ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)170-SA/170/2024/111
ޕަބްލިޝްކުރި ތާރީޚް: 15 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 09:26
ސުންގަޑި: 26 ސެޕްޓެންބަރު 2024 14:00
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
2024 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގައި އައި.ޔޫ.އެމްގައި ފެށުމަށް ހަމަޖެހިފައިވާ ޕީއެޗްޑީ ކޯސްތައް

އިޢުލާން

2024 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގައި އައި.ޔޫ.އެމްގައި ފެށުމަށް ހަމަޖެހިފައިވާ ޕީއެޗްޑީ ކޯސްތަކާއި، މިކޯސްތަކަށް ބޭނުންވާ ތަޢުލީމީ މިންގަނޑުތަކުގެ ތަފްޞީލް ތިރީގައި މިވަނީއެވެ.

 

  1. ޑޮކްޓަރ އޮފް ފިލޯސަފީ އިން ފިޤްހު އެންޑް އުޞޫލުލް ފިޤްހު
  2. ޑޮކްޓަރ އޮފް ފިލޯސަފީ އިން އިސްލާމިކް ޖުޑީޝަލް ސައިންސަސް އެންޑް ލެޖިސްލޭޓިވް ޕޮލިސީ

 


 

ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސް

ކުއްލިއްޔާ/ ސެންޓަރ

ލެވެލް

ކޯހުގެ ނަން

ޝަރުޠު

ކިޔަވައިދޭ ބަސް

ކިޔަވައިދޭ ގޮތް

ދަންފަޅި

ކޯހުގެ ޖާގަ

މުއްދަތު

ކެމްޕަސް

ކޯހުގެ ޖުމްލަ ފީ

ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސް

ލެވެލް 10

ޑޮކްޓަރ އޮފް ފިލޯސަފީ އިން ފިޤްހު އެންޑް އުޞޫލުލް ފިޤްހު

  • އެމް.ކިއު.އޭ ޤަބޫލުކުރާ ލެވަލް 9 ގެ ސެޓްފިކެޓެއް ޝަރީޢާ / ޝަރީޢާ އެންޑް ލޯ / އިސްލާމިކް ސްޓަޑީޒް / ޖުޑީޝަލް ސައިންސަސް / ފިޤުހު / އުޞޫލުލް ފިޤުހު / އުސޫލުލް ދީންގެ ދާއިރާއިން ޙާޞިލްކޮށްފައިވުން. އަދި
  • އެމް.ކިއު.އޭ ޤަބޫލުކުރާ ލެވަލް 7 ގެ ސެޓްފިކެޓެއް ޝަރީޢާ / ޝަރީޢާ އެންޑް ލޯ / އިސްލާމިކް ސްޓަޑީޒް / ޖުޑީޝަލް ސައިންސަސް / ފިޤުހު / އުޞޫލުލް ފިޤުހު / އުސޫލުލް ދީންގެ ދާއިރާއިން ޙާޞިލްކޮށްފައިވުން.

 

އަދި މަތީގައިވާ ޝަރުޠު ފުރިހަމަވުމާއެކު،

ހ. ޝަހާދާ ޘާނަވިއްޔާއިން (ޝަހާދާ ޘާނަވިއްޔާގެ އަރަބި މާއްދާތަކުން) ފާސްވެފައިވުން. ނުވަތަ،

ށ. އެމް.ކިއު.އޭ ގަބޫލްކުރާ ލެވަލް 4 ގެ ސަނަދެއް އަރަބި ބަހުގެ ދާއިރާއިން ޙާޞިލްކޮށްފައިވުން. ނުވަތަ،

ނ. އައި.ޔޫ.އެމް އިން ދެވޭ އަރަބި ބަހުގެ އިމްތިޙާނަކުން ފާސްވުން ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން ފާސްވެފައިވުން.

 

އެހެންނަމަވެސް ކުރިން ޙާޞިލްކޮށްފައިވާ ސަނަދުތަކަކީ ޢަރަބި ބަހުން ކިޔަވާފައިވާ ސަނަދުތަކެއްނަމަ ޢަރަބި ބަހުން އެގްޒެމްޕްޝަން ދެވޭނެއެވެ.

 

* އަދި މަތީގައިވާ ޝަރުތުތައް ފުރިހަމަވުމާއެކު ދިރާސާކުރަން ގަސްދުކުރާ ދާއިރާއިން ކޮންސެޕްޓް ޕޭޕަރ (ދެވިފައިވާ ނަމޫނާގައިވާ ގޮތަށް) ހުށަހެޅުމާއެކު އައިޔޫއެމްއިން ދޭ އިންޓަރވިއުއަކުން ފާސްވުން.

ދިވެހި

ކުލާހަށް ޙާޟިރުވެގެން

ހަފުތާ ބަންދު

3

3 އަހަރު (6 ސެމިސްޓަރ)

މާލެ

މޯޑް 2 (ހަމައެކަނި ރިސާޗް): 106,065/- ރުފިޔާ

                       

 


 

ކުއްލިއްޔާ އޮފް ޝަރީޢާ އެންޑް ލޯ

ކުއްލިއްޔާ/ ސެންޓަރ

ލެވެލް

ކޯހުގެ ނަން

ޝަރުޠު

ކިޔަވައިދޭ ބަސް

ކިޔަވައިދޭ ގޮތް

ދަންފަޅި

ކޯހުގެ ޖާގަ

މުއްދަތު

ކެމްޕަސް

ކޯހުގެ ޖުމްލަ ފީ

ކުއްލިއްޔާ އޮފް ޝަރީޢާ އެންޑް ލޯ

ލެވެލް 10

ޑޮކްޓަރ އޮފް ފިލޯސަފީ އިން އިސްލާމިކް ޖުޑީޝަލް ސައިންސަސް

އެންޑް ލެޖިސްލޭޓިވް ޕޮލިސީ

  • އެމް.ކިއު.އޭ ޤަބޫލުކުރާ ލެވަލް 9 ގެ ސެޓްފިކެޓެއް ޝަރީޢާ / ޝަރީޢާ އެންޑް ލޯ / އިސްލާމިކް ސްޓަޑީޒް / ޖުޑީޝަލް ސައިންސަސް / ފިޤުހު / އުޞޫލުލް ފިޤުހު / އުސޫލުލް ދީންގެ ދާއިރާއިން ޙާޞިލްކޮށްފައިވުން. އަދި
  • އެމް.ކިއު.އޭ ޤަބޫލުކުރާ ލެވަލް 7 ގެ ސެޓްފިކެޓެއް ޝަރީޢާ / ޝަރީޢާ އެންޑް ލޯ / އިސްލާމިކް ސްޓަޑީޒް / ޖުޑީޝަލް ސައިންސަސް / ފިޤުހު / އުޞޫލުލް ފިޤުހު / އުސޫލުލް ދީންގެ ގުޅޭދާއިރާއިން ޙާޞިލްކޮށްފައިވުން.

 

އަދި މަތީގައިވާ ޝަރުޠު ފުރިހަމަވުމާއެކު،

ހ. ޝަހާދާ ޘާނަވިއްޔާއިން (ޝަހާދާ ޘާނަވިއްޔާގެ އަރަބި މާއްދާތަކުން) ފާސްވެފައިވުން. ނުވަތަ،

ށ. އެމް.ކިއު.އޭ ގަބޫލްކުރާ ލެވަލް 4 ގެ ސަނަދެއް އަރަބި ބަހުގެ ދާއިރާއިން ޙާޞިލްކޮށްފައިވުން. ނުވަތަ،

ނ. އައި.ޔޫ.އެމް އިން ދެވޭ އަރަބި ބަހުގެ އިމްތިޙާނަކުން ފާސްވުން ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން ފާސްވެފައިވުން.

 

އެހެންނަމަވެސް ކުރިން ޙާޞިލްކޮށްފައިވާ ސަނަދުތަކަކީ ޢަރަބި ބަހުން ކިޔަވާފައިވާ ސަނަދުތަކެއްނަމަ ޢަރަބި ބަހުން އެގްޒެމްޕްޝަން ދެވޭނެއެވެ.

 

* އަދި މަތީގައިވާ ޝަރުތުތައް ފުރިހަމަވުމާއެކު ދިރާސާކުރަން ގަސްދުކުރާ ދާއިރާއިން ކޮންސެޕްޓް ޕޭޕަރ (ދެވިފައިވާ ނަމޫނާގައިވާ ގޮތަށް) ހުށަހެޅުމާއެކު އައިޔޫއެމްއިން ދޭ އިންޓަރވިއުއަކުން ފާސްވުން.

ދިވެހި

ކުލާހަށް ޙާޟިރުވެގެން

ހަވީރު

3

3 އަހަރު (6 ސެމިސްޓަރ)

މާލެ

މޯޑް 2 (ހަމައެކަނި ރިސާޗް):    113,265/-ރުފިޔާ

                       

 

ވީމާ، މި ކޯސްތަކަށް ވަންނަން އެދޭ ފަރާތްތަކުން، ކޯހަށް ވަނުމަށް އެދޭފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، 26 ސެޕްޓެންބަރު 2024 ވަނަ ދުވަހުގެ 13:00 ގެ ކުރިން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަނަށް ހުށަހެޅުއްވުން އެދެމެވެ.     އީ-މެއިލް ކުރާނަމަ، apply@ium.edu.mv އަށް މެއިލްކުރެވޭނެއެވެ. އޮންލައިންކޮށް ފޯމު ހުށަހަޅާނަމަ ވެބްސިޓްގައިވާ އޮންލައިން ޕޯޓަލް (admissions.ium.edu.mv) މެދުވެރިކޮށް ފޯމު ހުށަހެޅުއްވުމަށް ދަންނަވަމެވެ.  

 މި ކޯސްތަކާ ބެހޭ މައުލޫމާތާއި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު ޔުނިވަރސިޓީގެ ރިސެޕްޝަނުންނާއި ޔުނިވަރސިޓީގެ ވެބްސައިޓް  www.ium.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3022120 އަދި 7923247 ނަންބަރާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

ކޯސްތަކަށް ވަނުމަށް އެދޭފަރާތްތަކަށް ދެވޭ އިރުޝާދު

ކޯހަށް ވަނުމަށް އެދޭ ފަރާތްތަކުން ހުށަހަޅަން ޖެހޭ ތަކެތި:

 

  • ފުރިހަމަ ކޮށްފައިވާ ކޯހަށް ވަނުމަށް އެދޭ ފޯމު
  • ލިބިފައިވާ ސަނަދުތަކުގެ އެޓެސްޓެޑް ސާފު ކޮޕީ .
  • އައިޑީކާޑުގެ ސާފު ކޮޕީ.
  • ޕާސްޕޯޓު ސައިޒުގެ 1 ފޮޓޯ.
  • 2 ބޭފުޅެއްގެ ރިފަރެންސް ލެޓާރ (ޕީ.އެޗް.ޑީ ކޯހަށް ފޯމު ހުށަހަޅާ ފަރާތްތަކުން އެކަނި)
  • ކޮންސެޕްޓް ޕޭޕަރ (ޕީ.އެޗް.ޑީ ކޯހަށް ފޯމު ހުށަހަޅާ ފަރާތްތަކުން އެކަނި) ދިވެހި - https://www.ium.edu.mv/downloads))

 

  • ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، ފުރިހަމަނުވާ ފޯމެއް ބަލައިނުގަނެވޭނެއެވެ.
  • އައި.ޑީ ކާޑުގެ ކޮޕީ ވެރިފައި ކުރުމަށްޓަކައި އައިޑީކާޑުގެ އަޞްލު ހުށަހަޅަން ޖެހޭނެއެވެ. ކޮޕީ ބެލުމަށްފަހު އަޞްލު ދޫކުރެވޭނެއެވެ.
  • އަތޮޅުތަކުން ހުށަހަޅާ އެޕްލިކޭޝަން ފޯމާއި، އަދި ފޯމާއެކު ހުށަހަޅަންޖެހޭ އެހެނިހެން ތަކެތި، އީމެއިލް މެދުވެރިކޮށް ހުށަހަޅާފައިވާނަމަ، ފޮނުވި ތަކެތީގެ އަޞްލުތައް، ފުރުޞަތު ލިބިފައިވާ ކޯހުގައި ރަޖިސްޓަރީކުރުމުގެ، ލަސްވެގެން 02 ދުވަސްކުރިން ޔުނިވަރސިޓީއަށް ހުށަހަޅަންވާނެއެވެ.
  • ކޮންމެ ކޯހެއްވެސް ހިންގޭނީ މަދުވެގެން 15 ދަރިވަރުން އެކޯހެއްގައި ބައިވެރިވުމުންނެވެ.
  • އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ: 3022120 ނަންބަރަށެވެ. ނުވަތަ ޔުނިވަރސިޓީގެ ހޮޓްލައިން 7923247 ނަންބަރަށެވެ.

 

  • ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު ޔުނިވަރސިޓީގެ ރިސެޕްޝަނުން، އަދި މީގެ އިތުރުން ޔުނިވަރސިޓީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

 

ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ ބަންދުނޫން ކޮންމެ ދުވަހަކު

  • ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަނުން
  • އީ-މެއިލް ކުރާނަމަ، apply@ium.edu.mv އަށް މެއިލްކުރެވޭނެއެވެ.
  • އޮންލައިންކޮށް ފޯމު ހުށަހަޅާނަމަ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް (admissions.ium.edu.mv) މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ.

12 ރަބީޢުލްއައްވަލް 1446

15  ސެޕްޓެންބަރު  2024

15 ސެޕްޓެންބަރު 2024