ބީލަން
ނަންބަރު: (IUL)425-A2/1/2024/290
ޕަބްލިޝްކުރި ތާރީޚް: 18 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 23:07
ސުންގަޑި: 29 ސެޕްޓެންބަރު 2024 13:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެ ސިޓީ ކައުންސިލްގެ ފަރާތުން 1445 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށް ޙާއްސަކޮށްގެން ބޭއްވުނު ކީރިތި ޤުރުއާން އަދި މަދަހަ މުބާރާތުގެ އިނާމުދިނުމުގެ ރަސްމިއްޔާތަށް ބޭނުންވާ ސައުންޑް، ލައިޓިންގ އާއި ރަސްމިއްޔާތުގެ ފަރިއްކޮޅު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ،

މާލެ ސިޓީ ކައުންސިލްގެ ފަރާތުން 1445 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށް ޙާއްސަކޮށްގެން ބޭއްވުނު ކީރިތި ޤުރުއާން އަދި މަދަހަ މުބާރާތުގެ އިނާމުދިނުމުގެ ރަސްމިއްޔާތަށް ބޭނުންވާ ސައުންޑް އަދި ލައިޓިންގ ސެޓަޕް އާއި ރަސްމިއްޔާތުގެ ފަރިއްކޮޅު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

ވީމާ މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށާއި، އަގު ހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.

 

 

ތާރީޚް

ގަޑި

ތަން / ތަފްޞީލް

މަޢުލޫމާތު ސާފުކުރުން

24 ސެޕްޓެމްބަރ 2024 (އަންގާރަ)

13:00

ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމް

އަގު ހުށަހެޅުން

29 ސެޕްޓެމްބަރ 2024 (އާދީއްތަ)

13:00

ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމް

 

 

 މަތީގައި ދަންނަވާފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ޙާޟިރުވާ ފަރާތަތަކުގެ އާންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.

 

  • ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް ، އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
  • އިތުރު މަޢުލޫމާތު: މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕްރޮކިއުމަންޓް ސެކްޝަން ، ހ.ހުޅުގަލި ( ވަނަ ފަންގިފިލާ)
  • ފޯން: 3025407 / bids@malecity.gov.mv
18 ސެޕްޓެންބަރު 2024