ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)120-C/1/2024/45
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 12:51
ސުންގަޑި: 25 ސެޕްޓެންބަރު 2024 13:00
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2024 ވަނަ އަހަރުގެ މަތީ ސާނަވީ (އެޗް.އެސް.ސީ) އިމްތިހާނުގެ ޖަވާބު ކަރުދާސް މާކު ކުރާނެ އެގްޒެމިނަރުން، އޮޑިޓަރުން، މޮޑަރޭޓަރުން، މާކަރުން އަދި ކްލެރިކަލް މުވައްޒަފުންގެ ގޮތުގައި މަސައްކަތްކޮށްދޭނެ މީހުން ހޯދުން

އިޢުލާން

       2024 ވަނަ އަހަރުގެ މަތީ ސާނަވީ (އެޗް.އެސް.ސީ) އިމްތިހާނުގެ ޖަވާބު ކަރުދާސް މާކު ކުރާނެ އެގްޒެމިނަރުން، އޮޑިޓަރުން، މޮޑަރޭޓަރުން، މާކަރުން އަދި ކްލެރިކަލް މުވައްޒަފުންގެ ގޮތުގައި މަސައްކަތްކޮށްދޭނެ މީހުން ހޯދުން 

2024 ވަނަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުގެ ޖަވާބު ކަރުދާސް މާކުކުރާނެ އެގްޒެމިނަރުން، އޮޑިޓަރުން، މޮޑަރޭޓަރުން، މާކަރުން އަދި ކްލެރިކަލް މުވައްޒަފުން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް އާންމުކޮށް އިޢުލާންކުރީމެވެ.

ބޭނުންވާ އަދަދު:

މަޤާމް

ދިވެހި

އިސްލާމް

މަސައްކަތްކުރަންޖެހޭ މުއްދަތު

އެގްޒޭމިނަރ

2

2

15 އޮކްޓޫބަރު 2024 އިން 28 ނޮވެންބަރު 2024 އަށް  

އޮޑިޓަރ

2

2

15 އޮކްޓޫބަރު 2024 އިން 28 ނޮވެންބަރު 2024 އަށް  

މޮޑަރޭޓަރ

3

3

15 އޮކްޓޫބަރު 2024 އިން 28 ނޮވެންބަރު 2024 އަށް  

މާކަރ

15

15

26 އޮކްޓޫބަރު 2024 އިން 28 ނޮވެންބަރު 2024 އަށް  

ކްލެރިކަލް މުވައްޒަފު

06

06

26 އޮކްޓޫބަރު 2024 އިން 28 ނޮވެންބަރު 2024 އަށް  

 

 

 

 

 

 

 

 

ނޯޓު: މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ ކޮންމެދުވަހަކު 14:00 އިން 18:00 އަށް

ޝަރުޠު:

އެގްޒަމިނަރ، އޮޑިޓަރ އަދި މޮޑަރޭޓަރކަމަށް އެދޭ މީހުންގެ ޝަރުޠު:

  1. މިއަހަރު އިމްތިޙާނުގައި ތިމާއާއި ތިމާގެ ދަރިންނާއި އަނބި / ފިރި، ބައިވެރި ނުވާ ފަރާތަކަށްވުން
  1. މާއްދާއާ ގުޅޭ ދާއިރާއަކުން ދަށްވެގެން މާސްޓަރ ޑިގްރީ ޙާޞިލް ކޮށްފައިވުން
  2. މާކުކުރާ މާއްދާގެ ސިލަބަހަށް ސްކޫލެއްގައި ކިޔަވައިދޭ ފަރާތަކަށްވުމާ އެކު، ފާއިތުވި ހަތަރު އަހަރުގެ ތެރެއިން ދެ އަހަރު މާކިން މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެފައިވުން

ނުވަތަ ސިލަބަހުގެ މަސައްކަތުގައި މިހާރު ވެސް ޢަމަލީގޮތުން މަސައްކަތްކުރާ ފަރާތަކަށްވުން

ނުވަތަ ރަސްމީ މަސައްކަތެއްގެ ގޮތުގައި  މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓުމަންޓުގައި ފަންނީލަފާދިނުމުގެ މަސައްކަތް ކުރާ ފަރާތަކަށްވުން

  1. ވޭތުވެދިޔަ އަހަރު މާކަރެއްގެ ގޮތުގައި މާކިންގައި ބައިވެރިވެފައިވާނަމަ، މާކިން ނިމުނުއިރު ލިބިފައިވާ ޕޮއިންޓް 85 އަށް ވުރެ ދަށްވެފައި ނުވުން.
  2. އިސްލާމް މާކު ކުރުމަށް އެގްޒޭމިނަރުން ކަނޑައެޅުމުގައި ޢަރަބި ބަހުން ދީނީ ތަޢުލީމުގެ ފުރަތަމަ ޑިގްރީ ޙާޞިލް ކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މާކުކުރުމަށް އެދޭ މީހުންގެ ޝަރުޠު:

 1. މިއަހަރު އިމްތިޙާނުގައި ބައިވެރިވެ އިމްތިޙާނު ހަދައިފައިވާ ފަރާތަކަށް ނުވުން

 2. މާއްދާއާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާއެއް އޮތުމާ އެކު، ކީސްޓޭޖް 4 ނުވަތަ 5 ގެ ސިލަބަހަށް ސްކޫލެއްގައި ކިޔަވައިދޭ ފަރާތަކަށްވުން

ނުވަތަ ސިލަބަހުގެ މަސައްކަތުގައި މިހާރު ވެސް ޢަމަލީގޮތުން މަސައްކަތްކުރާ ފަރާތަކަށްވުން

ނުވަތަ  ރަސްމީ މަސައްކަތެއްގެ ގޮތުގައި  މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓުމަންޓުގައި ފަންނީލަފާދިނުމުގެ މަސައްކަތް ކުރާ ފަރާތަކަށްވުން، ނުވަތަ ދިވެހި / އިސްލާމް ޓީޗަރުން ތަމްރީން ކުރުމުގެ މަސައްކަތް ކުރާ ފަރާތަކަށްވުން

ކްލެރިކަލް މުވައްޒަފުންނަށް އެދޭ މީހުންގެ ޝަރުޠު:

1. މާކިންގެ އިދާރީ މަސައްކަތް ކުރުމަށް އެއްބަސްވާ އަހަރުގެ އިމްތިޙާނުގައި ތިމާ ނުވަތަ ތިމާގެ ދަރި ބައިވެރި ވެފައިނުވުން

2. ސާނަވީ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތުން. ނުވަތަ މާކިންގެ އިދާރީ މަސައްކަތުގައި މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

3. މި މަސައްކަތަށް މީހުން ނެގުމުގައި 40 އަހަރުން ދަށުގެ މީހުންނަށް އިސްކަން ދެވޭނެ އެވެ.

މަސްޢޫލިއްޔަތު:

އެގްޒޭމިނަރުން،އޮޑިޓަރުން، މޮޑަރޭޓަރުން:

1. މާކިންގ ގެ އިސްޓީމުގެ ލަފަޔާއި އިރުޝާދުގެ ދަށުން އެ އިމްތިޙާނުގެ މާކިންގ ސްކީމް ފައިނަލްކުރުމާއި މާކަރުންގެ ވާކްޝޮޕް ބޭއްވުމާއި މާކަރުންނަށް ދޭންވާ ލަފަޔާއި އިރުޝާދު ދިނުން

2. މާކިން މަސައްކަތް ހިނގަމުން ދާއިރު، ބެލެހެއްޓުމުގެ މަސްއޫލިޔައްތު މަތިކޮށްފައިވާ ފަރާތްތަކުގެ މާކިން މަސައްކަތް ބެލެހެއްޓުން

3. މާކިން މަސައްކަތް ކުރައްވާ ފަރާތްތަކަށް ދޭންޖެހޭ ފަންނީ ލަފަޔާ އިރުޝާދު ދިނުމާއެކު ނިންމަންޖެހޭ ނިންމުންތައް ނިންމުން.

4. މާކިން މަސައްކަތް ހިގަމުންދާއިރު މާކުކުރާ އެންމެހާ ފަރާތްތަކުގެ މާކިން މިންގަނޑު އެއްހަމަ ކުރުމަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުން

5. މާކިން މަސައްކަތް ނިމުމުން ޗީފް އެގްޒަމިނަރުގެ ލަފަޔާއި އިރުޝާދުގެ ދަށުން މާކިން ހިނގާދިޔަ ގޮތުގެ  ރިޕޯޓް ( އެގްޒެމިނަރ ރިޕޯޓް ) ނިންމުން

6. މާކިން މަސައްކަތް ނިމުމުން ޗީފް އެގްޒަމިނަރުގެ ލަފަޔާއި އިރުޝާދުގެ ދަށުން މާއްދާ ރިޕޯޓް

( ސަބްޖެކްޓް ރިޕޯޓް ) ނިންމުން

 މާކަރުން:

 1. 2024 ވަނަ އަހަރު އޮކްޓޫބަރު ގައި އޮންނަ މަތީ ސާނަވީ އިމްތިޙާނުގެ ނަތީޖާ ނެރުމަށްޓަކައި އިސްޓީމުގެ ލަފަޔާ އިރުޝާދުގެ ދަށުން   ދަރިވަރުންގެ ޖަވާބު ކަރުދާސްތައް މާކުކުރުން

ކުލެރިކަލް ސްޓާފުން:

 2024 ވަނަ އަހަރު ސެޕްޓެންބަރު މަހުގައި އޮންނަ މަތީ ސާނަވީ އިމްތިޙާނުގެ ނަތީޖާ ނެރުމަށްޓަކައި ޗީފް އެގްޒޭމިނަރުގެ ލަފަޔާ އިރުޝާދުގެ  ދަށުން އިދާރީ އެންމެހާ މަސައްކަތް ކުރުން

އެގްޒަމިނަރުންނާއި އޮޑިޓަރުންނަށް މާކުސް ލިބޭ ގޮތް

ތަޢުލީމް

20

ކިޔަވައިދިނުމާގުޅޭ މަސައްކަތުގެ ތަޖުރިބާ

10

މާކު ކުރުމުގެ މަސައްކަތުގެ ތަޖުރިބާ

20

ޕުރެކުޓިކަލް ޓެސްޓް (ސުވާލުކަރުދާސް މާކު ކުރުން)

30

އިންޓަވިއު

20

 

މޮޑަރޭޓަރުންނާއި މާކަރުންނަށް މާކުސް ލިބޭ ގޮތް

ތަޢުލީމް

20

ކިޔަވައިދިނުމާގުޅޭ މަސައްކަތުގެ ތަޖުރިބާ

10

މާކު ކުރުމުގެ މަސައްކަތުގެ ތަޖުރިބާ

20

ވޯކްޝޮޕްގެ ނަތީޖާ

50

 

އުޖޫރަ:

  1.   މާކިންގ ސްކީމް ފައިނަލް ކުރުމާއި މޮޑަރޭޓަރުންގެ ވާރްކްޝޮޕާއި މާރކިންގ ވާރކްޝޮޕް ހިންގައި ދިނުން: 12,000.00  (ބާރަހާސް) ރުފިޔާއެވެ.
  2. އެގްޒޭމިނަރުގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުޖޫރައަކީ، އެ އަހަރަކު މާކުކުރާ މާކަރަކަށް ކަރުދާހަށް އެވްރެޖްކޮށް ޖެހޭ ޖުމުލަ ޢަދަދާއި މަސްއޫލިއްޔަތު އެލަވަންސް ގޮތުގައި -/5,000ރ (ފަސްހާސް ރުފިޔާ) އެވެ. އަދި ޑީ.ޕީ.އީގައި މާކިން  މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސްގެ ގޮތުގައި -/1,000ރ (އެއްހާސް ރުފިޔާ) އެވެ.  
  3. އޮޑިޓިންގ އެގްޒޭމިނަރެއްގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުޖޫރައަކީ، އެ އަހަރަކު މާކުކުރާ މާކަރަކަށް ކަރުދާހަށް އެވްރެޖްކޮށް ޖެހޭ ޖުމުލަ ޢަދަދާއި މަސްއޫލިއްޔަތު އެލަވަންސް ގޮތުގައި -/4,000ރ (ހަތަރުހާސް ރުފިޔާ) އެވެ. އަދި ޑީ.ޕީ.އީގައި މާކިން  މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސްގެ ގޮތުގައި -/1,000ރ (އެއްހާސް ރުފިޔާ) އެވެ.
  4. މޮޑަރޭޓިންގ އެގްޒޭމިނަރެއްގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުޖޫރައަކީ، އެ އަހަރަކު މާކުކުރާ މާކަރަކަށް ކަރުދާހަށް އެވްރެޖްކޮށް ޖެހޭ ޖުމުލަ ޢަދަދާއި މަސްއޫލިއްޔަތު އެލަވަންސް ގޮތުގައި -/3,000ރ (ތިންހާސް ރުފިޔާ) އެވެ. އަދި ޑީ.ޕީ.އީގައި މާކިން  މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސްގެ ގޮތުގައި -/1,000ރ (އެއްހާސް ރުފިޔާ) އެވެ.
  5. މާކަރުންނަށް ކަނޑައެޅިފައިވަނީ މާކުކުރާ ކޮންމެ ކަރުދާހަކަށް 60.00 (ފަސްދޮޅަސް) ރުފިޔާ އެވެ.
  6. މާކިންގ މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސްގެ ގޮތުގައި 1,000.00 (އެއްހާސް) ރުފިޔާ އެވެ.
  7. ކުލިރިކަލް މުވައްޒަފުން މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް -/60 ރ( ފަސްދޮޅަސް ރުފިޔާ )

 ކުލިރިކަލް މުވައްޒަފުން މާކިންގ މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސްގެ ގޮތުގައި 1,000.00 (އެއްހާސް) ރުފިޔާ އެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. މާކިންގެ މަސައްކަތަށް އެދި ހުށަހަޅާ ފޯމު
  2. ވަނަވަރު (ސީ.ވީ)
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. މާއްދާއާއި ގުޅޭ ދާއިރާއިން ލިބިފައިވަ އެންމެ މަތީ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ
  5. ވަޒީފާ އަދާކުރާނަމަ އެކަމުގެ ލިޔުން ކިޔވައިދޭ މާއްދާ އާއި ކީ ސްޓޭޖް އެނގޭގޮތަށް (03 މަސް ހަމަނުވާ)

އެސެސްމެންޓް އަދި އިންޓަވިއު

އެގްޒަމިނަރުންނާއި އޮޑިޓަރުން ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕުރެކްޓިކަލް ޓެސްޓް  އޮންނާނީ، 29 ސެޕްޓެންބަރު 2024 އާއި

 3 އޮކްޓޫބަރ 2024 އާ ދެމެދު ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް ގައެވެ.

ސުންގަޑި:

 2024 ސެޕްޓެންބަރު 25 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން

އެދެންވީ ގޮތް:

  • މަތީ ސާނަވީ ގެ މާކިންގ މަސައްކަތަށް އެދި ހުށަހަޅާ ފޯމާއި ލިޔުންތައް ހުށަހަޅާނީ (ފޯމާއިއެކު ހުށަހަޅާ ހުރިހާ ލިޔުންތަކެއް އެއް ފައިލަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު) ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަން/ ހ.އަސްރަފީވިލާގެ (02 ވަނަ) ފަންފިލާއަށެވެ. ފޯމާއި ލިޔުންތައް އީމެއިލް (info@dpe.edu.mv)  މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. 
  • މާކުކުރުމުގެ މަސައްކަތަށް އެދޭ ފޯމު މި ޑިޕާޓްމަންޓް ގެ ވެބްސައިޓުން www.dpe.edu.mv ލިބެން ހުންނާނެއެވެ.
  • އެސް.އެސް.ސީ/އެޗް.އެސް.ސީ އިމްތިޙާނު މާކު ކުރުމުގެ މަސައްކަތަށް މީހުންނެގުމުގެ އުސޫލު  މި ޑިޕާޓްމަންޓް ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
  • އިތުރު މައުލޫމާތު ހޯއްދެވުމަށް 4003999 ގުޅުއްވުން އެދެމެވެ.
17 ސެޕްޓެންބަރު 2024