ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)290-ADMIN/290/2024/52
ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި: 09 އޮކްޓޫބަރު 2024 13:00
މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.މާފަރު ބަނދަރު ސަރަޙައްދުން ތެޔޮ ވިއްކުމަށް ބިން ކުއްޔަށް ދޫކުރުން

 ނ.މާފަރު ބަނދަރު ސަރަޙައްދުން ތެޔޮ ވިއްކުމަށް ބިން ކުއްޔަށް ދޫކުރުން                      

ނ.މާފަރުގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތައް މާފަރުގެ ބަނދަރު ސަރަޙައްދުން ތެޔޮވިއްކުމަށް 20 އަހަރުދުވަހުގެ މުއްދަތަށް 01 ބިން ކުއްޔައްދޫކުރުމަށް ހުޅުވާލަމެވެ.

ވީމާ، މި ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 9 އޮކްޓޫބަރު 2024 ވާ ބުދަ ދުވަހުގެ 13:00 އަށް މާފަރު ކައުންސިލް އިދާރާ އަށް ބިޑް ހުށަހެޅުއްވުން އެދެމެވެ.

ބިމުގެ މަޢުލޫމާތު:-

#

ބިން އޮތް ސަރަޙައްދު

ބިމުގެ ބާވަތް

ބިމުގެ ބޮޑުމިން

ބިމުގެ އަދަދު

ދޫކުރެވޭ އެންމެ ކުޑަކުލި

1

ނ.މާފަރު ބަނދަރުގެ އުތުރު ފަރާތުން

ތެޔޮވިއްކުމަށް

2000 އަކަފޫޓު

01

އަކަފޫޓަކަށް މަހަކު -/2 ރުފިޔާ

  1. މި ބީލަން ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  2. 2.     ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން އޮންނާނީ، 22 ސެޕްޓެންބަރު 2024  ވާ އާދިއްތަ ދުވަހުގެ 13:00 ގެ  ކުރިންނެވެ.
  3. ބިލަމުގައި ރަޖިސްޓްރީ ވުމަށް ބޭނުންވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު މި ކައުންސިލްގެ މެއިލް އެޑްރެސް: finance@maafaru.gov.mv އަށް މެއިލް ކުރެއްވުންއެދެމެވެ. އަދި ބީލަމުގައި ރަޖިސްޓްރީ ކުރެވޭނީ މެއިލް މެދުވެރިކޮށް އެކަންނެވެ.
  4.  ބީލަމުގައި ބައިވެރިވެވޭނީ ބީލަން ހުށަހެޅުމުގެ މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

ބީލަން ހުށަހެޅުން:

ބީލަން ހުށަހެޅުން އޮންނާނީ 09 އޮކްޓޫބަރު 2024 ވާ ބުދަ ދުވަހުގެ 13:00 ގައި މާފަރު ކައުންސިލް އިދާރާގައެވެ.

ބިން ތަރައްޤީކުރުން:

ބިން ލިބިއްޖެނަމަ، އެ ބިން ތަރައްޤީކޮށް ވިޔަފާރި ފަށާނެ ތާރީޚެއް އަންދާޒާކޮށް ޕްރޮޕޯޒަލްގައި ހިމަނަންވާނެއެވެ.

ބިން ކުއްޔަށް ހިފާ ފަރާތުން، އިޖުތިމާޢީގޮތުން ކޮށްދޭނެ ކަންތައްތައް

ބިން ކުއްޔަށް ހިފާ ފަރާތުން ރަށުގެ އިޖުތިމާޢީކަންކަމަށް އަހަރަކު ކުރާނެ ކަންކަން  ނުވަތަ ޚަރަދު ކުރާނެ މިންވަރު ޕްރޮޕޯޒަލްގައި ހިމަނަންވާނެއެވެ.   

ބިން ކުއްޔަށް ހިފުމަށް ހުށަހަޅާ ކުލި:

ބިން ކުއްޔަށް ހިފާ ފަރާތުން ހުށަހަޅާ އެންމެ ބޮޑު ކުލި ޕްރޮޕޯޒަލްގައި ހިމަނަންވާނެއެވެ. (މަޢުލޫމާތު ކަރުދާހުގައި ވާގޮތައް)

ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔުމެއް

                  މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                  8 ރަބީޢުލްއައްވަލް 1446

11 ސެޕްޓެންބަރު 2024