ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)177-A1/1/2024/22
ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 15:07
ސުންގަޑި: 19 ސެޕްޓެންބަރު 2024 13:30
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

އިޢުލާނު

 

މަޤާމު:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-365151

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އެޑްމިނިސްޓްރޭޝަން ޔުނިޓް / ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް، ކ. މާލެ

މުސާރަ:

މަހަކު 7035 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު 2000 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު 900.00 ރުފިޔާ
  2. ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރާއިގެ %35
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ހިދުމަތް
  5. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އެޑްމިނިސްޓްރޭޝަން ޔުނިޓްގެ ދަށުން ހިނގަމުންދާ އެންމެހާ މަސައްކަތްތައް ބަލައި ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްތައް ދުވަހުން ދުވަހަށް މޮނީޓަރކޮށް ސުޕަވައިޒް ކުރުން.
  2. ސެންޓަރުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް ހަދަންޖެހޭ އިދާރީ އުސޫލްތައް ދެނެގަނެ، އެކަމާއިގުޅިގެން ދޭންޖެހޭ ލަފައާއި އިރުޝާދު ޑިރެކްޓަރަ ޖެނެރަލްއަށް ދިނުމާއި، އަދި އިދާރީ އުސޫލްތައް އެކުލަވާލުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  3. ސެންޓަރުގައި ބާއްވާ އެކި އެކި ހަފްލާތަކާއި ބައްދަލުވުންތަކާ ގުޅިގެން ސެކްޝަން/ ޔުނިޓުން އެދޭ އެޑްމިންއާއި ގުޅުންހުރި މަސައްކަތްތަކުގެ އިންތިޒާމުތައް ހަމަޖައްސާ ރާވާ ހިންގުން.
  4. އޮފީހުގެ މަސައްކަތު މުވައްޒަފުންގެ މަސައްކަތް ކޮންމެ ދުވަހަކުވެސް މޮނީޓަރ ކޮށް ބެލެހެއްޓުމާއި އިދާރާގެ އިމާރާތް ފޮޅާސާފުކުރުމުގެ ކަންކަން ކުރިއަށްދަނީ ހަމަޖެހިފައި އޮންނަ އުސޫލާއެއްގޮތަށްކަން ކަށަވަރުކުރުން.
  5. އެޑްމިނިސްޓްރޭޝަން ސެކްޝަނަށް އަންނަ ސިޓީ ނޯޓްފަދަ ލިޔުންތަކާއިގުޅިގެން އިސްވެރިޔާގެ ލަފާގެމަތީން ޖަވާބު ފޮނުވުމުގެ އިންތިޒާމް ހަމަޖައްސާ ބެލެހެއްޓުން.
  6. އިދާރާގެ އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ދުރާލާ އެއްކޮށް، ކަނޑައަޅާފައިވާ މުއްދަތަށް އަހަރީ ރިޕޯޓްލިޔެ ތައްޔާރުރުމާއި ފޮނުވަންޖެހޭ މުއްދަތަށް ފޮނުވޭނެ އިންތިޒާމް ހަމަޖައްސާ ބެލެހެއްޓުން.
  7. އިދާރާގެ މައި ޔައުމިއްޔާ އަށް ބޭނުންވާ މަޢުލޫމާތު އެކި ސެކްޝަންތަކުން ހޯދައި ދުވަހުން ދުވަހަށް ޔައުމިއްޔާ ނިންމުމުގެ އެންމެހާ ކަންކަން ސުޕަވައިޒްކުރުން.
  8. އިދާރާގެ ރިސެޕްޝަންއިން ކުރާމަސައްކަތްތައް ކުރިއަށް ދާ ގޮތް ބަލަހައްޓައި އިދާރާއަށް އަންނަ އެންޓްރީތައް ރޫޓްކުރުމާއި، ޖެމްސް، އަދި ރެކޯޑް މެނޭޖްކުރުމުގެ އިތުރުން ރިސެޕްޝަނަށް ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ފަސޭހައިން ޚިދުމަތް ލިބޭނެފަދަ ގޮތަކަށް ރިސެޕްޝަންގެ މަސައްކަތްތައް އިންތިޒާމުކޮށް ބެލެހެއްޓުން.
  9. ރަސްމީ ދުވަސްތަކާއި ނުރަސްމީ ދުވަސްތަކުގައި އިދާރާ ހުޅުވާ ލެއްޕުމުގެ އެންމެހާ އިންތިޒާމުތައް ހަމަޖައްސާ ބެލެހެއްޓުން.
  10. އިދާރާގެ ސްޓޮކް، އަދި އިންވެންޓްރީގެ ކަންތައްތައް ރަނގަޅު އިންތިޒާމެއްގެ ދަށުން ކުރިއަށް ގެންދިޔުމަށް ބާރުއަޅައި ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ބާރުއަޅުން.
  11. އިދާރާގެ ހަރުމުދަލުގެ ރަޖިސްޓްރީ ގަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުމާއި ނީލަންކިޔުމުގެ މަސައްކަތް ހިނގާގޮތް ބެލެހެއްޓުން.
  12. އިދާރާގެ އެންމެހައި މަރާމާތު ތަކުގެ ކަންކަން ބެލެހެއްޓުން އަދި މަރާމާތުތަކުގެ އެންމެހައި ކަންކަން ހިނގާނުހިނގާގޮތް  ބެލުން. 
  13. ރާއްޖެއާއި ރާއްޖޭން ބޭރުން ލިބެންހުރި އެހީތައް ހޯދައިބަލައި އެފަރާތްތަކުގެ އެހީ ހޯދުން.
  14. ކޮންމެ އަހަރަކު ޔުނިޓްގެ އަންދާޒާ ބަޖެޓް ތައްޔާރުކޮށް ފައިނޭންސް ޔުނިޓުން އަންގާ މުއްދަތަކަށް ފޮނުވުން.
  15. ކޮންމެ އަހަރަކު ފެށުމުން ސްޕަވައިޒް ކުރަންޖެހޭ މުވައްޒަފުންގެ މަޤާމުގެ މައިގަނޑު މަސައްކަތްތަކާއި އެ މަސައްކަތްތައް ކުރުމަށްޓަކައި އެއަހަރެއްގެ ޓާގެޓު ރިވިއުކޮށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޮނުވުމާއި އެޕްރައިޒަލް ފޯވަހިތެރޭގައި އެ މުވައްޒަފުންގެ އެޕްރައިޒަލް ފުރައި ނިންމުމާއި، ސިވިލް ސަރވިސްގެ ގަވާޢިދުގެ ދަށުން މަސައްކަތްތައް ރިވިއުކުރުން.
  16. އޮފީހުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން.
  17. އެހެން ސެކްޝަނެއް ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފި ހާލަތެއްގައި އެ ސެކްޝަން ހިންގުމާއި އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ޙަވާލުކުރާ ކަމެއް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ / އެޑްވާންސް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލަރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްގޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

އެޑްމިނިސްޓްރޭޝަން 

ބިޒްނަސް އެޑްމިނިސްޓްރޭޝަން (ޕްރިފާރޑް)

ބިޒްނަސް މެނޭޖްމަންޓް (ޕްރިފާރޑް)

މެނޭޖްމަންޓް 

ޕަބްލިކް އެޑްމިނިސްޓްރޭޝަން (ޕްރިފާރޑް)

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

އެޑްމިނިސްޓްރޭޝަން

މެނޭޖްމެންޓް

ނޯޓް: މަޤާމަށް ކަނޑައަޅާފައިވާ ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، ކްރައިޓީރިއާ ގައި ކޯ ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓު އެފަރާތަކަށް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން - 30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު - 5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު - 5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ - 5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) - 15

ޕްރެޒެންޓޭޝަން - 10

އިންޓަރވިއު - 30

ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 ސެޕްޓެމްބަރ 19 ވާ ބުރާސްފަތި ދުވަހު ގެ 13:30 ގެ ކުރިން، ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް recruitment@nca.gov.mv މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.  

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނީ، 2024 ސެޕްޓެމްބަރ 22 އާއި 2024 އޮކްޓޯބަރ 15 އާ ދެމެދު، ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސް، މާލެ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3310729 އަށެވެ. އީ-މެއިލް ކުރާނީ recruitment@nca.gov.mv  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

11 ސެޕްޓެންބަރު 2024