މަސައްކަތް
ނަންބަރު: (IUL)263/263/2024/55
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:33
ސުންގަޑި: 19 ސެޕްޓެންބަރު 2024 11:00
ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

 

މިކައުންސިލުންދޭ މަޢުލޫމާތާއި ކުރެހުމާއެއްގޮތަށް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ގުދަނުގައި މުށިޖެހުމާއި ޕަންޕް ސްޓޭންޑް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި ނަންބަރު (IUL)263/263/2024/52 (09 ސެޕްޓެމްބަރު 2024)  އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ކޯޓޭޝަންތަކުގެ އަގު ބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާޠިލުކޮށް އަލުން ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. ކޯޓޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2024 ސެޕްޓެމްބަރ 19 ވަނަ ދުވަހުގެ 11:00 ގައި މިކައުންސިލްގެ އިދާރާގައެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މިކައުންސިލްގެ އިދާރާއަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

                      ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

17 ސެޕްޓެންބަރު 2024