ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)195-A-HR/195/2024/32
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 26 ސެޕްޓެންބަރު 2024 13:00
ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ

ވަޒީފާގެ ފުރުޞަތު

ނަންބަރު:(IUL)195-A-HR/195/2024/32 

ތާރީޚް: 17 ސެޕްޓެންބަރު 2024

މަގާމު

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ

ބޭނުންވާ އަދަދު

01 (އެކެއް)

މުއްދަތު

5 އަހަރު

މަސައްކަތް ކުރަންޖެހޭ ތަން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

އަސާސީ މުސާރަ

 -/30,500 ރުފިޔާ

އިތުރު އެލަވަންސްތައް

-    ލިވިންގ އެލަވަންސް: -/15,000 ރުފިޔާ

-     ފޯނު އެލަވަންސް: 2,000/- ރުފިޔާ

 

 

އަސާސީ ޝަރުޠު

މަޤާމުގެ އަސާސީ ޝަރުޠު:

-  އިދާރީ ހިންގުމުގެ ނުވަތަ ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން

-  އިދާރީ ހިންގުމުގެ ނުވަތަ ޤާނޫނީ ދާއިރާއިން މަދުވެގެން 10 (ދިހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

-  މުސްލިމަކު ކަމުގައިވުން.

-  ދިވެހި ރައްޔިތަކު ކަމުގައިވުން.

-  ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން.

 

އިންޓަރވިއު ޕެނަލުން ބަލާނެ ކަންކަން:

-       ތަޢުލީމު

-       ތަޖުރިބާ

-       ޤާބިލުކަން

މަޤާމުގެ މަސްއޫލިއްޔަތު:

  1. ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ ދަށުގައި ހިމެނޭ އެންމެހައި ކޯޓުތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލުމާއި، އިދާރީ މުވައްޒަފުންގެ ވަޒީފާއާބެހޭ ކަންކަން އެ ކޯޓެއްގެ ޗީފް އެޑްމިނިސްޓްރޭޓަރ ނުވަތަ އިދާރީ އެންމެ އިސް މުވައްޒަފުގެ މަޝްވަރާގެ މަތިން ހިންގައި ބެލެހެއްޓުން
  2. ކޯޓުތަކަށް އިދާރީ މުވައްޒަފުން ޢައްޔަންކުރުމާއި، މަޤާމުގެ ކުރިއެރުންދިނުމާއި، އިދާރީ ފިޔަވަޅު އެޅުމާއި، ވަކިކުރުން
  3. ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ އުސޫލަކުން ފަނޑިޔާރުންނަށާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުންނަށާއި، ކޮމިޝަނުގެ މުވައްޒަފުންނަށާއި، ޝަރުޢީ ދާއިރާއަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތަކާއި ތާޒާކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން
  4. ފަނޑިޔާރުންގެ ޢިލްމީ ފެންވަރު މަތިކުރުމުގެ ގޮތުންނާއި ފަންނީ ހުނަރު އިތުރުކުރުމުގެ ގޮތުން ބާއްވަންޖެހޭ ބައްދަލުވުންތަކާއި، ސެމިނާރ އަދި ކޮންފަރެންސްތައް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ އުސޫލާ އެއްގޮތަށް ބޭއްވުން
  5. ޤާނޫނުތަކަށާއި ޤާނޫނީ ނިޒާމަށް އަންނަ ބަދަލުތަކާގުޅޭ މަޢުލޫމާތާއި ތަމްރީން ދިނުމާބެހޭ ކަންކަން ރާވައި ހިންގުން
  6. ކޯޓުތަކުގެ ނިންމުންތައް ފުރިހަމައަށް ރެކޯޑްކޮށް ބެލެހެއްޓުމާއި އެ ނިންމުންތައް ޢާންމުކޮށް ފަސޭހައިން ލިބެން ހުންނާނެ ނިޒާމެއް ޤާއިމުކުރުން
  7. ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ ކޮންސޮލިޑޭޓެޑް ބަޖެޓް ކޯޓުތަކުގެ މަޝްވަރާއާއެކު އެކުލަވާލުން
  8. ރަޖިސްޓްރާރއެއް ހުންނަންވާނެކަމަށް ޤާނޫނުގައި ކަނޑައަޅާފައިވާ އެންމެހައި ކޯޓުތަކަށް ރަޖިސްޓްރާރއިން ޢައްޔަންކުރުމާއި ވަކިކުރުން
  9. ކޯޓުތަކަށް ބޭނުންވާނެ އެކިއެކި ވަސީލަތްތައް ސަރުކާރާއި އެހެނިހެން އިދާރާތަކުން ހޯދައިދިނުން
  10. ކޯޓުތަކުގެ ފައިސާ ބެލެހެއްޓުމުގެ ކަންތައްތައް، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2006/3 ) ގައިވާ ގޮތުގެމަތިން، ހިނގާތޯ ބެލުމަށްޓަކައި އިންޓަރނަލް އޮޑިޓްގެ ނިޒާމެއް ޤާއިމުކޮށް ބެލެހެއްޓުން
  11. ކޮންމެ މީލާދީ އަހަރެއް ނިމުމުން، އެ ނިމުނު އަހަރު ޝަރުޢީ ދާއިރާ ހިނގި ގޮތުގެ ރިޕޯޓެއް ތައްޔާރުކޮށް އެ ރިޕޯޓު އުއްތަމަފަނޑިޔާރަށާއި، ރައްޔިތުންގެ މަޖިލީހަށާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް، ވިދިގެން އަންނަ އަހަރުގެ ފެބުރުވަރީ މަސް ނިމުމުގެ ކުރިން ފޮނުވައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓްގައި އެ ރިޕޯޓު ޝާއިޢުކުރުން
  12. އެކިއެކި ޖުޑީޝަލް ދާއިރާތަކުގެ މައްސަލަތައް ނުނިމި ލަސްވުމުގެ ސަބަބުން ނުވަތަ އެ ދާއިރާއެއްގައި މެޖިސްޓްރޭޓުން މަދުވުމުގެ ސަބަބުން މައްސަލަ ބެލުން ލަސްވަމުންދާނަމަ، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ އުސޫލަކުން ރަށްރަށަށް ފޮނުވަންޖެހޭ ޝަރުޢީ ވަފުދުތައް ފޮނުވުމުގެ އިދާރީ ކަންކަން ހަމަޖެއްސުން
  13. ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ އެންމެހައި ކޯޓުތަކުގެ އިދާރީ މުވައްޒަފުންގެ ވަޒީފާއާބެހޭ ކަންކަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ އުސޫލަކާ އެއްގޮތްވާ ގޮތުގެމަތިން، ހިންގައި ބެލެހެއްޓުން
  14. މެޖިސްޓްރޭޓް ކޯޓުތަކުގެ ޚަރަދުތަކަށް ފޮނުވަންޖެހޭ ފައިސާ، ހަމަޖެހިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ފޮނުވައި، އެކަމުގެ ރެކޯޑް ބެލެހެއްޓުމާއި، ކޯޓުތަކުގެ ފައިސާގެ ހިސާބުތައް އޮޑިޓްކުރުން
  15. ދުވަސްވީ ޝަރުޢީ ލިޔުންތައް ގިނަ ދުވަހަށް ދެމިހުންނާނެ ގޮތަކަށް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، އެ ލިޔުންތަކަކީ ޢާންމުކޮށް ލިބޭ ލިޔުންތަކެއްގެ ގޮތުގައި ހަމަޖައްސައި، އެ ލިޔުންތަކުގެ ކަރުދާސްކޮޕީ ލިބޭނެގޮތް ހަމަޖެއްސުން
  16. ޝަރުޢީ ދާއިރާގެ ބޭނުމަށްޓަކައި ހޯދަންޖެހޭ ޢިމާރާތްތައް ހޯދުމާއި ޢިމާރާތްކުރަންޖެހޭ ތަންތަން ކަނޑައަޅައި ޢިމާރާތްކުރުމާއި މަރާމާތުކުރަންޖެހޭ ތަންތަން މަރާމާތުކޮށް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން
  17. ޢަމަލުކުރެވެމުންދާ ޤާނޫނާއި، ގަވާއިދުތަކާއި، އެ ޤާނޫނުތަކާއި ގަވާއިދުތަކަށް އަންނަ އިޞްލާޙުތަކާއި، އުސޫލުތައް ކޯޓުތަކަށް ފަސޭހައިން ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސުން
  18. ކޯޓުތަކުގެ ތަފާސްހިސާބު އެއްކުރުމާއި، ރައްކާކުރުމާއި ޢާންމުކޮށް ޝާއިޢުކުރުން
  19. ކޯޓުތަކަށް ހޯދަންޖެހޭ އެންމެހައި ތަކެތި، ކޯޓުތަކުން އެދޭ ގޮތުގެމަތިން، ހޯދޭނެ އިންތިޒާމު ހަމަޖައްސައި، އެ ތަކެތީގެ އިންވެންޓްރީ ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން
  20. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ވާޖިބު އަދާކުރުމަށް ބޭނުންވާ އެހީތެރިކަން އެ ފަރާތަށް ފޯރުކޮށްދިނުން
  21. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ލަފަޔާއެކު ދިވެހިރާއްޖޭގެ ސުޕްރީމްކޯޓާއި، ހައިކޯޓުގެ ފަނޑިޔާރުން ފިޔަވައި، އެހެން ކޯޓުތަކުގެ ފަނޑިޔާރުންގެ ޢަދަދު ކަނޑައެޅުން
  22. ފަނޑިޔާރުންނަށް ޗުއްޓީ ދިނުން
  23. ކޯޓު ހިންގުމާ ޙަވާލުވެ ހުންނަ ފަނޑިޔާރު ޗުއްޓީއަށްދާނަމަ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ލަފާގެމަތިން އެ ކޯޓުގެ ހިންގުން އެ ކޯޓުގެ އެހެން ފަނޑިޔާރަކާ ޙަވާލުކުރުން
  24. ޢާންމުންނަށްދޭ ޚިދުމަތުގެ ފީ ނަގާނެ އުސޫލެއް ކަނޑައެޅުން
  25. ޖުޑީޝަލް އެކަޑަމީގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން އެކަޑަމީ ހިންގުމަށް ބޭނުންވާ އޮނިގަނޑު އެކުލަވާލައި، އެންމެހައި ވަސީލަތްތައް ހޯދައި ޖުޑީޝަލް އެކަޑަމީއަށް ބޭނުންވާ މުވައްޒަފުން ހަމަޖެއްސުމުގެ އެންމެހައި އިންތިޒާމުތައް ކުރުން
  26. މިނޫނަސް ޤާނޫނުއަސާސީއާއި އެހެން ޤާނޫނުތަކުން ޙަވާލުކުރެވޭ އެންމެހައި ކަންކަން ކުރުން

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި

  1. ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ މަޤާމަށް ކުރިމަތިލާ މީހުންގެ އިޤްރާރު
  2. މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ކުރިމަތިލާ ފަރާތުގެ ވަނަވަރު
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު

ނޯޓް: ދިވެހި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ތައުލީމީ ސަނަދުތަކުގެ އޮނިގަނޑުގައި ކަނޑައެޅިފައިވާ ގިންތިތަކަށް ފެތޭގޮތަށް، އެމް.ކިއު.އޭގެ ހުއްދައާއެކެ 1 ސެޕްޓެމްބަރ 2016 ގެ ފަހުން ހިންގާ ޕްރޮގްރާމްތައް ފުރިހަމަ ކުރުމުން ދޭ ލޯކަލް ސަނަދުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.

  1. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ސެޓްފިކެޓް ލިބުން ލަސްވަމުންދާ ސަބަބު ބަޔާންކޮށް، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއި ނުރަސްމީ ޓްރާންސްކްރިޕްޓް ހުށަހެޅުން.
  2. ކުރުމުއްދަތުގެ ޓްރެއިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކޮށްފައިވާނަމަ އެ ލިޔުންތަކުގެ ކޮޕީ
  3. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ
  4. ސިޔާސީ ޕާޓީއެއްގެ މެންބަރެއް ނޫންކަން އެނގޭނެ، އިލެކްޝަންސް ކޮމިޝަންގެ ލިޔުން
  5. ފުރިހަމަކޮށްފައިވާ ކުށުގެ ރެކޯޑް ފޯމު. (ފުރިހަމަކޮށްފައިވާ ކުށުގެ ރެކޯޑު ފޯމު ފުރިހަމަކޮށް އެ އިދާރާތަކުން ލިބިފައި ނުވާނަމަ، އެ އިދާރާތަކަށް ހުށަހަޅާފައިވާކަން އެނގޭނެ ލިޔުމެއް ނުވަތަ ހުށަހެޅި ތާރީޚް ބަޔާންކޮށް، ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ސިޓީ)
  6. ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މުވައްޒަފެއްގެ ގޮތުގައި ނުވަތަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މުވައްޒަފެއްގެ ގޮތުގައި ނުވަތަ ފަނޑިޔާރެއްގެ ގޮތުގައި އެމީހާގެ މަންމަ، ބައްޕަ، ދަރިއެއް އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް ނުވަތަ އެއްބަފާ މީހެއް އަންބެއް ނުވަތަ ފިރިއަކު ނެތުން، ނުވަތަ ބުނެވިދިޔަ މީހުންކުރެ މީހަކު ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މުވައްޒަފެއްގެ ގޮތުގައި ނުވަތަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މުވައްޒަފެއްގެ ގޮތުގައި ނުވަތަ ފަނޑިޔާރެއްގެ ގޮތުގައި ހުރެ، ކުރިމަތިލާ މީހާ ހޮވިއްޖެނަމަ، އެ ހުރި މީހަކު ވަޒީފާ ބަދަލުކުރުމަށް ނުވަތަ އިސްތިއުފާ ދިނުމަށް އެއްބަސްވާ ކަމުގެ ލިޔުން.

މަޤާމަށް އެދި ހުށަހެޅުން

މަގާމަށް އެދި ހުށަހަޅާނީ ފަހިރެސް ޕޯޓަލް މެދުވެރި ކޮށެވެ. ފަހިރެސް ޕޯޓަލްގެ ލިންކް ތިރީގައި އެވަނީއެވެ.

https://apply.jsc.gov.mv

ސުންގަޑި

މި މަގާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 2024 ސެޕްޓެންބަރު 26 ވާ ބުރާސްފަތި ދުވަހުގެ 13:00 އާ ހަމައަށެވެ.

އިތުރު މަޢުލޫމާތު

  1. މި އިޢުލާނުގައި ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ ތަކެތި ބަޔާންކޮށްފައިވާ ގޮތަށް ހުށަހަޅާފައި ނުވާނަމަ އެ އެޕްލިކޭޝަނެއް ބާތިލްވާނެއެވެ.
  2. މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ކޮމިޝަނުން ހޯދުމާމެދު އިޢުތުރާޒް ނުކުރާނަމައެވެ.
  3. ފަހިރެސް ޕޯޓަލް މެދުވެރިކޮށް ސުންގަޑި ހަމަވުމުގެ ކުރިން ހުށަހަޅާ ކޮންމެ އެޕްލިކޭޝަނަކަށް އީމެއިލް  މެދުވެރިކޮށް ރިފަރެންސް ނަންބަރެއް ލިބޭނެއެވެ.
  4. ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ވަޒީފާއަށް އެދޭ މީހެއްގައި ހުންނަންޖެހޭނެކަމަށް "ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނު"، "ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންގެ ޤަވާއިދު" އަދި "ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ހިންގާ ގަވާއިދު" ގައި ބަޔާންކޮށްފައިވާނެއެވެ. މި މި 2 ގަވާއިދު www.jsc.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ނޯޓް: މި އިޢުލާންގައިވާ މަޤާމަށް މީހަކު ނެގުމުގައި ޢަމަލުކުރާނީ މަތީގައި ބަޔާންކޮށްފައިވާ ޤާނޫނާ ޤަވާއިދުތަކު ގައިވާ ގޮތުގެމަތީންނެވެ.

 

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ. 

     

 

 

17 ސެޕްޓެންބަރު 2024