ކުއްޔަށް ދިނުން
ނަންބަރު: A/IUL/344/2024/60
ޕަބްލިޝްކުރި ތާރީޚް: 18 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި: 08 އޮކްޓޫބަރު 2024 10:00
އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޭބަލް ޓީވީ އަދި ހައިސްޕީޑް އިންޓަރނެޓްގެ ޚިދުމަތް އއ. ފެރިދުއަށް (ރައްޔިތުންނަށް) އެކަށީގެންވާ ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ މުވާސަލާތީ ތަކެތި ޤާއިމްކުރުމަށްޓަކައި، ދިރާގު ބިމުގެ ދެކުނުފަރާތުގައިވާ ހުސްބިން 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުން

އިއުލާނު ނަންބަރު: A/IUL/344/2024/60 

 

އިޢުލާން

ކޭބަލް ޓީވީ އަދި ހައިސްޕީޑް އިންޓަރނެޓްގެ ޚިދުމަތް އއ. ފެރިދުއަށް (ރައްޔިތުންނަށް) އެކަށީގެންވާ ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ މުވާސަލާތީ ތަކެތި ޤާއިމްކުރުމަށްޓަކައި،ދިރާގު ބިމުގެ ދެކުނުފަރާތުގައިވާ ހުސްބިން 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުން

             ކޭބަލް ޓީވީ އަދި ހައިސްޕީޑް އިންޓަރނެޓްގެ ޚިދުމަތް އއ. ފެރިދުއަށް (ރައްޔިތުންނަށް) އެކަށީގެންވާ ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ މުވާސަލާތީ ތަކެތި ޤާއިމްކުރުމަށްޓަކައި، ދިރާގު ބިމުގެ ދެކުނުފަރާތުގައިވާ 2182.86 އަކަފޫޓު ބިން ބިޑް އުޞޫލުން 10 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް މިކައުންސިލުން ނިންމާފައިވާތީ، މިބިންކުއްޔައްނެގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

މިބިން ދޫކުރުމާއިގުޅޭ މައުލޫމާތު ޝީޓާއި ބިޑްރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް އަދި ބިޑް ހުށަހަޅާ ފޯމް މިއިދާރާއިންނާއި ގެޒެޓުން ލިބެންހުންނާނެއެވެ. ބީލަން ހުޅުވާލެވިފައިވަނީ، ކޭބަލްޓީވީ އާއި އިންޓަނެޓްގެ ޙިދުމަތް ދިނުމަށް ޓެލެކޮމިއުނިކޭޝަންގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން 26 ސެޕްޓެމްބަރ 2024 ވާ  ބުރާސްފަތި ދުވަހުގެ 10:00  ގެ ކުރިން މިކައުންސިލަށް ދުރުވެ ނުވަތަ info@feridhoo.gov.mv  މެއިލްއަށް ބިޑްރަޖިސްޓްރީ ކުރުމަށް އެދޭ ފޯމު ފުރިހަމަކޮށް ހުށަހަޅައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.  ބީލަށް ހުށަހެޅުމުގެ ފުރުސަތު ލިބޭނީ ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. މިބީލަމާއިގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން 03 އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިކައުންސިލް އިދާރާގައި އޮންނާނެއެވެ. ބިޑް ހުށަހެޅުމާއި ބިޑްތައް ހުޅުވުން އޮންނާނީ 08 އޮކްޓޯބަރ 2024 ވާ އަންގާރަ ދުވަހުގެ  10:00 ގައި މިކައުންސިލް އިދާރާގައެވެ. މިއިޢުލާނާއި ގުޅިގެން ބިޑްހުށަހެޅުމަށް ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އަދި ބިޑް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މައުލޫމާތު ފުރިހަމަ ނުވާ ފަރާތްތަކުގެ ބިޑްތައް ބާޠިލް ކުރެވޭނެއެވެ.

18 ސެޕްޓެންބަރު 2024