ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)256/256/2024/44
ޕަބްލިޝްކުރި ތާރީޚް: 09 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 22:33
ސުންގަޑި: 16 ސެޕްޓެންބަރު 2024 13:00
ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.މުރައިދޫ ބޮނބިފަންނު ޕަރކު ވަށާފާރު ރޭނުމުގެ މަސައްކަތް

 

ހއ.މުރައިދޫ ބޮނބިފަންނު ޕަރކު ވަށާފާރު ރޭނުމުގެ މަސައްކަތް

 

                      މިކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތައް އަމިއްލަ ތަކެތީގައި މިރަށު ބޮނބިފަންނު ޕަރކު ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

 

  ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިމަސައްކަތްކުރުމަށް ބީލަން ހުށަހެޅޭނީ، ޤާނޫނު ނަމްބަރު 18/2014 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި

ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޤާނޫނު ނަމްބަރު 19/2014 (އަމިއްލަފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރި ތަކަށެވެ. 

 

 

 

ބީލަމުގައި ބައިވެރިވުމަށްއެދޭ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު" ފުރުއްވުމަށްފަހު، މި އިދާރާގެ އީމެއިލް procurement@muraidhoo.gov.mv އަށް ފޮނުއްވައިގެން ނުވަތަ ކައުންސިލަށް ހުށަހަޅުއްވައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

އީމެއިލްގެ ޒަރިއްޔާއިން ރަޖިސްޓްރީ ކުރައްވާނަމަ ރަޖިސްޓްރީ ކުރެވުނުކަން، އެ ފަރާތަކަށް އީމެއިލް މެދުވެރިކޮށް އެންގޭނެއެވެ.  

 

 

 

ބީލަން ރަޖިސްޓްރީ ކުރުން:

09 ސެޕްޓެމްބަރ 2024 ން 16 ސެޕްޓެމްބަރ 2024 ގެ 13:00 ގެ ނިޔަލަށް

ޕްރީބިޑް ބައްދަލުވުން :

18 ސެޕްޓެމްބަރ 2024 ވަނަ ދުވަހުގެ 13:00 ގައި މި އިދާރާގައި

ބީލަން ބަލައިގަތުން :

22 ސެޕްޓެމްބަރ 2024 ވަނަ ދުވަހުގެ 13:00 ގައި މިއިދާރާގައި

 

 

 

ބީލަން ހުށަހެޅުމަށާއި ބީލަން ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ޙާޟިރުގައެވެ. ބީލަން ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ބީލަން ތައްޔާރުކުރާނެ ގޮތުގެ އިރުޝާދުތައް ބީލަން ފޮތުގައި ބަޔާންކޮށްފައިވާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މި އިދާރާގެ ނަންބަރު 6500032 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

 

 

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

 

                  06 ރަބީއުލްއައްވަލް 1446

 

                  09  ސެޕްޓެމްބަރ  2024

 

09 ސެޕްޓެންބަރު 2024