ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)415/415/2024/244
ޕަބްލިޝްކުރި ތާރީޚް: 22 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:56
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫ ސިޓީގައި ދިރިއުޅުމަށްޓަކައި ކޮންޑިޝަނަލް ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުމާއި ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގޯތީގެ ލޮކޭޝަންސްތައް ކަނޑައެޅުމަށް ބޭއްވޭ ގުރުއަތުލުން

އިޢުލާން

  ތިނަދޫ ސިޓީގައި ދިރިއުޅުމަށްޓަކައި ކޮންޑިޝަނަލް ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުމާއި ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގޯތީގެ ލޮކޭޝަންސްތައް ކަނޑައެޅުމަށް ބޭއްވޭ ގުރުއަތުލުން

 ތިނަދޫ ސިޓީން ދޫކުރުމަށް ހަމަޖެހިފައިވާ 200 ކޮންޑިޝަނަލް ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމުގެ ގޮތުން އުސޫލާ އެއްގޮތަށް ޕޮއިންޓް ލިބުނު ތަރުތީބުން ގޯތި ހަމަޖެއްސުމަށްފަހު ކެޓެގަރީ A އަށް ކަނޑައެޅިފައިވާ 120 ގޯތީގެ ތެރެއިން 78 ޕޮއިންޓަށްވުރެ މަތިން ލިބިފައިވާ ފަރާތްތަކާއި، ކެޓެގަރީ Bއަށް ކަނޑައެޅިފައިވާ 66 ގޯތީގެ ތެރެއިން 48 ޕޮއިންޓްއަށްވުރެ މަތިން ލިބިފައިވާ ފަރާތްތަކަށް ގޯތި ލިބުނުކަން ވަނީ ޔަގީންކުރެވިފައިވެއެވެ.  

އެހެން ކަމުން ކެޓެގަރީ Aއިން 77 ޕޮއިންޓް ލިބުނު ފަރާތްތަކާއި އަދި ކެޓެގަރީ Bއިން 47 ޕޮއިންޓް ލިބުނު ފަރާތްތަކުގެ މެދުގައި ގޯތި ލިބޭ ފަރާތްތަށް ކަނޑައެޅުމަށްޓަކައި ގުރުއަތު ނެގުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ކެޓެގަރީ C އިން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކަށް، ކަނޑައެޅިފައިވާ ޢަދަދަށް ޕޮއިންޓް ލިބިފައިވާ ފަރާތްތައް ހަމަވެ ޔަގީންކުރެވިފައިވާތީ، މި ކެޓެގަރީއަށް ގުރުއަތުލުމުގެ މަރުޙަލާއެއް ނުބޭއްވޭނެ ވާހަކަ ދަންނަވަމެވެ.

މި ގުރުއަތުލުން އޮންނާނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00 ގައި ތިނަދޫ އާބާދީ މަރުކަޒުގައެވެ. ހަމަ މި ދުވަހު، މި ގަޑީގައި، ކެޓެގަރީ A،B އަދި ކެޓެގަރީ C އިން ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގޯތީގެ ލޮކޭޝަންސްތައް ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުންވެސް ކުރިއަށް ގެންދެވޭނެއެވެ.

ގުރުއަތުލުމުގައި ބައިވެރިވުމަށް:

1. ގުރުއަތުލުމަށް ޙާޟިރުވާ ފަރާތަކީ ގޯއްޗަށް އެދުނު ފަރާތް ނޫންނަމަ، އެ ފަރާތަކީ ބަދަލުގައި ފޮނުވާފައިވާ ފަރާތެއްކަން އަންގައިދޭ ލިޔުމަކާއި (ބަދަލުގައި ފޮނުވާފަރާތުގެ އައިޑީކާޑުގެ ކޮޕީއާއި) ގޯތި ލިބޭ ފަރާތުގެ އައިޑީކާޑުގެ ކޮޕީއެއް ގެންނަވަންވާނެއެވެ.

2. ގުރުއަތުލުމަށް ޙާޟިރުނުވެވޭނަމަ ނުވަތަ ބަދަލުގައި މީހަކު ނުފޮނުވޭނަމަ، ގުރުއަތުލުން ކުރިއަށް ގެންގޮސް ނިންމާނީ ތިނަދޫ ސިޓީ ކައުންސިލުންނެވެ.

މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރަމެވެ.

22 ސެޕްޓެންބަރު 2024