ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)371-CAA/371/2024/34
ޕަބްލިޝްކުރި ތާރީޚް: 16 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 19:27
ސުންގަޑި: 24 ސެޕްޓެންބަރު 2024 13:00
ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލުން ހިންގަމުންގެންދާ ބިލެތްދޫ ޕްރީ-ސުކޫލަށް ޕްރީ ސްކޫލް ޓީޗަރެއްގެ މަޤާމަށް މީހަކު ހޯދުމަށް

އިޢުލާނު

 

މަޤާމު:

ޕްރީ ސްކޫލް ޓީޗަރ

މަޤާމުގެ ނަންބަރު:

J-401392

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ

މަޤާމުގެ ރޭންކު:

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނިލަންދެ އަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލް އިދާރާ  / ބިލެތްދޫ ޕްރީސްކޫލް

މުސާރަ:

މަހަކު -/4465ރ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

ސަރވިސް އެލަވަންސް:

މަހަކު -/1500ރ (އެއްހާސް ފައްސަތޭކަ ރުފިޔާ)

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސް ފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ، އަދި ރަމަޟާންމަހުގެ ޢިނާޔަތު ފައިސާ.
  4. ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/700ރ (ހަތްސަތޭކަ ރުފިޔާ)
  5. ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މަހަކު މަޤާމުގެ މުސާރައިގެ %35 އަށް ވާ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުނަތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތީން ކުރުން
  2. ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  3. ޕްރީ ސްކޫލު ދަރިވަރުންނަށް ކިޔަވައި ދެއްވުމާއި ކުދިންނަށް ދެމުންގެންދާ ތަޢުލީމުގެ ފެންވަރު ރަނގަޅު ކުރުމާއި އެކުއްޖެއްގެ ފެންވަރުގައި ޕްރީ ސްކޫލު ކުދިންނަށް ތަޢުލީމުދީ އުނގަންނައި ދިނުން.
  4. ކިޔަވައި ދިނުމަށް ތައްޔާރުވުމުގެ ގޮތުން ހަދަންޖެހޭ ސްކީމްތައް ހެދުމާއި ލެސަން ޕްލޭނުތައް ހެދުމާއެކު، ކުދިންނަށް ތަޢުލީމު ދިނުމަށް ރޭވިގެން ރަނގަޅަށް ތައްޔާރު ވެގެން ތަޢުލީމު ދިނުން.
  5. ދަރިވަރުންގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރުމާއި، ފެންވަރު ދަށްވިޔަ ނުދީ ހިފެހެއްޓުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  6. ކުދިން ޝަޢުޤުވެރި ވާނެ ގޮތަށް ކުލާސްތެރެ ޒީނަތްތެރިކުރުން.
  7. ކުދިންނަށް ކުލާހުގައި ދެވޭ މަސައްކަތާއި، ގެއަށް ހަވާލުކުރެވޭ މަސައްކަތްތައް ހަވާލުކުރުމުގެ ކުރިން ރަނގަޅަށް ބަލައި ޗެކްކޮށް ރަނގަޅު ކުރަންޖެހޭ ކަމެއްވާނަމަ ރަނގަޅު ކުރުމަށްފަހު ޙަވާލުކުރުން.
  8. ދުވަހުން ދުވަހަށް ކުލާސްތަކުގައި ދެވޭ މަސައްކަތްތަކުގެ ރެކޯޑު ބެލެހެއްޓުން.
  9. އެކުގައި މަސައްކަތް ކުރައްވާ ހުރިހާ މުވައްޒަފުންނާ ގުޅިގެން އެކުވެރިކަމާއެކު މަސައްކަތް ކުރުން.
  10. ބެލެނިވެރިން ގުޅިގެން ހިންގާ ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ އެހީތެރިވުން.
  11. ކުދިންނާއެކު އުޅެވޭފަދަ މިޒާޖެއްގެ މީހަކަށްވުމުގެ އިތުރުން ތެދުވެރިކަމާއި، އަމާނާތް ތެރިކަމާއި، ކެތްތެރިކަމާއެކު، އުފެއްދުންތެރި، ޚިޔާލުތަނަވަސް އަދި ވިސްނައިގެން ކަންތައްތައް ކުރަން އިނގޭ ރޭވުންތެރި މީހަކަށްވުމާއި އެގޮތުގެ މަތިން މަސައްކަތްކުރުން.
  12. ސްކޫލާއި، ކައުންސިލްގެ އިދާރާއިން އިސްނަގައިގެން ހިންގާ އިތުރު ހަރަކާތްތަކުގައި ބައިވެރިވުމާއި، މުނާސަބަތުތަކާއި، ދުވަސްތައް ފާހަގަ ކުރުމުގައި މުވައްޒަފުންނާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އަދި މުބާރާތް ފަދަ ކަންކަމުގައި ބައިވެރިވެ އެހީތެރިވުން.
  13. ކުދިންގެ ކިޔެވުމާއި ތަރުބިއްޔަތާއި ގުޅޭ ގޮތުން ބެލެނިވެރިންނާއި ބައްދަލުކޮށް މަޢުލޫމާތު ދިނުމާއި ވަކިވަކި ކުދިންނާއި ގުޅުންހުރި ކަންކަމުގައި ވަކިވަކި ބެލެނިވެރިންނާއި ބައްދަލުކޮށް ދަރިވަރާއި ގުޅުންހުރި މަޢުލޫމާތު ހިއްސާކުރުން.
  14. ޚާއްޞަ ސަމާލުކަންދޭންޖެހޭ ދަރިވަރުންނަށް ދޭންޖެހޭ ސަމާލުކަންދީ ރައްކާތެރިކަން ދިނުން.
  15. ޕްރީސްކޫލް ދަރިވަރުންނަށް ތަޢުލީމު ދިނުމަށް ބޭނުންވާ ތަކެތި ކައުންސިލްގެ އިދާރާއަށް ނުވަތަ ސްޕަރވައިޒަރަށް ހުށަހަޅައިގެން ހޯދުން.
  16. ހަވާލުކުރެވިފައިވާ ތަކެތި ބޭނުން ކުރުމުގައި އިސްރާފު ނުކުރުމާއި، ކުލާސް ރޫމާއި އޮފީސްތެރެ ސާފުތާހިރުކޮށް ތަރުތީބުން ތަކެތި ބެހެއްޓުމާއި، ލިޔެކިޔުން ތަރިތީބުކޮށް، ރައްކާތެރިކަމާއެކު ގެންގުޅުން.
  17. ވާޒީފާއާ ގުޅުންހުރި ފަހުގެ ހޯދުންތަކާއި ޓެކްނޮލޮޖީއަށް އަހުލުވެރިވުމާއި، އަމިއްލަ ކުރިއެރުމާއި، ތަރައްޤީއަށް މަސައްކަތްކުރުން.
  18. ކައުންސިލުން ހިންގާ އިޖްތިމާޢީ ޙަރަކާތްތަކުގައި ބައިވެރިވެ އެހީތެރިވުމާއި، ރަށުކައުންސިލުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި ކައުންސިލްގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.
  19. ސްކޫލާއި ކައުންސިލް އިދާރާގެ ހުރިހާ މުވައްޒަފުން ޝާމިލްވެގެން ކުރަންޖެހޭ ކަންތައްތަކާއި، އަދި ދިމާވާ މުހިއްމު ކަންތައްތަކާއި ގުޅިގެން ކުރަންޖެހޭ އެހެނިހެން ރަސްމީ މަސައްކަތްތައް ކުރުން.
  20. މީގެއިތުރުންވެސް ވަޒީފާއާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ފަރުވާތެރިކަމާއެކު ކުރުން.

މަޤާމުގެ ޝަރުޠުތައް:


1. ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް 3 ޙާޞިލްކޮށްފައިވުން. ނުވަތަ

2. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް'  ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ތަޢުލީމީ ރޮނގުތައް: 

  • ނެތް

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން:

  • ނެތް

ގުޅޭ ވަޒީފާގެ ދާއިރާތައް: 

  • ޓީޗިންގް ސާވިސަސް
  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. އަސާސީ ޝަރުޠު ހަވަމުން  ( %30 )

2. އަސާސީ ޝަރުޠަށް ވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް ( %5 )

3. އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ  ( %5 )

4. އެސެސްމެންޓް ( އިމްތިހާނު ނުވަތަ ޕްރެކްޓިކަލް )  (%25)

4. އިންޓަރވިއު  ( %35 )

މި ވަޒީފާއަށްއެންމެޤާބިލުފަރާތެއްހޮވުމަށްބެލޭނެކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާ ތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12.2 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 ސެޕްޓެމްބަރ 24 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، ނިލަންދެ އަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް info@bilehdhoo.gov.mv  މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  2024ސެޕްޓެމްބަރ 26 އާއި 2024 އޮކްޓޯބަރ 08 އާއި ދެމެދު، ނިލަންދެ އަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލް އިދާރާ ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6740013 އަށެވެ. އީ-މެއިލް ކުރާނީ info@bilehdhoo.gov.mv  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

16 ސެޕްޓެންބަރު 2024