މަސައްކަތް
ނަންބަރު: (IUL)268/2024/48
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 12:08
ސުންގަޑި: 26 ސެޕްޓެންބަރު 2024 13:00
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ނޭކުރެންދޫ މަސްޖިދުލް އިޛްދިހާރުގައި އެޅުމަށް ބޭނުންވާ ނެވިލޯނު ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

ހދ.ނޭކުރެންދޫ މަސްޖިދުލް އިޛްދިހާރުގައި އެޅުމަށް ބޭނުންވާ ނެވިލޯނު ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 26ސެޕްޓެމްބަރ 2024ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން info@neykurendhoo.gov.mv  އަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

މި މަސައްކަތާއި ބެހޭ އެންމެހާ ލިޔެކިޔުންތައް، މި އިޢުލާނާއިއެކު، ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް މިއިދާރާއިން ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:2014/18 ) އަދި )ޤާނޫނު ނަންބަރު: 2014/19 (ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ.

އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ

ގުލްސަންޕާގޯޅި، ހދ.ނޭކުރެންދޫ ، ދިވެހިރާއްޖެ

ފޯން: 6520042

އީމެއިލް: info@neykurendhoo.gov.mv

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

17 ސެޕްޓެންބަރު 2024