ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)254/254/2024/33
ޕަބްލިޝްކުރި ތާރީޚް: 12 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:12
ސުންގަޑި: 29 ސެޕްޓެންބަރު 2024 13:00
ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ތަކަންދޫއިން ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް އާއްމުކުރުން

އިޢުލާން ނަންބަރު 254/254/2024/33(IUL) އާއި ގުޅިގެން ހއ.ތަކަންދޫއިން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު 2024 ސެޕްޓެމްބަރ 12 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2024 ސެޕްޓެމްބަރ 29 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލައިފީމެވެ. ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށް، މިއިދާރާގެ ނޯޓިސްބޯޑްގައި ބެހެއްޓިފައިވާނެއެވެ.

ޕޮއިންޓް ދީފައިވާ ގޮތާމެދު، ޝަކުވާ ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން "ހއ.ތަކަންދޫއިން ބަންޑާރަ ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ލިސްޓަށް ޝަކުވާ ހުށަހަޅާ ފޯމް" ފުރިހަމަކޮށް ރަސްމީގަޑީގައި މި އިދާރާއަށް ނުވަތަ މި އިދާރާގެ އީ-މެއިލް info@thakandhoo.gov.mv  އަށް ފޯމް ހުށަހެޅުއްވުން އެދެމެވެ.

ހއ.ތަކަންދޫއިން ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އިޢުލާން ކުރެވޭނީ، ހުށަހެޅޭ    ޝަކުވާތަކާއި ގުޅިގެން ލިސްޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްފަހުގައެވެ. 

12 ސެޕްޓެންބަރު 2024