މުބާރާތް
ނަންބަރު: (IUL)409/409/2024/77
ޕަބްލިޝްކުރި ތާރީޚް: 22 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:51
ސުންގަޑި: 15 އޮކްޓޫބަރު 2024 14:00
ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރާވެރިޔާ ވޮލީ މުބާރާތް 2024 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

             މިކައުންސިލުން އިސްނަގައިގެން ގއ، ގދ، ސ އަދި ޏ އަތޮޅަށް ހުޅުވާލައިގެން "ރާވެރިޔާ ވޮލީ މުބާރާތް 2024" ގެ ނަމުގައި ވޮލީ މުބާރާތެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މިމުބާރާތަކީ 2022 ވަނަ އަހަރުން ފެށިގެން ކައުންސިލުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުބާރާތެކެވެ. މިމުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންހެން އަދި ފިރިހެން ދެ ޑިވިޝަނަށް ބަހާލައިގެންނެވެ. މިގޮތުން މިމުބާރާތް ފެއްޓުމަށް ހަމަޖެހިފައިވަނީ 20 ނޮވެމްބަރ 2024 ވާ ބުދަ ދުވަހު ގއ.ނިލަންދޫ އިޖްތިމާއީ މަރުކަޒުގެ ވޮލީ ކޯޓުގައެވެ.

           މިމުބާރާތުގެ ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް 20,000/- (ވިހިހާސް) ރުފިޔާގެ އަދި ކޮންމެ ޑިވިޝަނެއްގެ ރަނަރަޕް ޓީމަށް 10,000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށްވަނީ ހަމަޖެހިފައެވެ.

         ވީމާ، މިމުބާރާތުގައި ބައިވެރިވެލައްވަން ބޭނުންވާ ޓީމްތަކުން 15 އޮކްޓޯބަރ 2024 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވާން އެދި ހުށަހަޅާ ފޯމް ފުރިހަމަކުރެއްވުމަށްފަހު، މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިމުބާރާތުގެ ހިންޤާ ޤަވާއިދާއި، މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް އަދި ޓީމް ލިސްޓް ހުށަހަޅާ ފޯމް ދިވެހި ސަރުކާރުގެ ގެޒެޓުންނާއި ކައުންސިލް އިދާރާއިން ލިބެން ހުންނާނެވާހަކަ ދަންނަވަމެވެ. މިމުބާރާތާއި ބެހޭ އިތުރު މައުލޫމާތު ސާފްކުރެއްވުމަށް ބޭނުންފުޅުވާނަމަ ކައުންސިލްގެ މެމްބަރ ޒިޔާދު މުޙައްމަދު ( ފޯން: 9114482 ) އާއި ގުޅުއްވުން އެދެމެވެ. 

22 ސެޕްޓެންބަރު 2024