ބީލަން
ނަންބަރު: (IUL)400/PRIV/2024/13
ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 22:42
ސުންގަޑި: 23 ސެޕްޓެންބަރު 2024 12:00
ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށައެޅުމުގެ ދަޢުވަތު (ލ.މާވަށު ކުޅި ސާފުކުރުމުގެ މަސައްކަތް)

ޢިއުލާނު

ބީލަމުގެނަން: ލ.މާވަށު ކުޅި ސާފުކުރުމުގެ މަސައްކަތް

ބީލަން ނަންބަރު: 400/PROJ/2024/10

އިއުލާނު ނަމްބަރު: (IUL)400/PRIV/2024/13

އިއުލާނުގެ ވަނަ: 01

ލ.މާވަށު ކުޅި ސާފުކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެކަމަށްއެދި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

ބީލަން ހުށައެޅުމަށް ރަޖިސްޓްރީވުން

2024 ސެޕްޓެމްބަރ 23 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން  ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ކުރަންވާނެއެވެ.ބީލަން ރަޖިސްޓްރޭޝަންފޯމް، މި އިއުލާނާއިއެކު ގެޒެޓް ކުރެވޭނެއެވެ. އަދި މިކައުންސިލްގެ ވެބްސައިޓުންވެސް ލިބެންހުންނާނެއެވެ. ބީލަން ރަޖިސްޓްރޭޝަން ފީއަކީ -/150 ރުފިޔާއެވެ. ބީލަން ރަޖިސްޓްރީ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ބީލަން ރަޖިސްޓްރޭޝަންފޯމް ފުރުއްވުމަށްފަހު ތިރީގައިވާ އެކައުންޓަށް ރަޖިސްޓަރޭޝަން ފީ ޖަމާކުރުމަށްފަހު، ފޯމާއި ސްލިޕް މި ކައުންސިލްގެ މެއިލްއެޑްރެސް އަށް (procument@maavahcouncil.gov.mv) މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ މި ކައުންސިލް އިދާރާއަށް ވަޑައިގެން ފައިސާދައްކަވާ، ފޯމު ހުށައެޅުން އެދެމެއެވެ.

އެކައުންޓް ނަންބަރު: 7707700295001، އެކައުންޓް ނަން: 1451 Revenue-1

މި ބީލަމުގައި ރަޖިސްޓްރީ ކުރެވޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ 18/2014) ގެދަށުން ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުށައެޅުއްވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނޯއްނާނެވާހަކަ ދެންނެވީމެވެ.

ބީލަން ފޮތް

މި ބީލަމުގެ ބީލަންފޮތް، މި އިއުލާނާއިއެކު ގެޒެޓް ކުރެވޭނެއެވެ. އަދި މިއިދާރާގެ ވެބްސައިޓުންވެސް ބީލަންފޮތް ލިބެން ހުންނާނެއެވެ.

ޕްރީ ބިޑް މީޓިންގ އަދި ސައިޓް ވިޒިޓް

މި ބީލަމުގެ ޕްރީ-ބިޑް މީޓިން ނޯންނާނެއެވެ.

މި ބީލަމުގެ ސައިޓް ވިޒިޓް އޮންނާނީ 2024 ސެޕްޓެމްބަރ 24 ވާ އަންގާރަ ދުވަހުގެ 13:30 ގައި ލ.މާވަށު ކިލާގަނޑު ސަރަހައްދުގައެވެ.

ބީލަން ހުށައެޅުން / ބީލަން ހުޅުވުން

ބީލަން ހުށައެޅުމުގެ ސުންގަޑިއަކީ 2024 ސެޕްޓެމްބަރ 25 ވާ ބުދަ ދުވަހުގެ 13:30 އެވެ. ބީލަން ހުށައަޅަން ޖެހޭނީ ލ.މާވަށު ކައުންސިލް އިދާރާއަށެވެ. ބީލަން ހުށައަޅަންޖެހޭނީ ބަންދުކުރުވެރިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ލ.މާވަށު ކުޅި ސާފުކުރުމުގެ މަސައްކަތް" މިހެން ލިޔެފައި އޮންނަންވާނެއެވެ. ބީލަން ހުޅުވާނީ 2024 ސެޕްޓެމްބަރ 25 ވާ ބުދަ ދުވަހުގެ 13:30 ގައި މާވަށު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

އިތުރު މައުލޫމާތު

  • މި ބީލަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ގުޅުއްވާނީ 6800718, 9977775 ނަންބަރު ފޯނަށެވެ.
  •  

     
    އީމެއިލް ކުރައްވާނީ procument@maavahcouncil.gov.mv އީމެއިލް އަށް،
11 ސެޕްޓެންބަރު 2024