މަސައްކަތް
ނަންބަރު: (IUL)CHSE-SMT/1/2024/25
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 16:14
ސުންގަޑި: 23 ސެޕްޓެންބަރު 2024 14:00
ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
މިސެންޓަރުގެ 2024 ގެ ސެޕްޓެންބަރު އަދި އޮކްޓޫބަރ މަހުގެ އެގްޒާމްއަށް އިންވިޖިލޭޓަރުން ހޯދުމާއި ބެހޭ

ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

  ކ. ހުޅުމާލެ

  ނަންބަރު:  (IUL)CHSE-SMT/1/2024/25      

  

އިޢުލާން

 

އިންވިޖިލޭޓަރުން ހޯދުމާއިބެހޭ

 

މިސެންޓަރުގެ 2024 ވަނައަހަރުގެ ސެޕްޓެމްބަރ/އޮކްޓޫބަރ އެޗް.އެސް.ސީ އަދި އޭލެވެލް އިމްތިހާންގެ އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކުރާނެ އޯލެވެލް ފެންވަރު މީހުން ހޯދަން ބޭނުންވެއެވެ. އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް އުޖޫރަ އެއްގޮތުގައި ދިނުމަށް ހަމަ ޖެހިފައިވަނީ އިންވިޖިލޭޓް ކުރައްވާ ކޮންމެ ސެޝަންއަކަށް 200 ރުފިޔާއެވެ. އިންވިޖިލޭޓަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަން ޖެހޭ ޝަރުތުތަށް ތިރީގައި މިވަނީއެވެ.

 

  1. ދިވެހި ރައްޔިތަކަށްވުން
  2. އުމުރުން 18 އަހަރުފުރިފައިވާ މީހަކަށްވުން
  3. ޖީ.ސީ.އީ އޯލެވެލް ފެންވަރަށް އިނގިރޭސިބަސް އެނގޭ މީހަކަށްވުން
  4. އިންވިޖިލޭޓަރެއްގެ މަސްއޫލިއްޔަތު ރަނގަޅަށް އެނގިފައިވާ މީހަކު ކަމުގައިވުން
  5. އިންވިޖިލޭޓަރުންގެ އިޤުރާރުގައި ސޮއިކޮށްފައިވާ މީހަކު ކަމުގައިވުން
  6. އެމީހަކު އިންވިޖިލޭޓުކަން ކުރާ (އެއަހަރުގެ) އިމްތިޙާނުގެ ކެންޑިޑޭޓެއް ކަމުގައި ނުވުން
  7. އެމީހަކު އިންވިޖިލޭޓުކަން ކުރާ (އެއަހަރުގެ) އިމްތިޙާނުގެ ކެންޑިޑޭޓަކަށް ތިރީގައި ބަޔާން ކުރާ މީހަކު ނުވުން

(މަންމަ، ބައްޕަ، އަނބިމީހާ، ފިރިމީހާ، އެއްބަނޑުއެއްބަފާ މީހެއް، އެއްބަނޑު / އެއްބަފާ މީހެއް، ދަރިއެއް، ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއް)

 

ވީމާ، މަތީގައިވާ ޝަރުތުތައް ފުރިހަމަ ވާ މިކަމަށް ޝައުގެވެރިވެލައްވާ ފަރާތްތަކުން މިކަމަށް އެދޭ ފޯމު ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://docs.google.com/forms/d/e/1FAIpQLSeUYtraUK7uyvioNHLzXN-TPmEiQiWwTbqD-qDBhDKM9jfWWA/viewform އަދި  ފުރިހަމަ ކުރުމަށް ފަހު 23 ސެޕްޓެންބަރު 2024 ވާ ހޯމަ ދުވަހުގެ 14.00 ގެ ކުރިން އައިޑީ ކާރޑް ކޮޕީ ، ބޭންކް އެކައުންޓް ނަންބަރު އިނގޭ ލިޔުމެއްގެ އިތުރުން ތަޢްލީމީ ސެޓްފިކެޓްގެ ކޮޕީއަކާއެކު މިސެންޓަރަށް ހުށަހެޅުއްވުން އެދެމެވެ. އަދި އީމެއިލް އިން ނަމަ admin@chse.edu.mv މެއިލް ކޮށްދެއްވުން އެދެމެވެ. މިކަމަށް އެދޭ ފޯމު މިސެންޓަރުގެ ކައުންޓަރުންނާއި މިސެންޓަރުގެ ވެބްސައިޓް (www.chse.edu.mv) އިން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ. 

 

   

 

17 ސެޕްޓެންބަރު 2024