ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)321-A/321/2024/176
ޕަބްލިޝްކުރި ތާރީޚް: 19 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:02
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮކިއުމަންޓުގެ މަޢުލޫމާތު ޢާއްމުކުރުން (ކައުންސިލްގެ ވެބްސައިޓާއި އެޕްލިކޭޝަން އަދި ރީޑިންގ ޕާކުގެ މަސައްކަތް)

އިޢުލާނު

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ހާމަކުރުމާއި ބެހޭގޮތުން މިނިސްޓްރީ އޮފް ފިނޭންސްއިން ނެރުއްވާފައިވާ ނަންބަރު: 13-P/CIR/2020/50  ސާކިއުލާގައިވާ ގޮތުގެ މަތިން، މި އިދާރާގެ ނަންބަރު (IUL)321-A/321/2024/111 އިޢުލާނާ ގުޅިގެން، ބ.ތުޅާދޫ ކައުންސިލްގެ ވެބްސައިޓާއި އެޕްލިކޭޝަން ފަރުމާކޮށްދިނުމާ ގުޅޭގޮތުނާއި، މި އިދާރާގެ ނަންބަރު (IUL)321-A/321/2024/139 އިޢުލާނާ ގުޅިގެން، ބ.ތުޅާދޫ ސްކޫލުގައި ރީޑިންގ ޕާކެއް ހެދުމުގެ މަސައްކަތްކޮށްދިނުމާ ގުޅޭގޮތުން އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ތެރެއިން ބީލަން ކާމިޔާބުކުރެއްވި ފަރާތްތަކުގެ މަޢުލޫމާތު މި އިޢުލާނާއެކު އާންމު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި ޢިޢުލާނުކުރީމެވެ. 

19 ސެޕްޓެންބަރު 2024