މަސައްކަތް
ނަންބަރު: F8C-A/2024/17
ޕަބްލިޝްކުރި ތާރީޚް: 19 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 19:18
ސުންގަޑި: 26 ސެޕްޓެންބަރު 2024 14:00
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ

     ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ފުރާޅުގެ އިސްކޫރުތަކާއި ތިނބިތަކުން ބައެއް ބަދަލުކޮށް، ކޯޓުގެ އިދާރީބައިގެ ސީލިންގާއި، ކޯޓު އިމާރާތަށް ވަންނަ އެލްމެނިއަމް ދޮރުގެ ދޮރުފަތް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި 27 އޮގަސްޓު 2024ގައި ކުރެވުނު ނަންބަރު F8C-A/2024/14 އިޢުލާނާއި ގުޅިގެން އެއް ފަރާތަކުން ޝަޢުޤުވެރިކަން ފާޅުކޮށް ހުށަހެޅި އަންދާސީހިސާބު ބަޖެޓް ސީލިންގަށް ނުފެތޭތީ، އެއަންދާސީހިސާބު ބާޠިލްކޮށް، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

     ވީމާ، މި މަސައްކަތްތައް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2024 ސެޕްޓެމްބަރު 24 ވަނަ ދުވަހުގެ 14:00 އަށް މިކޯޓަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2024 ސެޕްޓެމްބަރު 26 ވަނަ ދުވަހުގެ 14:00 އަށް މިކޯޓަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ. އަދި އަންދާސީހިސާބު ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

     އަންދާސީހިސާބު ހުޅުވުން އޮންނާނީ 2024 ސެޕްޓެމްބަރު 26 ވަނަ ދުވަހުގެ 14:00 އަށް މިކޯޓަށް ޙާޟިރުވާ ފަރާތްތަކުގެ އެއްޙާޟިރުގައެވެ.

19 ސެޕްޓެންބަރު 2024