ތަމްރީނު
ނަންބަރު: (IUL)475-Schol/475/2024/163
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 17:11
ސުންގަޑި: 10 ސެޕްޓެންބަރު 2024 13:30
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ކޮސޮވާ ސްކޮލަރޝިޕް ފަންޑް 2024/2025

ކޮސޮވާ ސްކޮލަރޝިޕް ފަންޑް 2024/2025

ޤައުމު:  ކޮސޮވާ

1 މާސްޓަރ ޑިގްރީ

ކޯހުގެ އަދަދު އަދި ލެވެލް:

-  މާސްޓަރ ޕްރޮގްރާމް އިން އިންޓަގްރޭޓެޑް ވޯޓަރ ރިސޯސެސް މެނޭޖްމަންޓް

-  މާސްޓަރ ޕްރޮގްރާމް އިން އެޑްވާންސް ޔޫރަޕިއަން ސްޓަޑީސް

-  މާސްޓަރ ޕްރޮގްރާމް އިން ހިއުމަން ރައިޓްސް، އިންޓަރނޭޝަނަލް ކްރިމިނަލް ލޯ، އެންޑް ޓްރާންސިޝަނަލް ޖަސްޓިސް

ކޯހުގެ ދާއިރާ:

-  ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން.

- މިމިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑްކުރެވިފައިވާ އެޕްލިކޭޝަން ގައިޑްލައިންގައި އިތުރު ޝަރުތެއްވާނަމަ އެޝަރުތު ހަމަވުން.

އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1. މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން.

2. އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން.

3.  15 ސެޕްޓެންބަރު 2024 އަށް އުމުރުން 35 އަހަރު ނުފުރޭނެ ފަރާތެއްކަމުގައިވުން.

4.  ހާސިލްކޮށްފައިވާ ބެޗްލަރ ޑިގްރީގެ އެކަޑަމިކް އެވަރެޖް %70 އަށް ވުރެން ދަށްނުވުން.

ކޯހުގެ ޝަރުތު:

ފުރިހަމަކޮށްފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅަން ޖެހޭ ތަކެތި.

1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް)

3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ

4. މުއްދަތު ހަމަނުވާ ޕާސްޕޯޓް ކޮޕީ (ނޮމިނޭޓްވުމުން ހުށަހެޅުމަށް)

5. އިޢުލާނާއިއެކު މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާ ކޯހުގެ ޔުނިވަރސިޓީގެ މައުލޫމާތު ޝީޓް އަދި އެނެކްސް ގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށްދިނުމަށްޓަކައި، އެއާއި ގުޅޭ ލިޔުން.

6. މިހާރު ހާސިލް ކުރައްވާފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރެއްވިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު  އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އިނގޭނެ އަމިއްލަ ލިޔުމެއް.

7. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

8. މިނިސްޓްރީއިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވައިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކަމުން ގެންދާނެކަން ބަޔާންކުރާ ލިޔުމެއް.

ހުށަހަޅަންޖެހޭ ތަކެތި:

* މިސްކޮލަރޝިޕްގެ ދަށުން އެކޮމަޑޭޝަން، ޓިއުޝަން ފީ، ސްޓައިޕެންޓް، 3 އިރުގެ ކެއުން، ހެލްތް ސާރވިސަސް އަދި  ދެކޮޅު ޓިކެޓް ސްކޮލަރޝިޕް އިންތިޒާމްކުރައްވާ ފަރާތުން ހަމަޖައްސަވައި ދެއްވާނެއެވެ. މީގެއިތުރު ޚަރަދެއް ހިނގާނަމަ އެޚަރަދެއް ހަމަޖައްސަންޖެހޭނީ ކޯހަށް ހޮވޭ ކެންޑިޑޭޓް އަމިއްލައަށެވެ. 

* މިސްކޮލަރޝިޕާ ގުޅޭ އިތުރު މަޢުލޫމާތު، މި އިޢުލާނާއެކުގައިވާ މަޢުލޫމާތު ކަރުދާހާއި، މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

* މި މިނިސްޓްރީއަށް އެޕްލައިކުރާ ކެންޑިޑޭޓުންގެ ތެރެއިން 1 ކެންޑިޑޭޓު މިސްކޮލަރޝިޕަށް ނޮމިނޭޓް ކުރެވޭނެއެވެ. އަދި އެ ކެންޑިޑޭޓުގެ އެޕްލިކޭޝަން ކަމާބެހޭ ފަރާތަށް ހުށަހެޅޭނެއެވެ. މި ސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަން ހައްދަވާނީ ސްކޮލަރޝިޕް އިންތިޒާމްކުރައްވާ ފަރާތުންނެވެ.

* ނޮމިނޭޓުކުރުމުގައި ޕަބްލިކް ސެކްޓަރގައި މަސައްކަތްކުރާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

* މި މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން  މިމިނިސްޓްރީއިން ނޮމިނޭޓް ކުރެވޭ ކެންޑިޑޭޓް މި މިނިސްޓްރީ އެންގުމުން، އެޕްލިކޭޝަން އަދި އެއާއެކު ހުށަހަޅާފައިވާ ޑޮކިއުމެންޓްތަކުގެ އެޓެސްޓެޑް އޮރިޖިނަލް އަދި ކެންޑިޑޭޓުގެ ވަނަވަރު  ކޮޕީ 12 ސެޕްޓެންބަރު 2024 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން މި މިނިސްޓްރީއަށް ހުށަހަޅަޖެހޭނެއެވެ.

* ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ސްކޮލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުސަތު ދޫކޮށްލަން ޖެހޭނެއެވެ.

* އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓެއް ނުކުރެވޭނެއެވެ.

* މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ "އެނެކްސް 1" އިން  ލިބޭނެއެވެ.

 

:އިތުރު މަޢުލޫމާތު

ސުންގަޑި: 10 ސެޕްޓެންބަރު 2024 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން. 

އެޕްލިކޭޝަން ހުށަހަޅާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި އަދި 1474 ނަންބަރު ފޯނުން ލިބޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރާނީ schol@mohe.gov.mv އަށެވެ.

08 ސެޕްޓެންބަރު 2024