ބީލަން
ނަންބަރު: (IUL)309-ESM/309/2024/120
ޕަބްލިޝްކުރި ތާރީޚް: 23 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 09:20
ސުންގަޑި: 02 އޮކްޓޫބަރު 2024 13:15
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު – ކުޑަކުދިންގެ ޕާކު ސާފުކޮށް، މަރާމާތުކޮށް ބެލެހެއްޓުން

    ކުޑަކުދިންނަށް ކުޅެވޭނެ ރައްކާތެރި މާހައުލެއް ޤާއިމްކުރުމާއި އެކުދިންގެ އިޖުތިމާޢީ ހުނަރު އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ މަޤުޞަދުގައި މިރަށުގައި ޤާއިމްކުރެވެމުންދާ ކުޑަކުދިންގެ ޕާކު ސާފުކޮށް، ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. އެހެންކަމުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. އެގޮތުން ޕްރޮޕޯސަލް ކާމިޔާބުކުރާ ފަރާތަކަށް އެއްވެސް ކުއްޔަކާއިނުލާ 09 ފޫޓު 06 ފޫޓު ގެ ޖާގައެއް ވިޔަފާރި (ގާޑިޔާ/ ޓޭކްއަވޭ) ކުރުމަށް 5 އަހަރުގެ މުއްދަތަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޝަރުޠުތައް:

  • ދުވާލަކު އެއްފަހަރު ޕާކާއި، ޕާކް ވަށައިގެންވާ މަގުމަތި ސާފުކުރުން.
  • ކައުންސިލުން އަންގާ ގޮތަކަށް ޕާކް ދިއްލާ ބެލެހެއްޓުން.
  • ކުނި ގެންދިއުމަށް ކަނޑައެޅިފައިވާ ސަރަޙައްދަށް (ވޭސްޓް މެނޭޖްމަންޓް ސެންޓާރ) ކަނޑައެޅިފައިވާ ދުވަސްތަކުގައި ކުނިއުކާލުން.
  • ފެހި މާހައުލަކަށް ހެދުމަށްޓަކައި ގަސް އިންދާ ބެލެހެއްޓުން.
  • ތަނުގެ ކުދި ކުދި މަރާމާތުކުރުން.

ޕްރޮޕޯސަލްގައި ހިމަނަންޖެހޭ މައިގަނޑު ބައިތައް އަދި އެބައިތަކަށް މާކްސް ދެވޭނެ މިންވަރު:

#

މައިގަނޑު ބައިތައް

މާކްސް (0)

1

އަހަރެއްގެ މައްޗަށް މަރާމާތަށް ހޭދަކުރެވޭނެ މިންވަރު

50

2

5 އަހަރުތެރޭ ޕާރކް ތަރައްޤީކުރުމަށް ނުވަތަ ޕާރކްގެ ޚިދުމަތް ފުޅާކުރުމަށް ކޮށްދޭނެ ކަންކަމާއި އެކަމަށްކުރާނެ ޚަރަދު. (ކޮންމެ އަހަރެއް ވަކިން ހިމަނަންވާނެއެވެ.)

40

3

ޕާރކް ބޭނުންކުރާ ފަރާތްތަކަށް ލިބެން ހުންނާނެ ޚިދުމަތްތައް

10

 

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 02 އޮކްޓޫބަރު 2024 ވާ އާދިއްތަ ދުވަހުގެ 13:15 ގެ ކުރިން އިނގުރައިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިކަމާއިގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

        ފޯނު ނަންބަރު: 6580028

      އީ-މެއިލް: info@inguraidhoo.gov.mv

23 ސެޕްޓެންބަރު 2024