ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)196-C/1/2024/41
ޕަބްލިޝްކުރި ތާރީޚް: 12 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:07
ސުންގަޑި: 25 ސެޕްޓެންބަރު 2024 10:00
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މޮބައިލް ފައިލިން ސިސްޓަމް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުން

މިއޮފީހަށް ބޭނުންވާ މޮބައިލް ފައިލިން ސިސްޓަމް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. 

  • ބީލަމުގައި ރެޖިސްޓަރީވުން: 25 ސެޕްޓެންބަރު 2024، ހެނދުނު 10:00 ގެ ކުރިން
  • ބީލަން ހުށަހެޅުމާއި ހުޅުވުން: 26 ސެޕްޓެންބަރު 2024، ހެނދުނު 10:00 އަށް
  • ބީލަމުގައި ރެޖިސްޓްރީ ކުރެއްވުމަށް މި އިޢުލާނުގެ ނަންބަރު ޖެއްސެވުމަށްފަހު، ކުންފުނީގެ ނަމާއި، ގުޅޭނެ ފަރާތެއްގެ ފުރިހަމަ ނަމާއި ފޯނު ނަންބަރު، އަދި އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު procurement@pgoffice.gov.mv  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ވީމާ، މި މަސައްކަތްކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް ބީލަމުގައި ރެޖިސްޓްރީ ކުރެއްވުމަށްފަހު، 2024 ސެޕްޓެންބަރު 26 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މިއޮފީހަށް (ވެލާނާގެ، 12 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. ބީލަމުގައި ރެޖިސްޓަރ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ ހެނދުނު 11:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗް ކޮށްފައިވާނެވެ.

ނޯޓު: އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ ހެނދުނު 10:00 ގައެވެ 

09 ރަބީޢުލްއައްވަލް 1446

12 ސެޕްޓެންބަރު 2024