވާލެވިފައިވާކަމުގައި ދަންނަވަމެވެ. ޕްރޮޕޯސަލް މެއިލްކުރައްވާނަމަ މެއިލްކުރައްވާނީ info@maduvvari.gov.mv އަށް ކަމުގައިވެސް ދަންނަވަމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

08 ސެޕްޓެންބަރު 2024