ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)415/415/2024/240
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 12:48
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިތަކުގެ ވިނަ ނޮޅައި ގޯތި ސާފުކޮށް އިންފާރުރާނާ ބޭވުމަށް އެންގުން

އިޢުލާން

ތިނަދޫ ސިޓީގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްތިތައް ދިގު މުއްދަތަކަށް ބަލަހައްޓާފައި ނުވާކަން ކައުންސިލްގެ ސަމާލުކަމަށް އައިސްފައިވެއެވެ. މި ގޯތިތައް ސާފުނުކޮށް، އިންފާރު ނުރާނައި، އަދި ވަރަށް ބޮޑަށް ވިނަ ހެދިފައިވާކަން ފާހަގަކުރެވެއެވެ. މީގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެ، އެކަމުގެ ޝަކުވާ ކައުންސިލަށް މެދުނުކެނޑި ލިބެމުންދާކަން ވެސް ފާހަގަކުރަމެވެ. އެހެންކަމުން، މި ގޯތިތައް ޙަވާލުކޮށްފައިވާ ފަރާތްތަކުން ގޯތި ސާފުކުރުމަށް އަންގަމެވެ. ގޯތި ސާފުކޮށް، ވިނަ ނޮޅައި، އަދި އިންފާރު ރާނައި ބެލެހެއްޓުމަކީ ގޯތީގެ ވެރިފަރާތުގެ ޒިންމާއެކެވެ. މި އެންގުމުގެ ތާރީޚު ކަމުގައިވާ 17 ސެޕްޓެމްބަރ 2024 އިން ފެށިގެން 7 ދުވަހުގެ ތެރޭގައި ގޯތި ސާފުކޮށް ނުނިމޭނަމަ، ކައުންސިލުން ގޯތި ވަކިކުރުމުގެ އިޖުރާއަތުތައް ފަށާނެ ވާހަކަ ދަންނަވަމެވެ. ތިރީގައި މި ދެންނެވި ގޯތިތަކުގެ ތަފްޞީލު ބަޔާންކޮށްފައި އެވަނީއެވެ.

ބްލޮކް ނަމްބަރ H-14

ގޯތީގެ ނަން

ގޯތީގެ ނަންބަރ

ގޯތި ދޫކޮށްފައިވާ ފަރާތުގެ ނަން

ގޯތި ދޫކޮށްފައިވާ ފަރާތުގެ ދާއިމީ އެޑްރެސް

ކެޗީ

H-14/02

ޒަމްޢަތު އާދަމް

ސެވަން އެންޑް ބީ / ގދ. ތިނަދޫ

ސްޓެލާ

H-14/04

ހަސީދާ ޤާސިމް

ގަންގާ / ގދ. ތިނަދޫ

ނިސަލްވިލާ

H-14/05

އަހުމަދު ނަސީމް

ހެޕީގްރައުންޑް / ގދ. ތިނަދޫ

މަންތޭރާ

H-14/06

އަލީ އިރުފާން

އަބުހަރީގެ / ގދ.ތިނަދޫ

ސެސެންތާ

H-14/07

މުޙައްމަދު ޙާޝިމް

އަލަނާސިމާގެ / ގދ. ތިނަދޫ

ކްރެސެންޓް

H-14/08

ޝަމްޢޫން އާދަމް

ޓުވައިލައިޓް / ގދ. ތިނަދޫ

ހާދޫ

H-14/09

ޝަމްޢޫން އަޙްމަދު

އަކިރި /  ގދ. ތިނަދޫ

މިހެންވެ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެއެވެ.

17 ސެޕްޓެންބަރު 2024