ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)200-A/200/2024/58
ޕަބްލިޝްކުރި ތާރީޚް: 18 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 15:36
ސުންގަޑި: 25 ސެޕްޓެންބަރު 2024 14:00
ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
ޓްރައިބިއުނަލް އޮފިސަރ

މަޤާމު:

ޓްރައިބިއުނަލް އޮފިސަރ

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޖީއެ.އެސް. 4

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ވަޒީފާއާބެހޭ ޓްރައިބިއުނަލް، ކ.މާލެ

މަސައްކަތްކުރަންޖެހޭ ޑިވިޜަން:

ކޭސް މެނޭޖްމެންޓް ޑިވިޜަން

މުސާރަ:

6,295.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

ނޮން-ޕްރެކްޓިސް އެލަވަންސް:

މުސާރައިގެ %45 (2,832.75 ރުފިޔާ)

ލިވިންގ އެލަވަންސް:

3,000.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ފޮނުވަންޖެހޭ އަމުރުތަކާއި ލިޔުންތައް ތައްޔާރުކުރުން.
  2. މައްސަލަތަކާ ގުޅިގެން ބޭއްވޭ އަޑުއެހުންތަކުގައި އިދާރީގޮތުން ކުރަންޖެހޭ ކަންތައްތައްކުރުން. 
  3. މައްސަލަތަކުގެ އަޑުއެހުންތަކުގެ މަޙްޟަރު ބަޔާން ލިޔުން.
  4. ޙަވާލުކުރެވޭ މައްސަލަތަކުގެ ލިޔުންތައް ރައްކާތެރިކަމާއި ފަރުވާތެރިކަމާއެކު ބެލެހެއްޓުން.
  5. ޓްރައިބިއުނަލުގެ މަސައްކަތްތަކާއި ގުޅިގެން މަޢުލޫމާތު ސާފުކުރަން އެދޭ ފަރާތްތަކަށް ކަނޑައެޅިފައިވާ ޤާނޫނާއި ޤަވާޢިދާ އެއްގޮތްވާގޮތުގެމަތީން ޒިންމާދާރުކަމާއެކު މަޢުލޫމާތު ފޯރުކޮށްދިނުން.
  6. ޓްރައިބިއުނަލުން ނިންމާ މައްސަލަތަކުގައި ހުށަހެޅިފައިވާ ލިޔެކިޔުންތައް ލިސްޓްކޮށް ރިޕޯޓެއްގެ ސިފައިގައި އެކުލަވާލުން.
  7. ކްލެއިމް ރެޖިސްޓްރީ ދުވަހުން ދުވަހައް އަޕްޑޭޓް ކުރުން.
  8. ޓްރައިބިއުނަލުން ނިންމާ މައްސަލަތަކުގެ މާސްޓަރ ފައިލާއި މައްސަލަ ނިމުނުގޮތުގެ ރިޕޯޓް ސްކޭންކުރުން.
  9. ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ އެހެނިހެން މަސައްކަތް ކުރުން.
  10. ޙަވާލުކުރާ އެހެނިހެން އިދާރީ މަސައްކަތްތައް ކުރުން.
  11. ޓްރައިބިއުނަލުގެ ފަރާތުން ހިންގާ ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުން.
  12. ޙަވާލުކުރެވޭ ގޮތެއްގެމަތިން މި ޓްރައިބިއުނަލުގެ ކޮމިޓީތަކުގައި މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން

ނުވަތަ،

2. 'މަތީ ސާނަވީ' ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

ނުވަތަ،

3. 'ސާނަވީ' ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 4 މާއްދާއިން ދަށްވެގެން 'ސީ' ގުރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުތަވަ 'ހަޔަރ ސެކެންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގުރޭޑް ލިބިފައިވުން އަދި މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 (ދެއެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ތަޢުލީމީ ދާއިރާ

  1. ޝަރީއާ އެންޑް ލޯ
  2. ލޯ

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  1. ޤާނޫނީ ދާއިރާ
  2. އެޑްމިނިސްޓްރޭޝަން
  3. މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1. ފުރިހަމަ ކޮށްފައިވާ ޓްރައިބިއުނަލުގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވެބްސައިޓުންނާއި، ޓްރައިބިއުނަލުގެ މަސައްކަތްތައް ހިންގާ އިމާރާތުގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

https://employmenttribunal.gov.mv/tribunal/wp-content/uploads/2024/06/Job-Application-Form.docx

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ކާކުކަން އަންގާއިދޭ ފޮޓޯޖެހި ރަސްމީ ލިޔުމެއް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓް) ގެ ކޮޕީ؛

4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ އިދާރާއެއް ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއް ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ނ) ދައުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެން ނެތް ނަމަ، 'ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ އުޞޫލު 2024' ގެ ޖަދުވަލު 4 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

(ރ)   ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި މަސައްކަތްކުރަމުންދާ މުވައްޒަފަކު، ޓްރައިބިއުނަލުގައި އަދާކުރަމުންދާ/އަދާކުރި މަޤާމާ ގުޅޭ ލިޔުންތައް ހުށަހަޅާކަށް ނުޖެހޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުތު ހަމަވުން

30

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް

20

އިންޓަވިއު

35

ޓްރައިބިއުނަލުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެޕްރައިޒަލްއަށް ބިނާކޮށް ދޭ މާރކްސް

5

ޖުމުލަ

100

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 ސެޕްޓެންބަރު 2024 ގެ 14:00 ގެ ކުރިން، ވަޒީފާއާބެހޭ ޓްރައިބިއުނަލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް careers@employmenttribunal.gov.mv މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އިޢުލާން ޝާއިޢުކުރުމަށް ފަހު، އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅިއްޖެނަމަ، ދުވަސް އިތުރުކޮށް ޖެހިގެން އަންނަ ސަރުކާރު ރަސްމީ ދުވަހުގެ ރަސްމީ ގަޑި ހަމަވުމާ ހަމައަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 08 (އަށެއް) އަށްވުރެ ގިނަ ނަމަ، 'ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ އުޞޫލު 2024' ގައި ކަނޑައަޅާފައިވާ ފަދައިން ޝޯޓްލިސްޓްކުރެވޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް" އާންމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 7 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ޝީޓު" އާންމުކޮށް ފެންނާނެހެން ޓްރައިބިއުނަލުގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް" އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް، 'ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ އުޞޫލު 2024' ގައިވާ ގޮތުގެ މަތިން މި ޓްރައިބިއުނަލަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި ޓްރައިބިއުނަލުގެ ނަންބަރު 3027801 އަށެވެ. އަދި އީމެއިލް ކުރާނީ careers@employmenttribunal.gov.mv  އަށެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ އުޞޫލު 2024' ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވެބްސައިޓު (https://employmenttribunal.gov.mv) އިން ލިބެން ހުންނާނެއެވެ.

18 ސެޕްޓެންބަރު 2024