ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)415/415/2024/243
ޕަބްލިޝްކުރި ތާރީޚް: 19 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:45
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫ ސިޓީގެ މަގުތަކުގައި ހަރުކޮށްފައިވާ އަދި ހަރުކުރަމުންދާ ޓްރެފިކް ނިޝާން ބޯޑުތަކާ އެއްގޮތަށް އަމަލުކުރުމަށް އެންގުން

އިޢުލާން

 ތިނަދޫ ސިޓީގެ މަގުތައް އެކަށީގެންވާ ރަގަނޅު ފެންވަރަށް ތަރައްޤީކުރެވެމުން ދާއިރު މަގުތައް ބޭނުންކުރާ ފަރާތްތަކުން ހެދިފައިވާ ޤާނޫންތަކާއި ގަވާޢިދު ތަކަށް އަހުލުވެރިކޮށް، 2009/5 ( އެއްގަމު ދަތުރުފަތުރު ކުރުމުގެ ޤާނޫނު ) އާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ 2021/R-13 ( އެއްގަމު ދަތުރުފަތުރު ކުރުމުގެ ނިޝާންތަކުގެ ގަވާއިދު ) ގެ ދަށުން ތިނަދޫ ސިޓީގެ މަގުތަކުގައި ދިމާވާ ދަތިތަކާއި، މަގުތައް ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން މަގުތައް ބޭނުންކުރާނޭ ގޮތް އަންގައި ދިނުމަށްޓަކައި މި ވަގުތު ބައެއް މަގުތަކުގައި ޓްރެފިކް ނިޝާން ބޯޑުތައް ހަރުކުރެވިފައިވާނެއެވެ. އަދި އިތުރު މަގުތަކުގައި އެ ނިޝާން ބޯޑުތައް ހަރުކުރުމުގެ މަސައްކަތް މި އިދާރާއިން ދަނީ ކުރަމުންނެވެ.

އެހެންކަމުން، އެއްގަމު އުޅަނދުތައް ބޭނުންކުރާ ފަރާތްތަކުން ތިނަދޫ ސިޓީގެ މަގުތަކުގައި ހަރުކޮށްފައިވާ އަދި ހަރުކުރަމުންދާ ޓްރެފިކް ނިޝާން ބޯޑުތަކާ އެއްގޮތަށް 26 ސެޕްޓެމްބަރ 2024 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރުމަށް އަންގަމެވެ. ޓްރެފިކް ނިޝާން ބޯޑުތަކާއި އެއްގޮތަށް ޢަމަލުކުރުމަކީ ޤާނޫނީ ޒިންމާއެއްކަމަށް ވުމުން ޤާނޫނާއި، ގަވާއިދާއި ޚިލާފުވާ ފަރާތްތަކާމެދު ކަމާއި ގުޅުން ހުރި އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގައި ދަންނަވަމެވެ.

               މިކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

             16 ރަބީޢުލްއައްވަލް 1446

19 ސެޕްޓެންބަރު 2024