ނީލަން
ނަންބަރު: (IUL)422/422/2024/60
ޕަބްލިޝްކުރި ތާރީޚް: 18 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 09:41
ސުންގަޑި: 25 ސެޕްޓެންބަރު 2024 00:00
ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުން

މި އިދާރާގެ ބެލުމުގެ ދަށުގައި ހުރި ބައު އެސީތަކެއް، ނީލަންކިޔުމަށް ކުރެވުނު ނަންބަރ:   (IUL)422/422/2024/54 އިއުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައި ނުވާތީ އެ އިއުލާން ބާތިލްކޮށް އަދި އަގުތަކަށް ބަދަލުގެނެސް އަލުން އިއުލާން ކުރަމެވެ.

ނީލަން ކިޔާތަން

ތާރީޙް

ގަޑި

ނީލަންކިޔުން އޮންނަ ތަން

ތަފްސީލް

26 ސެޕްޓެމްބަރ 2024

10:00

ކައުންސިލުގެ އިދާރާގެ ގޯތިތެރެ

ކައުންސިލުން އަދި މިސްކިތުން ނަގާފައިވާ އޭސީ

26 ސެޕްޓެމްބަރ 2024

10:30

މަސްޖިދުލް އީމާނީގެ ގޯތިތެރެ

މިސްކިތުން ނަގާފައިވާ އޭސީ

މި ތަކެތީގެ ހާލަތު ބެއްލެވުމަށް ބޭނުންވެލަވާ ފަރާތްތަކުން، 2024 ސެޕްޓެމްބަރ 25 ވާ ބުދަ ދުވަހުގެ ހެނދުނު  11:30 އަށް މި ކައުންސިލަށް ވަޑައިގެން ދެންވުންއެދި ދަޢުވަތު އަރުވަމެވެ.

ނީލަމުގައި ބައިވެރިވެލައްވައި މުދާ ބައްލަވައިގަންނަވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އެނގިލައްވާ ރަސްމީ ލިޔުމެއްހިފައިގެން ވަޑައިގެންދެއްވުމަށް ސަމާލުކަންދެއްވުމަށް ދަންނަވަމެވެ. ނީލަމުން ބައްލަވައިގަންވާ ތަކެތި ދޫކުރެވޭނީ ބައްލަވައިގެންފައިވާ މުދަލަށް ދައްކަވަންޖެހޭ ފައިސާ މިކައުންސިލަށް ޖަމާކޮށްދެއްވުމުންކަމުގައި ދަންނަވަމެވެ.

ނީލަމުން ބައްލަވައިގަންނަވާ ތަކެތީގެ އަގަށްވާ ފައިސާ 2024 ސެޕްޓެމްބަރ 29 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސލްގެ ބީއެމްއެލް އެކައުންޓަށް ޖަމާކުރަންވާނެއެވެ.

އެކައުންޓް މައުލޫމާތް

އެކައުންޓް ނަން:  1473 REVENUE 1

އެކައުންޓް ނަންބަރ: 7710700308001

ފައިސާ ދެއްކުމަށްފަހު ފައިސާދެއްކި ސްލިޕް 7630831 ނަންބަރަށް ވައިބަރ ކުރަންވާނެއެވެ.

ނީލަން ކާމިޔާބުކުރި ފަރާތަށް މުދާ ދޫކުރެވޭނީ ދެންނެވިފައިވާ ތާރީޚްގައި ފައިސާދެއްކުމަށް ފަހުގައެވެ. ނީލަން ކާމިޔާބުކުރި ފަރާތުން އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާސްކޮށްފައި ނުވާނަމަ، އެ މުދަލެއް އަލުން ނީލަން ކިޔޭނެއެވެ. އަދި ނީލަން ކާމިޔާބު ކުރި ފަރާތްތަކުން  2024 ސެޕްޓެމްބަރ 30  ވާ ހޯމަ ދުވަހުގެ  18:00 ގެކުރިން  ތަކެތި ގެންގޮސް ނިންމަވަން ވާނެއެވެ.  ނީލަމުން ނަގާ ތަކެތި ފައިސާ ދެއްކުމަށްފަހު ދެންނެވިފައިވާ މުއްދަތުގެތެރޭގައި ނުގެންގޮސް ހުރިނަމަ، އެތަކެތި ގެންދިއުމަށް އިތުރު ފުރުސަތެއް ދިނުމަކާއިނުލައި މި އިދާރާއިން ހަމަޖައްސާ ގޮތެއްގެމަތިން ނައްތައިލެވޭނެއެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢްލާނުކުރީމެވެ.

18 ސެޕްޓެންބަރު 2024