މަސައްކަތް
ނަންބަރު: (IUL)420-PM/420/2024/59
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 09:45
ސުންގަޑި: 16 ސެޕްޓެންބަރު 2024 11:00
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަތަފަންދޫގައި މަރުވާ މީހުންގެ ކަށުކަމާކެމީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން.

ރަތަފަންދޫގައި މަރުވާ މީހުންގެ ކަށުކަމާކެމީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން.  

 

ރަތަފަންދޫގައި ނިޔާވާ މީހުންގެ ކަށުކަމާކެމީގެ މަސައްކަތް (ސަންދޯއް ޖެހުމާއި ކަށްވަޅު ކޮނެ ވަޅުލުމުގެ) މަސައްކަތް ކޮންޓުރެކްޓް އުސޫލުން 1 އަހަރު ދުވަހުގެ މުއްދަތައް ކޮށްދޭނެ ފަރާތެއް ވަނީ ހޯދުމަށް ބޭނުންވެފައެވެ.

          ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤު ވެރިވެލައްވާ ފަރާތްތަކުން 10 ސެޕްޓެންބަރ 2024 ވާ އަންގާރަ ދުވަހުގެ ހެދުނު 10:00 އަށް ރަތަފަންދޫ ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 16 ސެޕްޓެންބަރ 2024 ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް އެސްޓިމޭޓު ހިއްޕަވައިގެން ރަތަފަންދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.

 

ނޮޓް:- މި މަސައްކަތް ކޮށްދޭނެ ފަރާތެއް ވޭތޯ ކުރެވުނު އިޢުލާން ނަންބަރ (IUL)420-PM/420/2024/56 އިޢިލާނާއި ގުޅިގެންއެއްވެސް ފަރާތަކުން އިޖާބަ ދީފައި ނުވާތީ އެ އިޢުލާން ވަނީ ބާތިލް ކުރެވިފައެވެ.

08 ސެޕްޓެންބަރު 2024