މަސައްކަތް
ނަންބަރު: (IUL)335-AS/335/2024/143
ޕަބްލިޝްކުރި ތާރީޚް: 12 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:00
ސުންގަޑި: 23 ސެޕްޓެންބަރު 2024 12:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލަށްހަދާ ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރޭނުމާއި ފެންސްޖެހުމުގެ އެންމެހާ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.

އިޢުލާން

 އަލަށްހަދާ ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރޭނުމާއި ފެންސްޖެހުމުގެ އެންމެހާ މަސައްކަތް ކޮށްދޭނެ ފަރާތެއްބޭނުންވެއްޖެ.

މިމަސައްކަތް ކުރުމުގެ ބިޑުގައި ބައިވެރިވާން އެދޭފަރާތްތަކުން 23 ސެޕްޓެމްބަރ 2024  ވާ ހޯމަ ދުވަހުގެ 12:00 ކުރިން މި ކައުންސިލަށް ދުރުވެ ނުވަތަ މި އިޢުލާނާއި އެކު ހިމެނިފައިވާ ގޫގަލް ފޯމް ލިންކުން ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

މި މަސައްކަތުގައި ބައިވެރިވެވޭނީ ހަމައެކަނި ބިޑްހުށަހެޅުމަށް ރަޖިސްޓްރީކުރި ފަރާތްތަކުންނެވެ.

ރަޖިސްޓްރީ ލިންކް: https://forms.gle/62K4LJPMXbC6diRY7

  •  މި މަސައްކަތް ތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 ސެޕްޓެމްބަރ 2024 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

      އަންދާސީ ހިސާބާއި ގުޅޭ އިތުރު މައުލޫމާތު މި ކައުންސިލްގެ އީމެއިލް procurement@hinmafushi.gov.mv ނާއި ގެޒެޓުގައި މި އިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާކަންވެސް މި ފުރުޞަތުގައި ދަންނަވަމެވެ. މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި،އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

         މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 ސެޕްޓެންބަރު 2024