ބީލަން
ނަންބަރު: (IUL)419/419/2024/118
ޕަބްލިޝްކުރި ތާރީޚް: 12 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 12:29
ސުންގަޑި: 25 ސެޕްޓެންބަރު 2024 11:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ގައްދޫ ކައުންސިލް އިދާރާއަށް ބެކްހޯވ ލޯޑަރއެއް ސަޕްލައިކުރުން.

ގދ. ގައްދޫ ކައުންސިލް އިދާރާއަށް ބެކްހޯވ ލޯޑަރއެއް ސަޕްލައިކުރުން.

 

މިއިދާރާގެ ނަންބަރ:( (IUL)419/419/2024/86އިއުލާންގައިވާ މައުލޫމާތު ޝީޓުގައި ހިމަނަންޖެހޭ މައުލޫމާތެއް ހިމެނިފައިނުވާތީ އެ އިއުލާން ބާޠިލްކޮށް، އަލުން އިއުލާންކުރަމެވެ.

މި އިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް ބެކްހޯވ ލޯޑަރ އެއް ސަޕްލައި ކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިމަސައްކަތާއި ގުޅޭ ބިޑް ހުށަހަޅަންޖެހޭ ތަން އަދި ތާރީޚް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.

މިކަމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2024 ސެޕްޓެމްބަރ 12 ދުވަހުން ފެށިގެން 2024 ސެޕްޓެމްބަރ 16 ވަނަ ދުވަހުގެ 13:00ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް އިން ރަޖިސްޓްރީވާންވާނެއެވެ. ރަޖިސްޓްރީވުމަށްއެދޭ ފޯމް ފޮނުވަންވާނީ procurement@gadhdhoo.gov.mv މެއިލްއަށެވެ.

ބީލަމާއިގުޅޭ މައުލޫމާތު ޝީޓާއި އަދި އެހެނިހެން ލިޔުންތައް ބީލަމަށް ރަޖިސްޓްރީކުރުމުން، ރަޖިސްޓްރީ ކުރެވިފައިވާ މެއިލްއަށް ފޮނުވޭނެއެވެ. މި ބީލަމުގައި ޕްރީ ބިޑް މީޓިންގ އެއް ނޯންނާނެއެވެ.

މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ procurement@gadhdhoo.gov.mv އަށް މެއިލްކޮށްދެއްވުން އެދެމެވެ. ނުވަތަ 7905301 ނަންބަރަށް ގުޅުއްވުން އެދެމެވެ. މައުލޫމާތު ޝީޓާއި އެއްގޮތަށް އަންދާސީ ހިސާބު ހުށަހަޅުއްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ރަޖިސްޓްރީ ކުރުން

ބީލަން ބަލައިގަތުމާއި ހުޅުވުން

ތަން

2024 ސެޕްޓެމްބަރ 12 އިން 16 އަށް

ގަޑި: 13:00

 

ތާރީޚް:  2024 ސެޕްޓެމްބަރ 25 ވާ ބްރާސްފަތި  ދުވަސް

ގަޑި: 11:00

ގދ.ގައްދޫ ކައުންސިލް އިދާރާ

ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

12 ސެޕްޓެންބަރު 2024