ދެންނެވުން
ނަންބަރު: L4C-A/2024/1
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި: 23 ސެޕްޓެންބަރު 2024 00:00
ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މިލްކުވެރިކަން ސާބިތުކުރުން

 

ތިރީގައި މިދަންނަވާ ތަކެތީގެ މިލްކުވެރިކަމާމެދު ދަޢުވާކުރާ ފާރާތެއްވާނަމަ 07 (ހަތެއް) ދުވަހުގެ ތެރޭގައި ލިޔުމަކުން އެކަން މިކޯޓަށް (ފ.މަގޫދޫ މެޖިސްޓްރޭޓް ކޯޓަށް) އެންގެވުން އެދެމެވެ.

  1. ފ. މަގޫދޫ / ރަތްވިލާގެ ސުލައިމާން ޢަލީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ، ރަޖިސްޓްރީ ނަންބަރު: 28 ރަތްވިލާގޯތީގައިވާ އެންމެހާ އިމާރާތްތަކާއި ވަޅުފަދަތަންތަނާއި ތަކެތި
  2. ފ. މަގޫދޫ / ރަތްވިލާގެ ސުލައިމާން ޢަލީއާއި، ރަތްވިލާގެ ޢަބްދުއްލަޠީފު ސުލައިމާނުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ، ރަޖިސްޓްރީ ނަންބަރު: 84 ކުދިމާގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި ތަކެތި
  3. ފ.މަގޫދޫ / ރަތްވިލާގެ ނަމުގައި ގޯތިންބޭރު ރަށުގެ އެކިސަރަޙައްދުތަކުގައި ނަންބަރު 28 ޖަހާފައިވާ ރުއް ގަސް
  4. ފ.މަގޫދޫ / ކުދިމާގެ ނަމުގައި ގޯތިންބޭރު ރަށުގެ އެކިސަރަޙައްދުތަކުގައި ނަންބަރު 84 ޖަހާފައިވާ ރުއްގަސް
  5. ފ. މަގޫދޫ / ރަތްވިލާގެ ސުލައިމާން ޢަލީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ، ރަޖިސްޓްރީ ނަންބަރު: P1534A-02-04-L މިއްރީޙް ދޯނި.
17 ސެޕްޓެންބަރު 2024