ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)364-ESMS/364/2024/43
ޕަބްލިޝްކުރި ތާރީޚް: 18 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:24
ސުންގަޑި: 26 ސެޕްޓެންބަރު 2024 13:00
މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ. މުލަކު ކައުންސިލުގެ އިދާރާއަށް 1500KG ގެ ރަށު ޕިކަޕެއް ހޯދުމަށް ހުޅުވާލުން:

މ. މުލަކު ކައުންސިލް އިދާރާއަށް 1500KG ގެ ރަށު ޕިކަޕެއް ވިއްކުމާއި ސަޕުލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

ތަން

ތާރީޚް

ގަޑި

ރަޖިސްޓްރީ ކުރުން

18 ސެޕްޓެންބަރު 2024 އިން 26 ސެޕްޓެންބަރު 2024 13:00 ގެ ނިޔަލަށް

އަންދާސީ ހިސާބު ހުށަހެޅުން

މ. މުލަކު ކައުންސިލްގެ އިދާރާ

30 ސެޕްޓެންބަރު 2024

11:00

މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ގައި ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ދިވެހި ވިޔަފާރި ތަކަށެވެ.

މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2024 ސެޕްޓެންބަރު 18 އިން 2024 ސެޕްޓެންބަރު 26  ވަނަދުވަހުގެ 13:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. މިގޮތުން ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. "ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު:

https://forms.gle/iccxHc64E8DFSqs16

މި ޕްރޮޖެކްޓާއި ގުޅޭ މައުލޫމާތުތައް މައުލޫމާތު ޝީޓްގައި ހިއްސާކުރެވިފައިވާތީ ޕްރީބިޑް މީޓިންއެއް ނޯންނާނެއެވެ.

ބީލަމުގައި ރަޖިސްޓަރީ ކުރެވުނުކަން ކަށަވަރުކުރުމަކީ މިކަމަށް އެދި ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. ބިޑު ހުށަހެޅުމަށް ބައިވެރި ވެވޭނީ ބިޑު ހުށަހެޅުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ. ބަދަލުގައި އެހެން ފަރާތަކުން ބިޑު ހުށަހެޅުމަށް ވަޑައިގަންނަވާނަމަ، ބިޑުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތުގެ ސިޓީއެއް އޮންނަންވާނެއެވެ. ބިޑު ތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި "މުލަކު ކައުންސިލަށް 1500KG ގެ ރަށު ޕިކަޕެއް ސަޕުލައިކޮށްދޭނެ ފަރާތެއް ހޯދުން" ލިޔެފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ ފޯނު އަދި އީމެއިލް މެދުވެރިކޮށް

ހޯއްދެއްވުމަށް ދަންނަވަމެވެ. އަދި މި އިޢުލާން ނެރުމުން މިއިދާރާގެ ނަންބަރ: (IUL)364/2024/40 އިޢުލާން ބާތިލްވީއެވެ.މިއީ މިކަމަށް ކުރެވޭ ތިންވަނަ ޢިއުލާނެވެ.

18 ސެޕްޓެންބަރު 2024