ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)491/491/2024/104
ޕަބްލިޝްކުރި ތާރީޚް: 12 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 25 ސެޕްޓެންބަރު 2024 00:00
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު" އަށް ގެންނަން ހުށަހަޅާ 7 ވަނަ އިސްލާޙުގެ ދެލިކޮޕީއަށް ޢާންމުންގެ ހިޔާލު ފާޅުކުރުމަށް ހުޅުވާލުން

ޢިމާރާތްކުރުމުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދު ނަންބަރު  2019/R-1010 "އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު" އަށް ގެންނަން ހުށަހަޅާ 7 ވަނަ އިސްލާޙުގެ ދެލިކޮޕީ މި ޢިއުލާނާއި އެއްކަރުދާސްކޮށްފައިވާ ވާހަކަ ދަންނަވަމެވެ. މި އިސްލާޙަށް ޚިޔާލު ފާޅުކުރުމަށް އާންމުކޮށް ހުޅުވާލާފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މި އިސްލާޙަކީ ޕްރެކްޓިޝަނަރުން ރަޖިސްޓްރީކުރުމުގައި  މި ވަގުތު ހުރި ދަތިތައް ޙައްލުކުރުމަށްޓަކައި ގެނެވޭ އިސްލާޙެއްކަމުގައި ފާހަގަކުރަމެވެ. އަދި މުޅި ގަވާއިދު މުޠާލިޔާކުރުމުގެ މަސައްކަތް ކުރިއަށް ރާވާފައިވާކަންވެސް މި ފުރުޞަތުގައި ފާހަގަކުރަމެވެ.

 

ވީމާ، އިސްވެދެންނެވުނު ގަވާއިދުގެ އިސްލާޙަށް ގެންނަން ފެންނަ ޚިޔާލެއް ނުވަތަ ލަފައެއް އޮތްކަމުގައިވާނަމަ މި މިނިސްޓްރީގެ ކޮންސްޓްރަކްޝަން ރެގިއުލޭޝަންސް އެންޑް ސްޓޭންޑަރޑްޒް ސެކްޝަނުގެ crss.cidd@infrastructure.gov.mv އީމެއިލް އެޑްރެހަށް 2024 ސެޕްޓެމްބަރު 25 ވަނަ ދުވަހުގެ ކުރިން ފޮނުއްވުން އެދި ދަންނަވަމެވެ.

 

އިޚްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ. 

09 ރަބީޢުލް އައްވަލް 1446

12 ސެޕްޓެމްބަރ 2024

12 ސެޕްޓެންބަރު 2024