ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-HRU/438/2024/422
ޕަބްލިޝްކުރި ތާރީޚް: 24 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:26
ސުންގަޑި: 02 އޮކްޓޫބަރު 2024 12:00
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ނޭޝަނަލް އޯޒޯން ޔުނިޓްގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް އަށް ޕްރޮޖެކްޓް އެސިސްޓެންޓްއެއް ހޯދުމާއި ގުޅޭ

ނޭޝަނަލް އޯޒޯން ޔުނިޓްގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް އަށް ޕްރޮޖެކްޓް އެސިސްޓެންޓްއެއް ހޯދުމާއި ގުޅޭ

 

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ދަށުން ހިންގާ ނޭޝަނަލް އޯޒޯން ޔުނިޓްގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް އަށް ޕްރޮޖެކްޓް އެސިސްޓެންޓްގެ މަޤާމަށް ކުރިމާތިލާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ޝަރުތުހަމަވާ ފަރާތްތަކުން 02 އޮކްޓޫބަރު 2024 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތަޢުލީމީ ފެންވަރުގެ އެކްރެޑިޓަޑް ސެޓިފިކެޓާއި، ވަޒީފާ އަދާކުރިކަމުގެ ސިޓީ، ހުނަރާއި ގާބިލުކަން ސާބިތު ކޮށްދޭ ވަނަވަރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑުގެ ކޮޕީ، އަދި ސިވިލް ސަރވިސް މުވައްޒަފެއް ނަމަ އޮފީހުގެ ”ނޯ އޮބްޖެކްޝަން“ ސިޓީ، ތިރީގައިވާ އެޑްރެހަށް އީމެއިލްގެ ޒަރިއްޔާ އިން ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތުގެ "ޓަރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަކޮށްފައިވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް http://www.environment.gov.mv/ އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 29 ސެޕްޓެމްބަރު 2024 ވާ އާދިއްތަ ދުވަހުގެ

10:00 ގެ ކުރިން، ތިރީގައިވާ އެޑްރެހަށެވެ. އީމެއިލް ކުރައްވާއިރު ސަބްޖެކްޓްގައި އިއުލާން ނަމްބަރާއި އިއުލާނުގެ ނަން ލިޔަންވާނެއެވެ. އަދި އެޕްލިކޭޝަން ހުށަހަޅުއްވާނީ ތިރީގައިވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

 

ނޭޝަނަލް އޯޒޯން ޔުނިޓްގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް އަށް ޕްރޮޖެކްޓް އެސިސްޓެންޓް ހޯދުމާއި ގުޅޭ

ހިއުމަން ރިސޯސް ސެކްޝަން،

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯން: 3018300، 3018326

އީމެއިލް: jobs@environment.gov.mv

ވެބްސައިޓް: www.environment.gov.mv

 

ނޯޓް: މައުލޫމާތު ފުރިހަމަނޫން އެޕްލިކޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ. އަދި މި އިއުލާން ކޮންމެ ވަގުތެއްތައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ. 

24 ސެޕްޓެންބަރު 2024