ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)259/2024/70
ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:28
ސުންގަޑި: 26 ސެޕްޓެންބަރު 2024 11:00
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލަދުންމަތީ ދެކުނުބުރީ ފިނޭއިން ދަނޑުވެރިކަން ކުރުމަށް ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ

ހދ.ފިނޭ ޒިޔާރަތްމަގުން 1 ބިން އަދި އާމަގުން 1 ބިން ދަނޑުވެރިކަން ކުރުމަށް 10 (ދިހައެއް) އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ނިންމާފައިވާތީ، މި ދެ ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ފޯމު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ގޮތުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 100,000 އަކަފޫޓުގެ 2 (ބިން) ޕްލޮޓެވެ.

ވީމާ،  ތިލަދުންމަތީ ދެކުނުބުރީ ފިނޭއިން ދަނޑުވެރިކަމަށް ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހަޅާ ފޯމު ފުރިހަމަކޮށް ހުށަހެޅުމަށް ދެންނެވީމެވެ. އީމެއިލްގެ ޒަރިއްޔާއިން ހުށަހަޅާ ފޯމު ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. މި އިއުލާނާއިއެކު ދަނޑުވެރިކަމަށް ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ މައުލޫމާތު ކަރުދާސް އަދި ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް  އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ބީލަންފޯމު ހުށަހަޅަންޖެހޭ ތަން

ދުވަސް

ތާރީޙް

ގަޑި

ފިނޭ ކައުންސިލް އިދާރާ

ބުރާސްފަތި

26 ސެޕްޓެމްބަރ 2024

11:00

 

ދަނޑުބިމަށް އެދި ހުށަހެޅޭނީ ހދ.ފިނޭގައި ރަށްވެހިވެފައިވާ ފަރާތްތަކަށާއި ކުންފުނިތަކަށާއި ދިވެހި ކޮންމެ ރައްޔިތަކަށެވެ. ދަނޑުބިމަށްއެދި ފޯމު ހުށަހަޅާއިރު ދޫކުރެވޭ ބިމުގައި ދަނޑުވެރިކަމާއި ގުޅޭ ގޮތުން އިތުރު އިންވެސްޓެއް ކުރުމަށް ކަނޑައަޅާނަމަ ހުށަހަޅާ ކޮންމެ ބިމަކަށް ވަކިން ކުރާ އިންވެސްޓްމަންޓު، މިންވަރު އަދި ތަފްސީލްލިޔެވިފައި އޮންނަންވާނެއެވެ. ދަނޑުވެރިކަން ކުރުމަށްއެދި ހުށަހަޅާ ބީލަން ފޯމު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ރަސްމީ ސިޓީއެއް ގެންނަންވާނެއެވެ. އަދި ބީލަން ހުށަހަޅަންވާނީ ސިޓީއުރައަށް ލައި ބަންދުކޮށް ނުވަތަ އެއްހީރާސްކޮށް، "ދަނޑުވެރިކަން ކުރުމަށް ބިން ކުއްޔަށް ހިފުމަށް" އެދި ހުށަހަޅާ ބީލަމެއްކަން އެނގޭ ގޮތަށް ސިޓީއުރައިގެ ބޭރުގައި ލިޔުއްވައިގެންނެވެ.

އިތުރުމަޢުލޫމާތު ހޯއްދެވުމަށް، info@finey.gov.mv އަށް މެއިލްކުރެއްވުން އެދެމެވެ. ނުވަތަ 6520027 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

ވީމާ މިކަން އާއްމުކޮށް އަންގާ އިއުލާންކުރީމެވެ. 

11 ސެޕްޓެންބަރު 2024