މަސައްކަތް
ނަންބަރު: RE-(IUL)270/270/2024/98
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:09
ސުންގަޑި: 12 ސެޕްޓެންބަރު 2024 10:00
ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑިޒައިން އެންޑް ބިލްޑް ކޮންސެޕްޓަށް މަސް ކަނޑާ އަށްޓެއް އަޅައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ (ދެވަނަ ފަހަރު)

ހދ. މަކުނުދޫގައި ޑިޒައިން އެންޑް ބިލްޑް ކޮންސެޕްޓަށް މަސް ކަނޑާ އަށްޓެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާން ނަންބަރ (IUL)270/270/2024/98 އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ  މި މަސައްކަތަށް އަލުން އިއުލާން ކުރަމެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 08 ސެޕްޓެމްބަރ 2024 ން 12 ސެޕްޓެމްބަރ 2024 ގެ 09:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 12 ސެޕްޓެމްބަރ 2024 ވަނަ ދުވަހުގެކުރިން މި އިޢުލާނުގައި ދެވިފައިވާ ނަންބަރު ފޯނަށް ގުޅުއްވާ ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 12 ސެޕްޓެމްބަރ 2024 ވަނަ ދުވަހުގެ 10:00 ގައި މަކުނުދޫ ކައުންސިލް އިދާރާގައެވެ.

މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

                      ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

05 ރަބީޢުލްއައްވަލް 1446

08 ސެޕްޓެމްބަރ 2024

08 ސެޕްޓެންބަރު 2024